ޢުމުރުން 5 އަހަރުން ދަށުގެ ތުއްތުކުދިންނާ ދެ ބަހުން ވާހަކަ ދެއްކުމަކީ އެ ކުދިންގެ ބަހުގެ ހުނަރަށް އަސަރުކުރާ ކަމެއް ހެއްޔެވެ؟

dc.contributor.authorIbrahim, Naadhira
dc.contributor.authorނާދިރާ އިބްރާހީމް
dc.date.accessioned2017-11-16T03:30:34Z
dc.date.available2017-11-16T03:30:34Z
dc.date.issued2015-11-01
dc.description.abstractދިވެހިންގެ އަމިއްލަ މާދަރީބަސް އޮއްވައި ޅަފަތުގައި ކުއްޖާއަށް އިތުރު ބަހެއް ދަސްކޮށްދެމުންދިއުމަކީ ޚާއްޞަކޮށް، އިނގިރޭސިބަހާއި ދިވެހިބަސް މަސްހުނިކޮށްގެން ވާހަކަދައކަމުން ދިއުމަކީ މިއަދުގެ ދިވެހިމުޖުތަމަޢުގައި ޢާއްމުކަމެކެވެ. މާދަރީބަހުގެ މާޙައުލެއްގައި ބޮޑުވާ ތުއްތުކުއްޖަކާ ދެ ބަހުން މުއާމަލާތު ކުރުމަކީ އެ ކުދިންގެ ބަހުގެ ހުނަރުތަކަށް އަސަރުކޮށް، މަސްހުނި ބަހެއްގެގޮތުގައި މާދަރީބަސް ދަސްވާކަމެކެެވެ. ބައިލިންގުއަލް މުޖުތަމަޢުގައި ތުއްތުކުދިންނަށް ބަސްދަސްވާގޮތް ދެނެދަތުމުގެ ބޭނުމުގައި ކުރެވުނު މި ދިރާސާ ބިނާކޮށްފައިވާނީ ދެ ބަހުން ވާހަކަދެއްކުމުން ކުދިންގެ ބަހުގެ ހުނަރަށް އަސަރުކުރޭތޯ ނުވަތަ ބަސް ދަސްވަނީ ކިހިނެތްތޯ ބަލައި ބަހުގެ ޤާބިލްކަން ހުންނަގޮތް ދެނެގަތުމުގެ މައްޗަށެވެ. އެގޮތުން "އުމުރުން 5 އަހަރުން ދަށުގެ ކުދިންނާ ދެ ބަހުން ވާހަކަ ދެއްކުމަކީ އެ ކުދިންގެ ބަހުގެ ހުނަރަށް އަސަރުކުރާ ކަމެއް ހެއްޔެވެ؟'' މި ސުވާލު ތަޙުލީލުކޮށް ދެނެގަތުމަށްް، މިކްސްޑް މެތަޑްގެ އެހީގައި ކޭސް ސްޓަޑީއެއްގެގޮތުގައި ކުރެވުނު މި ދިރާސާއަށް މަޢުލޫމާތު އެއްކުރީ ބަސްދީގަތުންތަކާއި ތަސްވީރުދޭހައިގެ ގޮތުގައި ދަރިވަރުންނާއެކު ކުރިއަށްގެންދެވުނު ވާހަކަތަކުގެ ރެކޯޑިންތަކާއި އޮބް×××ޒަރވޭޝަންތަކުގެ އެހީގައެވެ. ދިރާސާއިން ހާމަވި ކަންކަމުގެތެރޭގައި ޅަަފަތުގައި ކުއްޖާއާ ދެ ބަހުން މުއާމަލާތު ކުރުމުގެ ސަބަބުން ދެ ބަހުގެ ލަފުޒުތައް ލެކްސިކޯނުގައި ރައްކައުކުރެއްވި ޖުމްލަ ތަރުތީބު ކުރާއިރު ލަފްޒު ބޭނުންކުރެވޭ މިންވަރާއި ޢާއްމުކޮށް ވާހަކަދައްކާއިރު ބޭނުންކުރެވޭ ބަސްކޮށާރާއި މާދަރީބަސް އަދާކުރާ ދައުރުގެ އިތުރުން ބަހުގެ ހުނަރުތައް އަށަގެންފައިވާ މިންވަރުފަދަ ކަންކަން ފާހަގަކުރެވުނެވެ. އަދި ބެލެނިވެރިން ބަސްބޭނުންކުރާގޮތް މުހިންމު ދައުރެއް އަދާކުރާއިރު، ދެ ބަހުގެ މުޖުތަމްޢަކަށް ކުއްޖާ ހޭލުންތެރި ކުރުވިގެން ދިއުމަށް އެޅޭ ބާރަކަށް ދެ ބަހުން މުއާމަލާތު ކުރުން ހިމެނިގެންދާދިއުން ވެސް މި ދިރާސާގެ ހޯދުންތަކުގެ އަލީގައި ހާމަވެގެން