ރައީސް ނަޝީދާއި ރައީސް ޔާމިނުގެ ވާހަކަފުޅު ދެއްކެވުމުގައި، ވާހަކަދެއްކުމުގެ ދަރަޖަތައް ބޭނުން ކުރައްވާފައިވަނީ ދިވެހި ބަހުގެ އެކަށައަޅާފައިވާ ޤަވާޢިދާއި އެއްގޮތަށް ހެއްޔެވެ؟

dc.contributor.authorއާމިނަތު ވަޙީދު
dc.contributor.authorWaheed, Aminath
dc.date.accessioned2018-03-19T05:34:00Z
dc.date.available2018-03-19T05:34:00Z
dc.date.issued2015-11-01
dc.description.abstractމި ދިރާސާއަކީ ރައީސް ނަޝީދާއި ރައީސް ޔާމިނުގެ ވާހަކަފުޅު ދެއްކެވުމުގައި ދަރަޖަތައް ބޭނުންކުރައްވާފައި ހުންނަނީ ދިވެހި ބަހުގެ އެކަށައަޅާފައިވާ ޤަވާޢިދާއި އެއްގޮތަށްތޯ ނުވަތަ ޚިލާފަށްތޯ ބެލުމަށްޓަކައި ކުރެވުނު ދިރާސާއެކެވެ. މިގޮތުން މި ދިރާސާ އަމާޒުކޮށްފައިވާނީ ރައީސް ނަޝީދާއި ރައީސް ޔާމިނު، ވާހަކަދެއްކުމުގެ ދަރަޖަތައް ބޭނުންކުރައްވާފައި ހުންނަނީ ދިވެހި ބަހުގެ އެކަށައަޅާފައިވާ ޤަވާޢިދާއި އެއްގޮތަށްތޯ ނުވަތަ ޚިލާފަށްތޯ ބަލައި އެންމެ އެކަށީގެންވާގޮތަށް ދަރަޖަތައް ބޭނުން ކުރައްވާފައިވަނީ ކޮންބޭފުޅެއްތޯ ހޯދާ، ބެލުމުގެ މައްޗަށެވެ. މިއީ އެމްޕެރިކަލް ރިސާރޗް ފްރޭމްވޯކްގެ ދަށުން ކުއެންޓިޓޭޓިވް އެޕްރޯޗް ބޭނުންކޮށްގެން ކުރިއަށް ގެންދެވުނު ދިރާސާއެކެވެ. މި ދިރާސާގެ ސާމްޕަލްގެގޮތުގައި ނަގާފައިވާނީ ރައީސް ޔާމިނުގެ ތިން މިނެޓުގެ ތިން ތަޤުރީރާއި ތިން ބަސްދީގަތުން އަދި ރައީސް ނަޝީދުގެ ތިން މިނެޓުގެ ތިން ތަޤުރީރާ ތިން ބަސްދީގަތުމެވެ. މި ސާމްޕަލް ނެގިއިރު ނަގާފައިވާނީ ކޮންވީނިއަންސްކޮންނެވެ. މިއީ ޔޫޓިއުބްގެ އެހީގައި ޑިޖިޓަލް ކޮންޓެންޓްތަކެއް އޮބްޒާރވްކޮށްގެން ހެދި ދިރާސާއެކެވެ. މި ދިރާސާގެ ހޯދުންތަކުން އެނގިގެން ދިޔައީ ރައީސް ނަޝީދާއި ރައީސް ޔާމިނުގެ ތަޤުރީރުތަކާއި ބަސްދީގަތުންތަކުގައި އެ ބޭފުޅުން ވާހަކަދެއްކުމުގެ ދަރަޖަތައް ރަނގަޅަށް ބޭނުންކުރެއްވި ކަމުގައިވިއަސް ދަރަޖަތައް އޮޅުވާލައިގެން ވެސް ބޭނުންކުރައްވާކަމެވެ. އަދި ދަރަޖަތައް މަސްހުނިކޮށްގެން ވެސް ބޭނުންކުރައްވާކަމެވެ. މިގޮތުން މި ދިރާސާގެ ނަތީޖާއިން ހާމަވެގެންދިޔައީ ރައީސް ނަޝީދަށްވުރެ ރައީސް ޔާމިނު، ވާހަކަދެއްކުމުގެ ދަރަޖަތައް މަސްހުނިކޮށްގެން ބޭނުންކުރައްވާ މިންވަރު އިތުރުކަމެވެ. އަދި ޖުމުލަގޮތެއްގައި އާދައިގެ ދަރަޖަ ބޭނުންކުރެއްވުމުގައި ރައީސް ޔާމިނަށްވުރެ ރައީސް ނަޝީދު ރަނގަޅުކަމެވެ. ނަމަވެސް މާތް ދަރަޖަ އާއި އެންމެ މާތް ދަރަޖަ ރަނގަޅަށް ބޭނުންކުރައްވާފައިވަނީ ރައީސް ނަޝީދަށްވުރެ ރައީސް ޔާމިނުކަން ވެސް މި ދިރާސާއިން ހާމަވެގެންދިޔައެވެ.en_US
dc.identifier.citationއާމިނަތު ވަޙީދު. (2015). ރައީސް ނަޝީދާއި ރައީސް ޔާމިނުގެ ވާހަކަފުޅު ދެއްކެވުމުގައި، ވާހަކަދެއްކުމުގެ ދަރަޖަތައް ބޭނުން ކުރައްވާފައިވަނީ ދިވެހި ބަހުގެ އެކަށައަޅާފައިވާ ޤަވާޢިދާއި އެއްގޮތަށް ހެއްޔެވެ؟. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.en_US
dc.identifier.citationWaheed, A. (2015). Raees Nasheed aai Raees Yameenugevaahakafulhu dhekkuvumugai, vaahaka dhekkumuge dharajathah beynun kuravvaafai vanee dhivehi bahuge ekash'alhafaivaa ްqavaaidhaai eiygothah heyyeve?
dc.identifier.urihttp://saruna.mnu.edu.mv/jspui/handle/123456789/981
dc.language.isootheren_US
dc.publisherފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީen_US
dc.publisherFaculty of Arts, Maldives National University
dc.titleރައީސް ނަޝީދާއި ރައީސް ޔާމިނުގެ ވާހަކަފުޅު ދެއްކެވުމުގައި، ވާހަކަދެއްކުމުގެ ދަރަޖަތައް ބޭނުން ކުރައްވާފައިވަނީ ދިވެހި ބަހުގެ އެކަށައަޅާފައިވާ ޤަވާޢިދާއި އެއްގޮތަށް ހެއްޔެވެ؟en_US
dc.title.alternativeRaees Nasheed aai Raees Yameenugevaahakafulhu dhekkuvumugai, vaahaka dhekkumuge dharajathah beynun kuravvaafai vanee dhivehi bahuge ekash'alhafaivaa ްqavaaidhaai eiygothah heyyeve?en_US
dc.typeThesisen_US

Files

Original bundle

Now showing 1 - 1 of 1
Thumbnail Image
Name:
Aminath Waheed.pdf
Size:
953.7 KB
Format:
Adobe Portable Document Format