Thesis & Dissertations - ތީސީސް އަދި ޑެޒަޓޭޝަން
Browse
2 results
Search Results
ThesisItem ދިވެހިބަހުން ލިޔެފައިވާ ކުރީގެ ލިޔުންތަކާއި މިހާރުގެ ލިޔުންތަކުގެ މަޢުލޫމާތު އެތުރުމުގެ އޮނިގަނޑަށް އައިސްފައިވާ ބަދަލު(Faculty of Arts, Maldives National University, 2013-11-01) ވާޖިދާ ހާރޫން; Haroon, Waajidhaމި ދިރާސާއަކީ ބަހަވީ ޢިލްމުވެރިން ކުރައްވާފައިވާ ދިރާސާތަކުގެ އަލީގައި، ދިވެހިބަހުން ކުރީގައި ލިޔެފައިހުރި މަޢުލޫމާތުދޭ މަޒުމޫނުތަކާއި، މިހާރު ލިޔެވެމުން އަންނަ މަޢުލޫމާތުދޭ މަޒުމޫނުތަކުގައި މަޢުލޫމާތު އެތުރުމުގެ އޮނިގަނޑަށް ބަދަލުތަކެއް އައިސްފައިވޭތޯ ބެލުމަށް ކުރި ދިރާސާއެކެވެ. އެގޮތުން، މި ދިރާސާގެ އަމާޒަކަށްވެފައި ވަނީ، ދިވެހިބަހުން ލިޔެފައި ހުރި ކުރީގެ ލިޔުންތަކާއި މިހާރުގެ ލިޔުންތަކުގެ މަޢުލޫމާތު އެތުރުމުގެ އޮނިގަނޑުގައި ތަފާތުތަކެއްވޭތޯ ދެނެގަތުމެވެ. މި ދިރާސާ ހެދުމަށް ނަގާފައިވާ ސުވާލަށް ޖަވާބުދީ، މަޤްޞަދު ޙާޞިލުކުރުމަށްޓަކައި ދިރާސާ ކުރިއަށް ގެންގޮސްފައި ވާނީ، ކޮލިޓޭޓިވް ޕެރަޑައިމްގެ އިންޑަކްޓިވް އެޕްރޯޗް މެތަޑަށެވެ. އެގޮތުން، މި ދިރާސާ ބަހާލާފައިވާނީ، މައިގަނޑު 6 ބާބުގެ މައްޗަށެވެ. މި ދިރާސާގެ މަޤްޞަދު ޙާޞިލްކުރުމަށްޓަކައި ކުރި މަސައްކަތްތަކުގެ އަލީގައި ހޯދުނީ، ދިވެހިބަހުން ލިޔެފައި ހުރި ކުރީގެ ލިޔުންތަކާއި މިހާރުގެ ލިޔުންތަކުގެ މަޢުލޫމާތު އެތުރުމުގެ އޮނިގަނޑުގައި ތަފާތުތަކެއް ހުރިކަމެވެ. މިގޮތުން ލިޔުންތަކުގެ ތީމް، ރީމްގެ އޮނިގަނޑު ގެންގުޅެފައިވާ ގޮތުގައި ތަފާތުތަކެއް ފާހަގަކުރެވުނެވެ. އެއީ ކުރީގެ ލިޔުންތަކަށްވުރެ މިހާރުގެ ގިނަ ލިޔުންތަކުގައި ތީމް، ރީމްގެ އޮނިގަނޑު ގެންގުޅެފައި ވެއެވެ. ހަމައެހެންމެ ކުރީގެ ލިޔުންތަކާއި ހިލާފަށް މިހާރުގެ ލިޔުންތަކުގައި ތީމް، ރީމްގެ 2 ޕެޓާން އެއްކޮށް ބޭނުންކޮށްފައިވާކަން ވެސް ހޯދުނެވެ. މީގެ އިތުރުން، ކުރީގެ ލިޔުންތަކާއި މިހާރުގެ ލިޔުންތަކުގެ މަޢުލޫމާތު އެތުރުމަށް ބޭނުންކުރާ ޕެޓާންގައި ވެސް ތަފާތުތަކެއް ހުރިކަން މި ދިރާސާއިން ފާހަގަކުރެވުނެވެ. ޖުމުލަގޮތެއްގައި، މި ދިރާސާއިން ހާމަވެގެންދިޔައީ ދިވެހިބަހުން ލިޔެވިފައިވާ ކުރީގެ މަޒުމޫނުތަކާއި މިހާރުގެ މަޒުމޫނުތަކުގެ މަޢުލޫމާތު އެތުރުމުގެ އޮނިގަނޑުގައި ތަފާތުތަކެއް ހުރިކަމެވެ. އެ ތަފާތުތަކަކީ ކޮބައިކަން، އަންނަން