ދިޔައެވެ. އެހެންކަމުން މި ދިރާސާގެ ސަބަބުން ކުރިމަގުގައި ބެލެނިވެރިން، މާދަރީބަހަށް ހޭލުންތެރިވެ ބަސް ދަސްކޮށްދިނުމުގައި ބަހުގެ ހަމަތަކާއެއްގޮތަށް ބަސް ބޭނުންކުރުމަށް އެޅިގެންދާ ބާރަކަށް ވެގެންދާނެއެވެ. އަދި މާދަރީބަހާމެދު ދެކޭގޮތް ރަނގަޅުވެ ޒުވާން ޖީލު ބަހަށް ހޭލުންތެރިކުރެވި، މާދަރީބަހުގެ ކުރިމަގު އުޖާލާވެގެންދާނެ ކަމުގައި ވެސް ފާހަކޮށްލެވެއެވެ.en_US
dc.identifier.citationIbrahim, N. (2015). U'murun 5 aharun dhashuge thuhthukudhinnaa dhe bahun vaahaka dhehkumakee ekudhinge bahuge hunarah asharukuraa kameh hehyeva?. Maldives National University.en_US
dc.identifier.citationނާދިރާ އިބްރާހީމް. (2015). ޢުމުރުން 5 އަހަރުން ދަށުގެ ތުއްތުކުދިންނާ ދެ ބަހުން ވާހަކަ ދެއްކުމަކީ އެ ކުދިންގެ ބަހުގެ ހުނަރަށް އަސަރުކުރާ ކަމެއް ހެއްޔެވެ؟ .މާސްޓާރސް ޑިޒަރޓޭޝަން). ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރިސިޓީ)
dc.identifier.urihttp://saruna.mnu.edu.mv/jspui/handle/123456789/615
dc.publisherMaldives National Universityen_US
dc.subjectearly childhooden_US
dc.subjectLanguage developmenten_US
dc.subjectThinking skillsen_US
dc.subjectMother tongueen_US
dc.subjectCode mixingen_US
dc.subjectCode switchingen_US
dc.subjectCritical age hypothesisen_US
dc.subjectތުއްތުކުއްޖާen_US
dc.subjectބަސްތަރައްގީކުރުންen_US
dc.subjectވިސްނުމުގެ ޤާބިލްކަންen_US
dc.subjectޅަފަތުގެ ބަސް ކުރިއެރުންen_US
dc.subjectމާދަރީބަސްen_US
dc.subjectދިވެހިބަސްen_US
dc.subjectއިނގިރޭސި ބަސްen_US
dc.subjectDhivehi languageen_US
dc.subjectEnglish languageen_US
dc.titleޢުމުރުން 5 އަހަރުން ދަށުގެ ތުއްތުކުދިންނާ ދެ ބަހުން ވާހަކަ ދެއްކުމަކީ އެ ކުދިންގެ ބަހުގެ ހުނަރަށް އަސަރުކުރާ ކަމެއް ހެއްޔެވެ؟en_US
dc.title.alternativeU'murun 5 aharun dhashuge thuhthukudhinnaa dhe bahun vaahaka dhehkumakee ekudhinge bahuge hunarah asharukuraa kameh hehyeva?en_US
dc.typeThesisen_US

Files

Original bundle

Now showing 1 - 1 of 1
Thumbnail Image
Name:
Naadhira.pdf
Size:
1.93 MB
Format:
Adobe Portable Document Format
Description:

License bundle

Now showing 1 - 1 of 1
No Thumbnail Available
Name:
license.txt
Size:
1.71 KB
Format:
Item-specific license agreed upon to submission
Description: