ދިވެހި ބަހުގެ ގަވާއިދުގައި ހިމެނޭ ހުރުން، އިނުން، އޮތުން ލިޔެކިޔުމުގައި ބޭނުންކުރެވެމުންދަނީ އެކަށައަޅާފައިވާ ޤަވާއިދާ އެއްގޮތަށް ހެއްޔެވެ؟

Loading...
Thumbnail Image

Date

2017-11-01

Journal Title

Journal ISSN

Volume Title

Publisher

ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
Faculty of Arts, Maldives National University

Abstract

މި ދިރާސާއަކީ ދިވެހިބަހުގެ ގަވާއިދުގައި ބޭނުންކުރެވޭ "ހުރުން،އިނުން،އޮތުން" މި ލަފުޒުތައް ދިވެހިބަހުގެ އެކަށައަޅާފައިވާ ޤަވާއިދާއި އެއްގޮތަށް ރ. އަތޮޅު މަދަރުސާގެ 8،9،10 އަދި 12 ގެ ދަރިވަރުން ބޭނުންކުރޭތޯ ދެނެގަތުމަށް ކުރެވުނު ދިރާސާއެކެވެ. މީގެ އިތުރަށް މި ލަފުޒުތައް އެކަށައަޅާފައިވާ ގަވާއިދާއި އެއްގޮތަށް ބޭނުންކުރާނަމަ ކުރާ ގޮތާއި، މި ލަފުޒުތައް އެކަށައަޅާފައިވާ ގަވާއިދާއި ހިލާފަށް ބޭނުންކުރާނަމަ ދިމާވެދާނެ މައްސަލަތަކަކީ ނުވަތަ އަސަރުތަކަކީ ކޮބައިތޯ ބެލިފައިވާނެއެވެ. އެގޮތުން މި ލަފުޒުތައް ބޭނުންކުރާގޮތް ބެލުމަށްޓަކައި މި ދިރާސާއަމާޒުކުރެވުނީ މައިގަނޑު ދެ ދާއިރާއަކަށެވެ. އެއީ ރ. އަތޮޅު މަދަރުސާގެ ދަރިވަރުންނާއި އެ ސުކޫލުގެ މުދައްރިސުންނެވެ. އެގޮތުން ސުކޫލުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ސާރވޭ ފޯމެއްދީގެން އެދަރިވަރުން "ހުރުން،އިނުން،އޮތުން" މި ލަފުޒުތައް ދިވެހިބަހުގެ އެކަށައަޅާފައިވާ ގަވާއިދާ އެއްގޮތަށް ބޭނުންކުރަން އެނގޭތޯއާއި ދިވެހި ބަހުގެ އެކަށައަޅާފައިވާ ގަވާއިދާ ހިލާފަށް ބޭނުންކުރަމުންދާ މިންވަރު ބަލާފައިވާނެއެވެ. އެގޮތުން މި ކުރެވުނު ދިރާސާއިން އެކަށައަޅާފައިވާ ގަވާއިދުގައިވާ "ހުރުން، އިނުން، އޮތުން" ތަފާތު ގޮތްތަކަށް ބޭނުން ކުރަމުންދާ ކަމަށް ފާހަގަކުރެވުނެވެ. މި ދިރާސާ ހެދުމަށްޓަކައި މުދައްރިސުންނަށް ކުރެވުނު ސާރވޭއިން " ހުރުން،އިނުން،އޮތުން" މި ގަވާއިދަށް މުދައްރިސުން އަމަލުކުރަމުންދާގޮތް ނުވަތަ މި ގަވާއިދާއި މެދު އަމަލުކުރަމުންދާގޮތް ސާފުވެގެން ދިޔައެވެ. އަދި ހަމައެހެންމެ ސާރވޭ ފޯރމުތަކާއި އިންޓަރވިއުތަކުން ލިބުނު މައުލޫމާތުތަކުން "ހުރުން،އިނުން،އޮތުން" އެކަށައަޅާފައިވާ ގަވާއިދާ ހިލާފަށް ވަކި އުސޫލެއްނެތި ބޭނުންކުރުމުގެ ސަބަބުން ދިމާވެދާނެ މައްސަލަތައް ހޯދުނެވެ. އެގޮތުން ސާރވޭގައި ގިނަ ފަރާތަކުން ހާމަކޮށްފައިވަނީ އެކަށައަޅާފައިވާ ގަވާއިދާ ހިލާފަށް ވަކި އުސޫލެއްނެތި "ހުރުން،އިނުން،އޮތުން" ބޭނުންކުރުން އާއްމުވާން ދިމާވާ މައްސަލައަކީ ސުކޫލުތަކުގައި މިފަދަ ގަވާއިދުތަކާއި އެއްގޮތަށް ދިވެހި ބަސްކިޔަވައި ނުދެވުމެވެ. މުޅި ދިރާސާއިން ފާހަގަކުރެވުނީ ދިވެހި ބަހުގެ އެކަށައަޅާފައިވާ ގަވާއިދާއި އެއްގޮތަށް "ހުރުން، އިނުން، އޮތުން" ބޭނުންކުރުމުގައި މި މަދަރުސާގެ ހުރިހާ ގުރޭޑެއްގެ ދަރިވަރުންގެ ހިލާފުވާކަމެވެ.

Description

Keywords

Citation

އަޙުމަދު މުޙައްމަދު ވަހީދު. (2017). ދިވެހި ބަހުގެ ގަވާއިދުގައި ހިމެނޭ ހުރުން، އިނުން، އޮތުން ލިޔެކިޔުމުގައި ބޭނުންކުރެވެމުންދަނީ އެކަށައަޅާފައިވާ ޤަވާއިދާ އެއްގޮތަށް ހެއްޔެވެ؟. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.
Waheed, A. M. (2017). Dhivehibahuge qavaaidhugai himeney hurun, inun, othun liyekiyumugai beynun kurevemundhanee ekasha alhaafaivaa qavaaidhaai ehgothah heyyeve?. Male', Maldives National University.

Endorsement

Review

Supplemented By

Referenced By