ދިވެހިރާއްޖެ އިނގިރޭސީންގެ "ޚިމާޔަތުގެ ދަށަށް" ދިއުމަށް މުދުވެރިވީ ކޮން ސަބަބުތަކަކާ ހުރެ ހެއްޔެވެ؟
Loading...
Date
2010-11-01
Authors
Journal Title
Journal ISSN
Volume Title
Publisher
Faculty of Arts, Maldives College of Higher Education
ފެކަލްޓީ އޮފް އާޓްސް، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން
ފެކަލްޓީ އޮފް އާޓްސް، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން
Abstract
މި ދިރާސާއަކީ ދިވެހިރާއްޖެ އިނގިރޭސީންގެ ޙިމާޔަތުގެ ދަށަށް ދިއުމަށް މެދުވެރިވި ސަބަބުތަކެއް ހުރުމާއެކު އެސަބަބުތައް ހޯދުމަށް ކުރެވުނު ދިރާސާއެކެވެ. މިގޮތުން ފާހަގަކޮށްލެވޭ ސަބަބުތަކެއްވެއެވެ. މީގެތެރޭގައި ޖޯގުރަފިކަލް ގޮތުން ރާއްޖެއޮތް ސަރަހައްދުގެ އިތުރުން އިނގިރޭސީންގެ އުޅަނދުތައް ރާއްޖޭގެ ފަރުތަކަށް އުރި އަޑިއަށް ދިއުމާއި ރާއްޖޭގެ ގިރިފަރުތައް ހުރިނެތްގޮތް ބަލާ، ރާއްޖޭގެ ޗާޓުކުރެހުމުގެ އިތުރުން ބޯޓްދެލި ސްޓޭޝަނެއް ގާއިމްކުރަން އުޅުނު އުޅުމަކީވެސް ސަބަބުތަކެކެވެ. މީގެއިތުތުންވެސް އަތިރީގެ ޢާއިލާއާއި ކަކާގެ ޢާއިލާގެ ކޯޅުންގަނޑުތެރެއިން ރާއްޖޭގައި ވޯރާވިޔަފާރިވެރިން ވަޒަންވެރި ކުރުމާއި ބޮޑުންގެ ތެރޭގައި އޮތް އިޝްޤީލޯބީގެ ފިތުނައިގެ އިތުރުން ބޮޑުހުޅުގެ ހާދިސާ ހިމެނެއެވެ.
1887 ވަނަ އަހަރުގެ ޑިސެމްބަރ16 ގައި، އިނގިރޭސީންގެ ހިމާޔަތުގެ އެގްރިމެންޓުގައި ރާއްޖެއިން ސޮއިކުރަންޖެހުނީ އެދުވަސްވަރު ރާއްޖޭގެ ބޮޑުންގެ މެދުގައި އޮތް ސިޔާސީ، ދާޚިލީ ހަމަނުޖެހުމެއްގައި މާލޭގެ އެކި ހިސާބުގައި ހުޅުޖަހައި އެތައްބަޔަކަށް ގެއްލުންވެ، ދިވެހީންގެ ބަޔަކު އިނގިރޭސީންނަށް އެފުރުޞަތު ދިނުމާ ގުޅިގެންނެވެ. މިގޮތުން އަތިރީގޭ އާއިލާއާއި ކަކާގޭ ޢާއިލާގެ މެދުގައި ސިޔާސީ ފިތުނަވެރިކަން އުފެދި، ވެރިކަމުގެ ދަހިވެތިކަމުގައި އެއްބަޔަކު އަނެއްބަޔަކަށް ހަމަނުޖެހުން އުފައްދަމުން ގެންދިޔައެވެ. މިކަމުގެ އާޚިރު ނަތީޖާއެއްގެ ގޮތުން މާލޭގައި ދިގުދެމިގެންދިޔަ އަލިފާނުގެ ހާދިސާތައް ހިނގިއެވެ، އެންމެފަހުން މިކަމުގައި ދިވެހިރާއްޖެ ބޮޑުންތަކެއް ބެދި، އިނގިރޭސީންގެ ހިމާޔަތަށް އެދެންޖެހުނެވެ.
މި ދިރާސާއަކީ ކޮލިޓޭޓިވް ޕެރަޑައިމްގެ ދަށުން ހެދިފައިވާ ހިސްޓޯރިކަލް ރިސާރޗެކެވެ. މިދިރާސާކުރިއަށް ގެންދިއައީ ރާއްޖޭން ލިބެންހުރި ޑޮކިއުމެންޓުތަކުންނާއި ރާއްޖޭގައި ތިއްބެވި ތާރީޚީ ބޭބޭފުޅުންގެ އިންޓަރވިއުތަކުގެ އަލީގައެވެ.
Description
Keywords
ދިވެހިރާއްޖެ, ެ އިނގިރޭސީންގެ ޙިމާޔަތުގެ ދަށަށް, އިނގިރޭސީންގެ ހިމާޔަތުގެ އެގްރިމެންޓް, ް ސިޔާސީ، ދާޚިލީ ހަމަނުޖެހުން, ް މާލޭގައި ދިގުދެމިގެންދިޔަ އަލިފާނުގެ ހާދިސާތައް, ރާއްޖޭގައި ވޯރާވިޔަފާރިވެރިން ވަޒަންވެރިވުން
Citation
Nizar, D., (2010). Dhivehiraaje ingireyseenge "himaayathuge dhashah" dhiumah medhuverivee kon sababuthakakaa hure hehyeve?. Male', Maldives College of Higher Education.
ދީނާ ނިޒާރު. (2010). ދިވެހި ރާއްޖެ އިނގިރޭސީންގެ "ޚިމާޔަތުގެ ދަށަށް" ދިއުމަށް މުދުވެރިވީ ކޮން ސަބަބުތަކަކާ ހުރެ ހެއްޔެވެ؟. މާލެ، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން.
ދީނާ ނިޒާރު. (2010). ދިވެހި ރާއްޖެ އިނގިރޭސީންގެ "ޚިމާޔަތުގެ ދަށަށް" ދިއުމަށް މުދުވެރިވީ ކޮން ސަބަބުތަކަކާ ހުރެ ހެއްޔެވެ؟. މާލެ، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން.