Thesis & Dissertations - ތީސީސް އަދި ޑެޒަޓޭޝަން

Browse

Search Results

Now showing 1 - 1 of 1
  • Thumbnail Image
    Item
    Thesis
    އުމުރުން 2 އަހަރު ބަޔާއި 3 އަހަރު ބަޔާއި ދެމެދުގެ ދިވެހިކުޑަކުދިންނަށް އަދާނުކުރެވޭ ދިވެހިބަހުގެ އަޑުތަކަކީ ކޮބައި ހެއްޔެވެ؟ އަދި އެއަޑުތަކުގެ ބަދަލުގައި ކުދިން ބޭނުންކުރަނީ ކޮންއަޑުތަކެއް ހެއްޔެޔެވެ؟
    (Faculty of Arts, Maldives National University, 2012-11-01) Sulaiman, Ali; ޢަލީ ސުލައިމާން
    މިދިރާސާއަކީ ދިވެހިބަހުން ވާހަކަދައްކާ ކުޑަކުދިންގެ ތެރެއިން އުމުރުން 2 އަހަރު ބަޔާއި 3 އަހަރު ބަޔާއި ދެމެދުގެ ކުޑަކުދިންނަށް ވާހަކަ ދެއްކުމުގައި ދިވެހިބަހުގެ އަޑުތައް ރަނގަޅު މަޚުރަޖައިން އަދާކުރެވޭ މިންވަރާއި އެއަޑުތަކުގެ ބަދަލުގައި ބޭނުންކުރާ އަޑުތަކުގައި އެއްގޮތްކަމެއް ހުރިތޯ ނުވަތަ ނެތްތޯއާއި އަދާ ނުކުރެވޭ އަޑުގެ ބަދަލުގައި އެހެން އަޑެއް ބޭނުންކުރޭތޯ ބެލުމަށް ކުރެވިފައިވާ ދިރާސާއެކެވެ. ދިރާސާއަށް ބޭނުންވާ ސާމްޕަލް ނަގާފައިވާނީ މާލޭގެ ދެސްކޫލަކުންނެވެ. މިގޮތުން 2 އަހަރު ބަޔާއި 3 އަހަރާއި އަދި 3 އަހަރާއި ތިން އަހަރުބަޔާއި ދެމެދުގެ އުމުރުފުރާއިން ކޮންމެ އުމުރު ފުރާއަކުން 15 ކުދިންގެ އަޑު ރެކޯޑު ކުރެވުނެވެ. މިގޮތުން އެއްކުރެވުނު ޑާޓާތައް ބައިތަކަށް ބަހާލައި ތަހުލީލު ކުރުމުން އެނގި ހާމަވީ، އުމުރުން ތިންއަހަރު ބަޔާއި ހަމައަށް އަށްނައިރުވެސް ދިވެހި ބަހުގެ އަޑުތަކުގެ ތެރެއިން 3 އަޑެއް ބައެއް ކުދިންނަށް ރަނގަޅަށް ދަސްނުވާކަމެވެ. އަދި އުމުރުމަތިވަމުން އަންނަވަރަކަށް ރަނގަޅު މަޚުރަޖައިން އަދާނުކުރެވޭ އަޑުތަކުގެ އަދަދު މަދުވަމުން އަންނަކަންވެސް ވަނީ ފާހަގަކުރެވިފައެވެ. ބަހުގެ އަޑުތައް އަދާކުރުމުގައި ކުދިންނަށް ރަނގަޅު މަޚުރަޖައިން އަދާނުކުރެވުނު އަޑުތަކުގެ ބަދަލުގައި ކުދިން ބޭނުންކޮށްފައިވާ އަޑުތަކުގެ ތެރޭގައި ހިމެނެނީ އަސްލު އަޑުގެ މަޚްރަޖައާއި ވަރަށް ބޮޑަށް ގާތްކުރާ އަޑުތަކެވެ. މިގޮތުން ބަދަލުގައި ބޭނުންކުރި ބައެއް އަޑުތަކަކީ އަސްލު އަޑުގެ މަޚުރަޖައިން އެހެން ނަމަވެސް ތަފާތުކޮށް އަދާކުރާ އަޑުތަކެއް ކަން ފާހަގަކުރެވުނެވެ. އަދި އަޑު ބަދަލުވުމުގައި ކުދިންގެ މެދުގައި އެއްގޮތް ކަންތައްތަކެއް ހުރިކަން ފާހަގަކުރެވިފައިވެއެވެ. މިގޮތުން މުޅިދިރާސާގެ ހޯދުންތަކުން އެނގިފައިވަނީ އުމުރުން 3 އަހަރުބަޔާއި ހަމައަށް އަންނައިރު ބައެއް ކުދިންނަށް ދިވެހި ބަހުގެ ހުރިހާ އަޑެއްވެސް ރަނގަޅު މަޚުރަޖައިން އަދާކުރުމަށް ދަސްވެފައިވާ ކަމާއި، މިއުމުރާއި ހަމައަށް އަންނަ އިރު ބައެއް ކުދިންނަށް އެއްގޮތަކަށްވެސް އަދާނުކުރެވޭ އަޑަކީ "ރ" /r/ ގެ އަޑު ކަމެވެ.