Thesis & Dissertations - ތީސީސް އަދި ޑެޒަޓޭޝަން
Browse
2 results
Search Results
ThesisItem ރަސްމީ ބަހުރުވައިގައި ސީނު ސުކުނަށް /S/ ނިމިފައި ހުންން ނަމުގެ ލަފުޒުތަކާއި އަދި އުބުފިއްޔަށް /U/ ނިމިފައި ހުންނަ ނަމުގެ ލަފުޒުތައް ހައްދުންމަތީ މާމެންދޫ ބަހުރުވަޔަށް ބަދަލުވެގެންދާއިރު އެ ލަފުޒުތަކަށް އަންނަ ފޮނޮލޮޖިކަލް ބަދަލުތަކާއި ބަދަލު އަންނަ އުސޫލުތައް.(Faculty of Arts, Maldives National University, 2013-11-01) Rashida, Fathimath; ފާތިމަތު ރާޝިދާމި ދިރަސާއަކީ ބަހަވީ ޢިލްމުވެރިން ކުރައްވާފައިވާ ދިރާސާތަކުގެ އަލީގައި، ބަހުރުވަތަކުގެ މެދުގައި، ބޮޑެތި ތަފާތުތަކެއް ވާކަމަށް ފާހަގަކުރެވިފައިވާތީ، ދިވެހިރާއްޖޭގެ ދެ ބަހުރުވައެއް ކަމަށްވަ ރަސްމީ ބަހުރުވައާއި ހައްދުންމަތީ ބަހުރުވައާ ދެމެދު "ނަން" މިބައިގައި ހިމެނޭ ލަފުޒުތައް ބޭނުންކުރާގޮތް ދެނެގަތުމަށް ހަދާފައިވާ ދިރާސާއެކެވެ. މި ދިރާސާ އަމާޒުކުރެވިފައިވަނީމި ދެބަހުރުވައިގެ ދެމެދުގައި "ނަން" މި ބައިގެ ތެރެއިން "ސް" /s/ އާއި "ު" /u/ ނިމިފައިވާ ލަފުޒު ބޭނުންކުރާއިރު އަންނަ ފޮނުލޮޖިކަލް ބަދަލު ދެނެގަތުމަށާއި މި ބަދަލު އަނަން އުސޫލު ހޯދުމުގެ މައްޗަށެވެ. މިދިރަސާ ހެދީ ކުއަލިޓޭޓިވު ޕެރަޑައިމްގެ ދަށުން އިންޑަކްޓިވު އެޕްރޯޗެއް ބޭނުންކޮށްގެންނެވެ. މި ދިރާސާގައި ދެގޮތަކަށް ސާމްޕަލް ނެގީމެވެ. އެއީ ސުވާލު ކުރަދާހެއް ފުރުވައިގެންނާއި އިންޓަވިއުކޮށްގެންނެވެ. މީގެތެރެއިން ސުވާލު ކަރުދާސްފުރުމުގައި 20 މީހުން އަދި އިންޓަވިއުގައި 40 މީހުން ބައިވެރިކޮށްގެން ހެދި މިދިރާސާގައި 72 ލަފުޒަށް އަންނަ ބަދަލު ބެލީމެވެ. މި ހޯދުނު ހޯދުމުން އެނގުނު ގޮތުގައި ބައެއް ލަފުޒަށް ފޮނޮލޮޖިކަލް ބަދަލު އައިސްފައިވެއެވެ. މި ދިރާސާއިން ހޯދުނުގޮތުގައި ނަމުގެ ލަފުޒުތަކުގެތެރެއިން "ސް" /s/ އާއި "ު" /u/ ނިމިފައިވާ ލަފުޒުތަކުގެތެރެއިން ބައެއް ލަފުޒަށް ފޮނޮލޮޖިކަލް ބަދަލު އައިސްފައިވެއެވެ. މިގޮތުން މި ބަދަލު އައުމުގައި އިސްރޯލެއް އަދާކުރަނީ އެލަފުޒެއްގައި ފޮނީމް ހިމެނޭ އަދަދާއި ނިމޭ ސިލަބަލްގެ ޕްރިސީޑިން ފިލި އަޑާއި ސުކުން އަޑެވެ. ހަމައެހެންމެ ނިމޭ ސުކުން އަޑަކީ ވަކި އަޑަކީ ވަކި އަޑަކަށް ވުމުގެ ސަބަބުން ފޮނޮލޮޖިކަލް ބަދަލު ނާންނަކަންވެސް ފާހަގަކުރެވިފައިވެއެވެ. ހަމަ މިއާއެކު މި ދިރާސާއިން ހާއްސަ ދެހާލަތެއް ފާހާގަކުރެވިފައިވެއެވެ. ޖުމްލަކޮށް ބަލާއިރު މިދިރާސާ ވެގެން މިދިޔައީ ރަސްމީ ބަހުރުވައާއި ހައްދުންމަތީ ބަހުރުވައިގެ މެދުގައި ތަފާތުތަކެއް ހުރިކަމަށް ބުނާ އިލްމުވެރިންގެ ވާހަކަ ތެދުކޮށްދިން ދިރާސާއަކަށެވެ. ހަމައެހެންމެ ހައްދުންމަތީ މާމެންދޫގެ ބަހުރުވަ ދިރާސާ ކުރަން ބޭނުން ފަރާތްތަކަށް ހުޅުވާލެވުނު މަގެއްކަމުގައިވެސް މި ދިރާސާ ވެގެން ދާނެއެވެ. ThesisItem ރަސްމީ ބަހުރުވައިގައި އުބުފިއްޔަށް ނިމިފައި ހުންނަ ނަމުގެ ލަފުޒުތައް ފުވައްމުލަކު ބަހުރުވަޔަށް ބަދަލުވެގެންދާއިރު އެ ލަފުޒުތަކަށް އަންނަ ފޮނޮލޮޖިކަލް ބަދަލުތަކަކީ ކޮބައިހެއްޔެވެ؟(Faculty of Arts, Maldives College of Higher Education, 2011-11-01) Ahmed, Fathimath; ފާތިމަތު އަހްމަދުމިއީ، ރާއްޖޭގެ ރަސްމީ ބަހުރުވައާއި ފުވައްމުލަކު ބަހުރުވައިގެ މެދުގައިވާ ފޮނޮލޮޖިކަލް ތަފާތުތައް ދެނެގަތުމަށާއި އެތަފާތުތައް އަންނަނީ ވަކި އުސޫލަކުންތޯ ބެލުމަށް ކޮށްފައިވާ ދިރާސާއެކެވެ. މިގޮތުން، މި ފޮނޮލޮޖިކަލް ތަފާތުތައް ދެނެގަތުމަށްޓަކައި ރަސްމީބަހުރުވައިގެ އުބުފިއްޔަށް ނިމިފައިވާ ނަމުގެ ލަފުޒުތަކުގެ ތެރެއިން 330 ލަފުޒު ސާމަޕަލްގެ ގޮތުގައި ނަގައިގެން މި ލަފުޒުތައް ތަހްލީލްކޮށފައިވާނެއެވެ. މިކަމަށްޓަކައި ރަސްމީ ބަހުރުވައިގެ ލަފުޒުތައް ނަގާފައިވާނީ ދިވެހި ބަސްފޮތް(2006) އިންނެވެ. ފުވައްމުލަކު ބަހުރުވައިގެ ލަފުޒުތައް ހޯދާފައިވާނީ ރަސްމީ ބަހުރުވަޔާއި ފުވައްމުލަކު ބަހުރުވަ ރަގަޅަށް ދަންނަ 5 ފަރާތެއްލައްވާ ސުވާލު ކަރުދާހެއް ފުރުވައިގެންނެވެ. މިގޮތުން، ކޮލިޓޭޓިވް ޕެރަޑައިމްގެ ދަށުން އިންޑަކްޓިވް އެޕްރޯޗެއް ބޭނުންކޮށްގެން ކުރި މި ދިރާސާއިން ހާމަވިގޮތުގައި ރަސްމީ ބަހުރުވައިގެ އުބުފިއްޔަށް ނިމިފައިވާ ނަމުގެ ލަފުޒުތައް ފުވައްމުލަކު ބަހުރުވަޔަށް ބަދަލުވެފައިވަނީ މައިގަނޑު 6 އުސޫލެއްގެ ދަށުންނެވެ. އެއުސޫލުތަކަކީ، ލަފުޒުގެ ނިމުން، 'ލޯ ބެކް ޝޯޓްވަވަލް' /o/ (އޮބޮފިލި) އަށް ބަދަލުވުމާއި، ހައިބެކް ޝޯޓް ވަވަލ'/u/ގެ (އުބުފިލީގެ ގޮތުގައްޔާއި 'ހައި ފްރަންޓް ޝޯޓް ވަވަލް /i/ (އިބިފިލި) އަށް ބަދަލުވުމާއި 'މިޑް ސެންޓރަލް ޝޯޓް ވަވަލް/a/ (އަބަފިލި) އަށް ބަދަލުވުމުގެ އިތުރުން 'މިޑްފްރަންޓް ޝޯޓްވަވަލް /e/ (އެބެފިލި) އަށް ބަދަލުވުމެވެ. މީގެ އިތުރުން، ލަފުޒުގެ އެންމެ ފަހު ސިލަބަލެއްގެ ގޮތުގައި ކްލޯޒްޑް ސިލަބަލެއް އައިސްގެންނެވެ. އެހެނަސް، މިއީ ރަސްމީ ބަހުރުވައިގައި އެއް މާހައުލެއްގައި ( އެންވަރމެންޓެއްގައި) އަންނަ ކޮންސަނަންޓް އަޑުތަކުގެ ތަފާތެއްވެސް މި ދެ ބަހުރުވައިގެ މެދުގައި ހުރިކަން މި ދިރާސާއިން ފާހަގަކުރެވުނެއެވެ.