Thesis & Dissertations - ތީސީސް އަދި ޑެޒަޓޭޝަން

Browse

Search Results

Now showing 1 - 1 of 1
  • Thumbnail Image
    Item
    Thesis
    ރަސްމީ ބަހުރުވައިގައި ސީނު ސުކުނަށް /S/ ނިމިފައި ހުންން ނަމުގެ ލަފުޒުތަކާއި އަދި އުބުފިއްޔަށް /U/ ނިމިފައި ހުންނަ ނަމުގެ ލަފުޒުތައް ހައްދުންމަތީ މާމެންދޫ ބަހުރުވަޔަށް ބަދަލުވެގެންދާއިރު އެ ލަފުޒުތަކަށް އަންނަ ފޮނޮލޮޖިކަލް ބަދަލުތަކާއި ބަދަލު އަންނަ އުސޫލުތައް.
    (Faculty of Arts, Maldives National University, 2013-11-01) Rashida, Fathimath; ފާތިމަތު ރާޝިދާ
    މި ދިރަސާއަކީ ބަހަވީ ޢިލްމުވެރިން ކުރައްވާފައިވާ ދިރާސާތަކުގެ އަލީގައި، ބަހުރުވަތަކުގެ މެދުގައި، ބޮޑެތި ތަފާތުތަކެއް ވާކަމަށް ފާހަގަކުރެވިފައިވާތީ، ދިވެހިރާއްޖޭގެ ދެ ބަހުރުވައެއް ކަމަށްވަ ރަސްމީ ބަހުރުވައާއި ހައްދުންމަތީ ބަހުރުވައާ ދެމެދު "ނަން" މިބައިގައި ހިމެނޭ ލަފުޒުތައް ބޭނުންކުރާގޮތް ދެނެގަތުމަށް ހަދާފައިވާ ދިރާސާއެކެވެ. މި ދިރާސާ އަމާޒުކުރެވިފައިވަނީމި ދެބަހުރުވައިގެ ދެމެދުގައި "ނަން" މި ބައިގެ ތެރެއިން "ސް" /s/ އާއި "ު" /u/ ނިމިފައިވާ ލަފުޒު ބޭނުންކުރާއިރު އަންނަ ފޮނުލޮޖިކަލް ބަދަލު ދެނެގަތުމަށާއި މި ބަދަލު އަނަން އުސޫލު ހޯދުމުގެ މައްޗަށެވެ. މިދިރަސާ ހެދީ ކުއަލިޓޭޓިވު ޕެރަޑައިމްގެ ދަށުން އިންޑަކްޓިވު އެޕްރޯޗެއް ބޭނުންކޮށްގެންނެވެ. މި ދިރާސާގައި ދެގޮތަކަށް ސާމްޕަލް ނެގީމެވެ. އެއީ ސުވާލު ކުރަދާހެއް ފުރުވައިގެންނާއި އިންޓަވިއުކޮށްގެންނެވެ. މީގެތެރެއިން ސުވާލު ކަރުދާސްފުރުމުގައި 20 މީހުން އަދި އިންޓަވިއުގައި 40 މީހުން ބައިވެރިކޮށްގެން ހެދި މިދިރާސާގައި 72 ލަފުޒަށް އަންނަ ބަދަލު ބެލީމެވެ. މި ހޯދުނު ހޯދުމުން އެނގުނު ގޮތުގައި ބައެއް ލަފުޒަށް ފޮނޮލޮޖިކަލް ބަދަލު އައިސްފައިވެއެވެ. މި ދިރާސާއިން ހޯދުނުގޮތުގައި ނަމުގެ ލަފުޒުތަކުގެތެރެއިން "ސް" /s/ އާއި "ު" /u/ ނިމިފައިވާ ލަފުޒުތަކުގެތެރެއިން ބައެއް ލަފުޒަށް ފޮނޮލޮޖިކަލް ބަދަލު އައިސްފައިވެއެވެ. މިގޮތުން މި ބަދަލު އައުމުގައި އިސްރޯލެއް އަދާކުރަނީ އެލަފުޒެއްގައި ފޮނީމް ހިމެނޭ އަދަދާއި ނިމޭ ސިލަބަލްގެ ޕްރިސީޑިން ފިލި އަޑާއި ސުކުން އަޑެވެ. ހަމައެހެންމެ ނިމޭ ސުކުން އަޑަކީ ވަކި އަޑަކީ ވަކި އަޑަކަށް ވުމުގެ ސަބަބުން ފޮނޮލޮޖިކަލް ބަދަލު ނާންނަކަންވެސް ފާހަގަކުރެވިފައިވެއެވެ. ހަމަ މިއާއެކު މި ދިރާސާއިން ހާއްސަ ދެހާލަތެއް ފާހާގަކުރެވިފައިވެއެވެ. ޖުމްލަކޮށް ބަލާއިރު މިދިރާސާ ވެގެން މިދިޔައީ ރަސްމީ ބަހުރުވައާއި ހައްދުންމަތީ ބަހުރުވައިގެ މެދުގައި ތަފާތުތަކެއް ހުރިކަމަށް ބުނާ އިލްމުވެރިންގެ ވާހަކަ ތެދުކޮށްދިން ދިރާސާއަކަށެވެ. ހަމައެހެންމެ ހައްދުންމަތީ މާމެންދޫގެ ބަހުރުވަ ދިރާސާ ކުރަން ބޭނުން ފަރާތްތަކަށް ހުޅުވާލެވުނު މަގެއްކަމުގައިވެސް މި ދިރާސާ ވެގެން ދާނެއެވެ.