ޢުމުރުން 5 އަހަރުން ދަށުގެ ތުއްތުކުދިންނާ ދެ ބަހުން ވާހަކަ ދެއްކުމަކީ އެ ކުދިންގެ ބަހުގެ ހުނަރަށް އަސަރުކުރާ ކަމެއް ހެއްޔެވެ؟

Loading...
Thumbnail Image

Date

2015-11-01

Journal Title

Journal ISSN

Volume Title

Publisher

Maldives National University

Abstract

ދިވެހިންގެ އަމިއްލަ މާދަރީބަސް އޮއްވައި ޅަފަތުގައި ކުއްޖާއަށް އިތުރު ބަހެއް ދަސްކޮށްދެމުންދިއުމަކީ ޚާއްޞަކޮށް، އިނގިރޭސިބަހާއި ދިވެހިބަސް މަސްހުނިކޮށްގެން ވާހަކަދައކަމުން ދިއުމަކީ މިއަދުގެ ދިވެހިމުޖުތަމަޢުގައި ޢާއްމުކަމެކެވެ. މާދަރީބަހުގެ މާޙައުލެއްގައި ބޮޑުވާ ތުއްތުކުއްޖަކާ ދެ ބަހުން މުއާމަލާތު ކުރުމަކީ އެ ކުދިންގެ ބަހުގެ ހުނަރުތަކަށް އަސަރުކޮށް، މަސްހުނި ބަހެއްގެގޮތުގައި މާދަރީބަސް ދަސްވާކަމެކެެވެ. ބައިލިންގުއަލް މުޖުތަމަޢުގައި ތުއްތުކުދިންނަށް ބަސްދަސްވާގޮތް ދެނެދަތުމުގެ ބޭނުމުގައި ކުރެވުނު މި ދިރާސާ ބިނާކޮށްފައިވާނީ ދެ ބަހުން ވާހަކަދެއްކުމުން ކުދިންގެ ބަހުގެ ހުނަރަށް އަސަރުކުރޭތޯ ނުވަތަ ބަސް ދަސްވަނީ ކިހިނެތްތޯ ބަލައި ބަހުގެ ޤާބިލްކަން ހުންނަގޮތް ދެނެގަތުމުގެ މައްޗަށެވެ. އެގޮތުން "އުމުރުން 5 އަހަރުން ދަށުގެ ކުދިންނާ ދެ ބަހުން ވާހަކަ ދެއްކުމަކީ އެ ކުދިންގެ ބަހުގެ ހުނަރަށް އަސަރުކުރާ ކަމެއް ހެއްޔެވެ؟'' މި ސުވާލު ތަޙުލީލުކޮށް ދެނެގަތުމަށްް، މިކްސްޑް މެތަޑްގެ އެހީގައި ކޭސް ސްޓަޑީއެއްގެގޮތުގައި ކުރެވުނު މި ދިރާސާއަށް މަޢުލޫމާތު އެއްކުރީ ބަސްދީގަތުންތަކާއި ތަސްވީރުދޭހައިގެ ގޮތުގައި ދަރިވަރުންނާއެކު ކުރިއަށްގެންދެވުނު ވާހަކަތަކުގެ ރެކޯޑިންތަކާއި އޮބް×××ޒަރވޭޝަންތަކުގެ އެހީގައެވެ. ދިރާސާއިން ހާމަވި ކަންކަމުގެތެރޭގައި ޅަަފަތުގައި ކުއްޖާއާ ދެ ބަހުން މުއާމަލާތު ކުރުމުގެ ސަބަބުން ދެ ބަހުގެ ލަފުޒުތައް ލެކްސިކޯނުގައި ރައްކައުކުރެއްވި ޖުމްލަ ތަރުތީބު ކުރާއިރު ލަފްޒު ބޭނުންކުރެވޭ މިންވަރާއި ޢާއްމުކޮށް ވާހަކަދައްކާއިރު ބޭނުންކުރެވޭ ބަސްކޮށާރާއި މާދަރީބަސް އަދާކުރާ ދައުރުގެ އިތުރުން ބަހުގެ ހުނަރުތައް އަށަގެންފައިވާ މިންވަރުފަދަ ކަންކަން ފާހަގަކުރެވުނެވެ. އަދި ބެލެނިވެރިން ބަސްބޭނުންކުރާގޮތް މުހިންމު ދައުރެއް އަދާކުރާއިރު، ދެ ބަހުގެ މުޖުތަމްޢަކަށް ކުއްޖާ ހޭލުންތެރި ކުރުވިގެން ދިއުމަށް އެޅޭ ބާރަކަށް ދެ ބަހުން މުއާމަލާތު ކުރުން ހިމެނިގެންދާދިއުން ވެސް މި ދިރާސާގެ ހޯދުންތަކުގެ އަލީގައި ހާމަވެގެން ދިޔައެވެ. އެހެންކަމުން މި ދިރާސާގެ ސަބަބުން ކުރިމަގުގައި ބެލެނިވެރިން، މާދަރީބަހަށް ހޭލުންތެރިވެ ބަސް ދަސްކޮށްދިނުމުގައި ބަހުގެ ހަމަތަކާއެއްގޮތަށް ބަސް ބޭނުންކުރުމަށް އެޅިގެންދާ ބާރަކަށް ވެގެންދާނެއެވެ. އަދި މާދަރީބަހާމެދު ދެކޭގޮތް ރަނގަޅުވެ ޒުވާން ޖީލު ބަހަށް ހޭލުންތެރިކުރެވި، މާދަރީބަހުގެ ކުރިމަގު އުޖާލާވެގެންދާނެ ކަމުގައި ވެސް ފާހަކޮށްލެވެއެވެ.

Description

Keywords

early childhood, Language development, Thinking skills, Mother tongue, Code mixing, Code switching, Critical age hypothesis, ތުއްތުކުއްޖާ, ބަސްތަރައްގީކުރުން, ވިސްނުމުގެ ޤާބިލްކަން, ޅަފަތުގެ ބަސް ކުރިއެރުން, މާދަރީބަސް, ދިވެހިބަސް, އިނގިރޭސި ބަސް, Dhivehi language, English language

Citation

Ibrahim, N. (2015). U'murun 5 aharun dhashuge thuhthukudhinnaa dhe bahun vaahaka dhehkumakee ekudhinge bahuge hunarah asharukuraa kameh hehyeva?. Maldives National University.
ނާދިރާ އިބްރާހީމް. (2015). ޢުމުރުން 5 އަހަރުން ދަށުގެ ތުއްތުކުދިންނާ ދެ ބަހުން ވާހަކަ ދެއްކުމަކީ އެ ކުދިންގެ ބަހުގެ ހުނަރަށް އަސަރުކުރާ ކަމެއް ހެއްޔެވެ؟ .މާސްޓާރސް ޑިޒަރޓޭޝަން). ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރިސިޓީ)

Endorsement

Review

Supplemented By

Referenced By