ދިވެހިބަހުގެ އެކަޑަމީން އެކަށައަޅައިފައިވާ ލަފުޒު ވަކިކޮށް ލިޔުމުގެ ޤަވާއިދާ އެއްގޮތަށް، ދިވެހިން ލިޔަނީ ކިހާ މިންވަރަކަށް ހެއްޔެވެ؟

dc.contributor.authorއަޙުމަދު ވަޙިދު ޢަލީ
dc.contributor.authorAli, Ahmed Waheed
dc.date.accessioned2018-04-03T03:38:06Z
dc.date.available2018-04-03T03:38:06Z
dc.date.issued2017-05-01
dc.description.abstractމި ދިރާސާއަކީ ދިވެހިބަހުގެ އެކެޑެމީން އެކަށައަޅައިފައިވާ ލަފުޒު ވަކިކޮށް ލިޔުމުގެ ޤަވާޢިދާ އެއްގޮތަށް ދިވެހިން ލިޔާ މިންވަރު ބެލުމަށް ކޮށްފައިވަ ދިރާސާއެކެވެ. ދިރާސާ ހެދުމަށް ބޭނުންކުރީ ކުއަންޓިޓޭވް އެޕްރޯޗެވެ. ދިރާސާގައި ބެނުންކޮށްފައިވާނީ ޓެކްސްޓް އެނަލަސިސްއެވެ. ސާންޕަލުގެ ގޮތުގައި ދިރާސާއަށް އެއްކުރީ އޮންލައިން ލިޔުންތަކާއި، ޕްރިންޓް (ޗާޕު / ޝާއިޢު) ކުރި ލިޔުންތަކާއި، ސިޓީ، އިޢުލާން، ދެންނެވުން، އަދި އެންގުން ފަދަ ލިޔުންތަކާއި، ޚުތުބާ އަދި އޮންލައިނަ ލިޔުންތަކާ ގުޅިގެން އާންމު ރައްޔިތުން ލިޔެފައިވާ ކޮމެންޓުތަކުން ކޮންމެ ވައްތަރަކުން 5 ލިޔުމެވެ. މި ލިޔުންތައް ހޮވުމުގައި ބަލައިފައި ވާނީ ދިވެހިބަހުގެ އެކަޑެމީން އެކުލަވައިލި ލަފުޒު ވަކިކޮށް ލިޔުމުގެ ޤަވާޢިދު އާންމުކުރި ތާރީޙަށް ވުރެ ފަހުގެ ތާރިޙުތަކުގައި ލިޔެފައިވާ ލިޔުން ތަކަށެވެ. މި ދިރާސާގައި ބެލީ "އަށް"، "ވެސް"، "ޓަކައި" އަދި "އެވެ" މި 4 ލަފުޒު ނުވަތަ އަކުރު އެކަށައަޅައިފައިވާ ޤަވާޢިދާ އެއްގޮތަށް ދިވެހިން ލިޔެއުޅޭ މިންވަރުގެ މައްޗަށެވެ. މި ބައިތައް ފުރަތަމަ ބެލީ ދިރާސާއަށް އެއްކުރި 5 ބާވަތުގެ ލިޔުންތައް ވަކިވަކިން ކޮންމެ އަކުރެއް ބޭނުންކޮށްފައިވާ ގޮތަށެވެ. އެއަށްފަހު ޖުމުލަ ނަތީޖާގެ މައްޗަށްވެސް ބަލައިލެވިފައިވާނެއެވެ.en_US
dc.identifier.citationއަޙުމަދު ވަޙިދު ޢަލީ. (2017). ދިވެހިބަހުގެ އެކަޑަމީން އެކަށައަޅައިފައިވާ ލަފުޒު ވަކިކޮށް ލިޔުމުގެ ޤަވާއިދާ .އެއްގޮތަށް، ދިވެހިން ލިޔަނީ ކިހާ މިންވަރަކަށް ހެއްޔެވެ؟. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީen_US
dc.identifier.citationAli, A. W. (2017). Dhivehi bahuge academy in ekasha alhaifaivaa lafuzu vakikoh liyumuge qavaaidhaa ehgothah, dhivehin liyanee kihaa minvarakah heyyeve?. Male', Maldives National University.
dc.identifier.urihttp://saruna.mnu.edu.mv/jspui/handle/123456789/1466
dc.publisherފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީen_US
dc.publisherFaculty of Arts, Maldives National University
dc.titleދިވެހިބަހުގެ އެކަޑަމީން އެކަށައަޅައިފައިވާ ލަފުޒު ވަކިކޮށް ލިޔުމުގެ ޤަވާއިދާ އެއްގޮތަށް، ދިވެހިން ލިޔަނީ ކިހާ މިންވަރަކަށް ހެއްޔެވެ؟en_US
dc.title.alternativeDhivehi bahuge academy in ekasha alhaifaivaa lafuzu vakikoh liyumuge qavaaidhaa ehgothah, dhivehin liyanee kihaa minvarakah heyyeve?en_US

Files

Original bundle

Now showing 1 - 1 of 1
Thumbnail Image
Name:
Ahmed Waheed Ali.pdf
Size:
1.65 MB
Format:
Adobe Portable Document Format
Description:

License bundle

Now showing 1 - 1 of 1
No Thumbnail Available
Name:
license.txt
Size:
1.71 KB
Format:
Item-specific license agreed upon to submission
Description: