ރައީސް ނަޝީދާއި ރައީސް ޔާމިނުގެ ވާހަކަފުޅު ދެއްކެވުމުގައި، ވާހަކަދެއްކުމުގެ ދަރަޖަތައް ބޭނުން ކުރައްވާފައިވަނީ ދިވެހި ބަހުގެ އެކަށައަޅާފައިވާ ޤަވާޢިދާއި އެއްގޮތަށް ހެއްޔެވެ؟
Loading...
Date
2015-11-01
Authors
Journal Title
Journal ISSN
Volume Title
Publisher
ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
Faculty of Arts, Maldives National University
Faculty of Arts, Maldives National University
Abstract
މި ދިރާސާއަކީ ރައީސް ނަޝީދާއި ރައީސް ޔާމިނުގެ ވާހަކަފުޅު ދެއްކެވުމުގައި ދަރަޖަތައް ބޭނުންކުރައްވާފައި ހުންނަނީ ދިވެހި ބަހުގެ އެކަށައަޅާފައިވާ ޤަވާޢިދާއި އެއްގޮތަށްތޯ ނުވަތަ ޚިލާފަށްތޯ ބެލުމަށްޓަކައި ކުރެވުނު ދިރާސާއެކެވެ. މިގޮތުން މި ދިރާސާ އަމާޒުކޮށްފައިވާނީ ރައީސް ނަޝީދާއި ރައީސް ޔާމިނު، ވާހަކަދެއްކުމުގެ ދަރަޖަތައް ބޭނުންކުރައްވާފައި ހުންނަނީ ދިވެހި ބަހުގެ އެކަށައަޅާފައިވާ ޤަވާޢިދާއި އެއްގޮތަށްތޯ ނުވަތަ ޚިލާފަށްތޯ ބަލައި އެންމެ އެކަށީގެންވާގޮތަށް ދަރަޖަތައް ބޭނުން ކުރައްވާފައިވަނީ ކޮންބޭފުޅެއްތޯ ހޯދާ، ބެލުމުގެ މައްޗަށެވެ. މިއީ އެމްޕެރިކަލް ރިސާރޗް ފްރޭމްވޯކްގެ ދަށުން ކުއެންޓިޓޭޓިވް އެޕްރޯޗް ބޭނުންކޮށްގެން ކުރިއަށް ގެންދެވުނު ދިރާސާއެކެވެ. މި ދިރާސާގެ ސާމްޕަލްގެގޮތުގައި ނަގާފައިވާނީ ރައީސް ޔާމިނުގެ ތިން މިނެޓުގެ ތިން ތަޤުރީރާއި ތިން ބަސްދީގަތުން އަދި ރައީސް ނަޝީދުގެ ތިން މިނެޓުގެ ތިން ތަޤުރީރާ ތިން ބަސްދީގަތުމެވެ. މި ސާމްޕަލް ނެގިއިރު ނަގާފައިވާނީ ކޮންވީނިއަންސްކޮންނެވެ. މިއީ ޔޫޓިއުބްގެ އެހީގައި ޑިޖިޓަލް ކޮންޓެންޓްތަކެއް އޮބްޒާރވްކޮށްގެން ހެދި ދިރާސާއެކެވެ. މި ދިރާސާގެ ހޯދުންތަކުން އެނގިގެން ދިޔައީ ރައީސް ނަޝީދާއި ރައީސް ޔާމިނުގެ ތަޤުރީރުތަކާއި ބަސްދީގަތުންތަކުގައި އެ ބޭފުޅުން ވާހަކަދެއްކުމުގެ ދަރަޖަތައް ރަނގަޅަށް ބޭނުންކުރެއްވި ކަމުގައިވިއަސް ދަރަޖަތައް އޮޅުވާލައިގެން ވެސް ބޭނުންކުރައްވާކަމެވެ. އަދި ދަރަޖަތައް މަސްހުނިކޮށްގެން ވެސް ބޭނުންކުރައްވާކަމެވެ. މިގޮތުން މި ދިރާސާގެ ނަތީޖާއިން ހާމަވެގެންދިޔައީ ރައީސް ނަޝީދަށްވުރެ ރައީސް ޔާމިނު، ވާހަކަދެއްކުމުގެ ދަރަޖަތައް މަސްހުނިކޮށްގެން ބޭނުންކުރައްވާ މިންވަރު އިތުރުކަމެވެ. އަދި ޖުމުލަގޮތެއްގައި އާދައިގެ ދަރަޖަ ބޭނުންކުރެއްވުމުގައި ރައީސް ޔާމިނަށްވުރެ ރައީސް ނަޝީދު ރަނގަޅުކަމެވެ. ނަމަވެސް މާތް ދަރަޖަ އާއި އެންމެ މާތް ދަރަޖަ ރަނގަޅަށް ބޭނުންކުރައްވާފައިވަނީ ރައީސް ނަޝީދަށްވުރެ ރައީސް ޔާމިނުކަން ވެސް މި ދިރާސާއިން ހާމަވެގެންދިޔައެވެ.
Description
Keywords
Citation
އާމިނަތު ވަޙީދު. (2015). ރައީސް ނަޝީދާއި ރައީސް ޔާމިނުގެ ވާހަކަފުޅު ދެއްކެވުމުގައި، ވާހަކަދެއްކުމުގެ ދަރަޖަތައް ބޭނުން ކުރައްވާފައިވަނީ ދިވެހި ބަހުގެ އެކަށައަޅާފައިވާ ޤަވާޢިދާއި އެއްގޮތަށް ހެއްޔެވެ؟. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.
Waheed, A. (2015). Raees Nasheed aai Raees Yameenugevaahakafulhu dhekkuvumugai, vaahaka dhekkumuge dharajathah beynun kuravvaafai vanee dhivehi bahuge ekash'alhafaivaa ްqavaaidhaai eiygothah heyyeve?
Waheed, A. (2015). Raees Nasheed aai Raees Yameenugevaahakafulhu dhekkuvumugai, vaahaka dhekkumuge dharajathah beynun kuravvaafai vanee dhivehi bahuge ekash'alhafaivaa ްqavaaidhaai eiygothah heyyeve?