އޮތް ބާބުތަކުން ސާފުވެގެންދާނެއެވެ. ThesisItem ދިވެހިބަހުން ލިޔެފައިވާ ކުރީގެ ލިޔުންތަކާއި މިހާރުގެ ލިޔުންތަކުގެ މަޢުލޫމާތު އެތުރުމުގެ އޮނިގަނޑަށް އައިސްފައިވާ ބަދަލު(Faculty of Arts, Maldives National University, 2013-11-01) Haroon, Waajidha; ވާޖިދާ ހާރޫންމި ދިރާސާއަކީ ބަހަވީ ޢިލްމުވެރިން ކުރައްވާފައިވާ ދިރާސާތަކުގެ އަލީގައި، ދިވެހިބަހުން ކުރީގައި ލިޔެފައިހުރި މަޢުލޫމާތުދޭ މަޒުމޫނުތަކާއި، މިހާރު ލިޔެވެމުން އަންނަ މަޢުލޫމާތުދޭ މަޒުމޫނުތަކުގައި މަޢުލޫމާތު އެތުރުމުގެ އޮނިގަނޑަށް ބަދަލުތަކެއް އައިސްފައިވޭތޯ ބެލުމަށް ކުރި ދިރާސާއެކެވެ. އެގޮތުން، މި ދިރާސާގެ އަމާޒަކަށްވެފައި ވަނީ، ދިވެހިބަހުން ލިޔެފައި ހުރި ކުރީގެ ލިޔުންތަކާއި މިހާރުގެ ލިޔުންތަކުގެ މަޢުލޫމާތު އެތުރުމުގެ އޮނިގަނޑުގައި ތަފާތުތަކެއްވޭތޯ ދެނެގަތުމެވެ. މި ދިރާސާ ހެދުމަށް ނަގާފައިވާ ސުވާލަށް ޖަވާބުދީ، މަޤްޞަދު ޙާޞިލުކުރުމަށްޓަކައި ދިރާސާ ކުރިއަށް ގެންގޮސްފައި ވާނީ، ކޮލިޓޭޓިވް ޕެރަޑައިމްގެ އިންޑަކްޓިވް އެޕްރޯޗް މެތަޑަށެވެ. އެގޮތުން، މި ދިރާސާ ބަހާލާފައިވާނީ، މައިގަނޑު 6 ބާބުގެ މައްޗަށެވެ. މި ދިރާސާގެ މަޤްޞަދު ޙާޞިލްކުރުމަށްޓަކައި ކުރި މަސައްކަތްތަކުގެ އަލީގައި ހޯދުނީ، ދިވެހިބަހުން ލިޔެފައި ހުރި ކުރީގެ ލިޔުންތަކާއި މިހާރުގެ ލިޔުންތަކުގެ މަޢުލޫމާތު އެތުރުމުގެ އޮނިގަނޑުގައި ތަފާތުތަކެއް ހުރިކަމެވެ. މިގޮތުން ލިޔުންތަކުގެ ތީމް، ރީމްގެ އޮނިގަނޑު ގެންގުޅެފައިވާ ގޮތުގައި ތަފާތުތަކެއް ފާހަގަކުރެވުނެވެ. އެއީ ކުރީގެ ލިޔުންތަކަށްވުރެ މިހާރުގެ ގިނަ ލިޔުންތަކުގައި ތީމް، ރީމްގެ އޮނިގަނޑު ގެންގުޅެފައި ވެއެވެ. ހަމައެހެންމެ ކުރީގެ ލިޔުންތަކާއި ހިލާފަށް މިހާރުގެ ލިޔުންތަކުގައި ތީމް، ރީމްގެ 2 ޕެޓާން އެއްކޮށް ބޭނުންކޮށްފައިވާކަން ވެސް ހޯދުނެވެ. މީގެ އިތުރުން، ކުރީގެ ލިޔުންތަކާއި މިހާރުގެ ލިޔުންތަކުގެ މަޢުލޫމާތު އެތުރުމަށް ބޭނުންކުރާ ޕެޓާންގައި ވެސް ތަފާތުތަކެއް ހުރިކަން މި ދިރާސާއިން ފާހަގަކުރެވުނެވެ. ޖުމުލަގޮތެއްގައި، މި ދިރާސާއިން ހާމަވެގެންދިޔައީ ދިވެހިބަހުން ލިޔެވިފައިވާ ކުރީގެ މަޒުމޫނުތަކާއި މިހާރުގެ މަޒުމޫނުތަކުގެ މަޢުލޫމާތު އެތުރުމުގެ އޮނިގަނޑުގައި ތަފާތުތަކެއް ހުރިކަމެވެ. އެ ތަފާތުތަކަކީ ކޮބައިކަން، އަންނަން އޮތް ބާބުތަކުން ސާފުވެގެންދާނެއެވެ.