6-3 އަހަރާއި ދެމެދު ކުދިން ބެލުމަށް މެއިޑުން ގެންގުޅޭމީހުންގެ ދަރިންނާއި، މެއިޑުން ނުގެންގުޅޭ މީހުންގެ ދަރީންގެ، ބަސް ތަރައްޤީ ވެފައި ހުރި މިންވަރުގައި ތަފާތެއްވޭހެއްޔެވެ؟

Loading...
Thumbnail Image

Date

2016-06-01

Journal Title

Journal ISSN

Volume Title

Publisher

ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
Faculty of Arts, Maldives National University

Abstract

މި ދިރާސާއަކީ މެއިޑުން ގެންގުޅޭ މީހުންގެކުދީންނާ މެއިޑުން ނުގެންގުޅޭ މީހުންގެ ކުދިންގެ ބަސްތަރައްޤީވެފައި ހުރި މިންވަރުގައި ތަފާތެއް ވޭތޯ ބެލުމަށް ކުރެވުނު ދިރާސާއެކެވެ. މި ދިރާސާއިން ލިބުނު މަޢުލޫމާތުގެ އަލީގައި ފާހަގަ ކުރެވުނު އެންމެ މުހިއްމު އެއްކަމަކީ މެއިޑުން ގެންގުޅޭ މީހުންގެ ކުދިން އެ އުމުރުގެ އެހެން ކުދިންނާ އަޅާބަލާއިރު ބަސްތަރައްޤީވާންޖެހޭ މިންވަރަށް ބަސް ތަރއްގީ ނުވާ ކަމެވެ. އެއީ ޖުމުލަތައް ބުނާއިރުވެސް 2 ލަފުޒު ނޫނީ ތިން ލަފުޒުގެ ޖުމުލަ ބޭނުންކޮށްގެން ޖުމުލަ ބުނަންނޭގޭކަން ހާމަވެގެންދިޔައެވެ. އަދި ވާހަކަ ދައްކާއިރު ބަހުގެ ގަވާއިދާ ޚިލާފުވާހަކަ ދައްކާކަން ފަހަގަ ކުރެވުނެވެ. މި ގޮތުން އެ ކުދީންނާއެކު އުޅޭ މެއިޑް މީހާ ދިވެހި ބަސް ބޭނުން ކުރާ ގޮތަށް ބޭނުން ކުރާކަންފާހަގަ ކުރެވުނެވެ. މިދިރާސާއިން ފާހަގަ ކުރެވުނު އަނެއްކަމަކީ ބެލެނިވެރިންނާ ކުދީން ގާތުގައި އުޅޭ މީހުން ބަސް ބޭނުން ކުރާގޮތުން ނުނީ އެހެން ބަހަކުން ވާހަކަ ދެއްކުމުގެ ސަބަބުންވެސް އެ ކުދިންގެ ބަސް ތަރައްޤީވުމަށް ހުރަސްއެޅިގެން ދާ ކަމެވެ.

Description

Keywords

Citation

ޝިއުނާ އިދްރީސް. (2016). 6-3 އަހަރާއި ދެމެދު ކުދިން ބެލުމަށް މެއިޑުން ގެންގުޅޭމީހުންގެ ދަރިންނާއި، މެއިޑުން ނުގެންގުޅޭ މީހުންގެ ދަރީންގެ، ބަސް ތަރައްޤީ ވެފައި ހުރި މިންވަރުގައި ތަފާތެއްވޭހެއްޔެވެ؟. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.
Idrees, S. (2016). 6-3 aharaai dhemedhu kudhin belumah meidun gengulheymeehunge dharinnai, meidun nugengulhey meehunge dhareenge, bas tharaqqee vefai huri minvarugai thafaathehvey heyyeve?. Male', Maldives National University.

Endorsement

Review

Supplemented By

Referenced By