Thesis & Dissertations - ތީސީސް އަދި ޑެޒަޓޭޝަން

Browse

Search Results

Now showing 1 - 1 of 1
  • Thumbnail Image
    Item
    Thesis
    "ކަމުގެ ނަން" ޒަމާންތަކުގެ ތެރެއިން "ވޭވޭހުރިކަން"، "ވާނޭކަން" އަދި ނިމުނުކަމަށް ބަދަލުވެގެންދާއިރު، ދިވެހި ރަސްމީ ބަހުރުވަ އާއި ލ.އަތޮޅުގެ ރަށްރަށުގެ ބަހުރުވައިގައި ހުރި ފޮނެޓިކް ތަފާތުތަކަކީ ކޮބައިހެއްޔެވެ؟ އަދި ފޮނެޓިކް ތަފާތުތައް އައިސްފައިވާ އުޞޫލުތަކަކީ ކޮބައިހެއްޔެވެ؟
    (Faculty of Arts, Maldives College of Higher Education, 2011-11-01) Sifana, Aminath; އާމިނަތު ސިފާނާ
    މި ދިރާސާއަކީ، ބަހުރުވަތަކުގެ މެދުގައި ތަފާތުތަކެއް އެކިލެވޭކަން ފާހަގަކުރެވޭތީ، ސަރަހައްދީ ބަހުރުވަތަކުގެ ތެރެއިން ލ.އަތޮޅު ރަށްރަށުގެ ބަހުރުވަ އާއި ރަސްމީ ބަހުރުވަ އާ ދެމެދުގައި ފޮނެޓިކް ތަފާތުތަކެއް އެކުލެވޭތޯ ބެލުމަށް ކުރެވުނު ދިރާސާއެކެވެ. މި ދިރާސާ އަމާޒުކުރެވިފައިވާނީ "ކަމުގެ ނަން" ޒަމާންތަކަށް ބަދަލްވެގެންދާއިރު، ރަސްމީ ބަހުރުވަ އާއި ލ.އަތޮޅުގެ ރަށްރަށުގެ ބަހުރުވައިގައި ފޮނެޓިކް ތަފާތުތައް އައިސްފައިވާ އުސޫލުތައް ދެނެގަތުމުގެ މައްޗަށެވެ. މި ދިރާސާއަކީ ކޮލިޓޭޓިވް ޕެރަޑައމްގެ ދަށުން އިންޑަކްޓިވް އެޕްރޯޗެއް ބޭނުން ކޮށްގެން ކުރިއަށް ގެންގޮސްފައިވާ ދިރާސާއެކެވެ. މި ދިރާސާގެ ސާމްޕަލްގެ ގޮތުގައި ކަނޑައަޅާފައިވާނީ ލ.އަތޮޅުގެ 7 ރަށުގެ ތެރެއިން ކޮންމެ ރަށަކުން 5 މީހުން ހިމަނައިގެނެވެ. މި ދިރާސާއިން ހޯދުނު މަޢުލޫމާތުތަކުން، ރަސްމީބަހުރުވަ އާއި ލ.އަތޮޅު ރަށްރަށުގެ ބަހުރުވައިގައި، "ކަމުގެނަން" ޒަމާންތަކުގެ ތެރެއިން ވޭވޭހުރިކަން، ވާނޭކަން އަދި ނިމުނުކަމަށް ބަދަލުވެގެންދާއިރު ފޮނެޓިކް ތަފާތުތަކެއް އެކުލެވޭކަމަށް ފާހަގަ ކުރެވުނެވެ. ރަސްމީ ބަހުރުވައި ވޭވޭހުރިކަމުގެ ޒަމާނުގައި ލަފުޒު ބޭނުންކުރާއިރު، ލަފުޒު ފަހަތައް "ލޯންގް ހައި ފްރަންޓް ވަވަލް" އެއްކަމަށްވާ // އަޑު އައިސްފައިވާއިރު، ލ.އަތޮޅުގެ ރަށްރަށުގެ ބަހުރުވައިގައި ބޭނުންކުރަނީ "ރައުންޑަޑް ހައި ބެކް ވަވަލް" އެއް ކަމަށްވާ // (ު) އަޑުކަން ފާހަގަ ކުރެވުނެވެ. ދިރާސާގެ ހޯދުން ތަކުން، ރަސްމީ ބަހުރުވައިގައި ވާނޭކަމުގެ ޒަމާނުގައި ލަފުޒު ބޭނުންކުރާއިރު، ލަފުޒުގެ އެންމެ ފަހު ސިލަބަލްގެ "އޮންސެޓް" "ވޮއިސްޓް އެލްވީލަރ ނޭޒަލް" އަޑެއްކަމަށްވާ // އަޑުން ފެށިފައިވާއިރު، ހަމަ އެމާހައުލުގައި ލ.އަތޮޅުގެ ރަށްރަށުގެ ބަހުރުވައިގައި ބޭނުންކުރަނީ "ވޮއިސްޓް ރެޓްރޯފްލެކްސް ލެޓަރަލް" އަޑެއްކަމަށްވާ // އަޑުކަން ފާހަގަވި އެވެ. ހަމައެއާއެކު ނިމުނުކަމުގެ ޒަމާނުގައި ރަސްމީ ބަހުރުވައިގައި "ޑިފްތޮންގް" އެއްކަމަށްވާ // އަޑު އައިސްފައިވާނަމަ ގަނ، ހިތަދޫ އަދި މާވަށް ފިޔަވައި އެހެން ރަށްރަށުގައި ބޭނުން ކުރަނީ "ލޯންގް ލޯ ބެކް ވަވަލް" އެއްކަމަށްވާ // އަޑުކަން ފާހަގަ ކުރެވުނެވެ. އަޑި މިނޫނަސް ބައެއް ކަންކަމަށް ނަން ކިޔުމުގައި އަޑުއަދާކުރާގޮތާއި ލަފުޒުތަކުގެ އަޑުތައް ތަރުތީބުވެގެން އައިސްފައިވާ ގޮތުގަ ވެސް ތަފާތުތަކެއް ހުރިކަން ފާހަގަ ކުރެވުނެވެ.