Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/885
Title: ދިވެހިރާއްޖެ އިނގިރޭސީންގެ "ޚިމާޔަތުގެ ދަށަށް" ދިއުމަށް މުދުވެރިވީ ކޮން ސަބަބުތަކަކާ ހުރެ ހެއްޔެވެ؟
Other Titles: Dhivehiraaje ingireyseenge "himaayathuge dhashah" dhiumah medhuverivee kon sababuthakakaa hure hehyeve?
Authors: Nizar, Deena
ުދީނާ ނިޒާރ
Keywords: ދިވެހިރާއްޖެ
ެ އިނގިރޭސީންގެ ޙިމާޔަތުގެ ދަށަށް
އިނގިރޭސީންގެ ހިމާޔަތުގެ އެގްރިމެންޓް
ް ސިޔާސީ، ދާޚިލީ ހަމަނުޖެހުން
ް މާލޭގައި ދިގުދެމިގެންދިޔަ އަލިފާނުގެ ހާދިސާތައް
ރާއްޖޭގައި ވޯރާވިޔަފާރިވެރިން ވަޒަންވެރިވުން
Issue Date: 1-Nov-2010
Publisher: Faculty of Arts, Maldives College of Higher Education
ފެކަލްޓީ އޮފް އާޓްސް، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން
Citation: Nizar, D., (2010). Dhivehiraaje ingireyseenge "himaayathuge dhashah" dhiumah medhuverivee kon sababuthakakaa hure hehyeve?. Male', Maldives College of Higher Education.
ދީނާ ނިޒާރު. (2010). ދިވެހި ރާއްޖެ އިނގިރޭސީންގެ "ޚިމާޔަތުގެ ދަށަށް" ދިއުމަށް މުދުވެރިވީ ކޮން ސަބަބުތަކަކާ ހުރެ ހެއްޔެވެ؟. މާލެ، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން.
Abstract: މި ދިރާސާއަކީ ދިވެހިރާއްޖެ އިނގިރޭސީންގެ ޙިމާޔަތުގެ ދަށަށް ދިއުމަށް މެދުވެރިވި ސަބަބުތަކެއް ހުރުމާއެކު އެސަބަބުތައް ހޯދުމަށް ކުރެވުނު ދިރާސާއެކެވެ. މިގޮތުން ފާހަގަކޮށްލެވޭ ސަބަބުތަކެއްވެއެވެ. މީގެތެރޭގައި ޖޯގުރަފިކަލް ގޮތުން ރާއްޖެއޮތް ސަރަހައްދުގެ އިތުރުން އިނގިރޭސީންގެ އުޅަނދުތައް ރާއްޖޭގެ ފަރުތަކަށް އުރި އަޑިއަށް ދިއުމާއި ރާއްޖޭގެ ގިރިފަރުތައް ހުރިނެތްގޮތް ބަލާ، ރާއްޖޭގެ ޗާޓުކުރެހުމުގެ އިތުރުން ބޯޓްދެލި ސްޓޭޝަނެއް ގާއިމްކުރަން އުޅުނު އުޅުމަކީވެސް ސަބަބުތަކެކެވެ. މީގެއިތުތުންވެސް އަތިރީގެ ޢާއިލާއާއި ކަކާގެ ޢާއިލާގެ ކޯޅުންގަނޑުތެރެއިން ރާއްޖޭގައި ވޯރާވިޔަފާރިވެރިން ވަޒަންވެރި ކުރުމާއި ބޮޑުންގެ ތެރޭގައި އޮތް އިޝްޤީލޯބީގެ ފިތުނައިގެ އިތުރުން ބޮޑުހުޅުގެ ހާދިސާ ހިމެނެއެވެ. 1887 ވަނަ އަހަރުގެ ޑިސެމްބަރ16 ގައި، އިނގިރޭސީންގެ ހިމާޔަތުގެ އެގްރިމެންޓުގައި ރާއްޖެއިން ސޮއިކުރަންޖެހުނީ އެދުވަސްވަރު ރާއްޖޭގެ ބޮޑުންގެ މެދުގައި އޮތް ސިޔާސީ، ދާޚިލީ ހަމަނުޖެހުމެއްގައި މާލޭގެ އެކި ހިސާބުގައި ހުޅުޖަހައި އެތައްބަޔަކަށް ގެއްލުންވެ، ދިވެހީންގެ ބަޔަކު އިނގިރޭސީންނަށް އެފުރުޞަތު ދިނުމާ ގުޅިގެންނެވެ. މިގޮތުން އަތިރީގޭ އާއިލާއާއި ކަކާގޭ ޢާއިލާގެ މެދުގައި ސިޔާސީ ފިތުނަވެރިކަން އުފެދި، ވެރިކަމުގެ ދަހިވެތިކަމުގައި އެއްބަޔަކު އަނެއްބަޔަކަށް ހަމަނުޖެހުން އުފައްދަމުން ގެންދިޔައެވެ. މިކަމުގެ އާޚިރު ނަތީޖާއެއްގެ ގޮތުން މާލޭގައި ދިގުދެމިގެންދިޔަ އަލިފާނުގެ ހާދިސާތައް ހިނގިއެވެ، އެންމެފަހުން މިކަމުގައި ދިވެހިރާއްޖެ ބޮޑުންތަކެއް ބެދި، އިނގިރޭސީންގެ ހިމާޔަތަށް އެދެންޖެހުނެވެ. މި ދިރާސާއަކީ ކޮލިޓޭޓިވް ޕެރަޑައިމްގެ ދަށުން ހެދިފައިވާ ހިސްޓޯރިކަލް ރިސާރޗެކެވެ. މިދިރާސާކުރިއަށް ގެންދިއައީ ރާއްޖޭން ލިބެންހުރި ޑޮކިއުމެންޓުތަކުންނާއި ރާއްޖޭގައި ތިއްބެވި ތާރީޚީ ބޭބޭފުޅުންގެ އިންޓަރވިއުތަކުގެ އަލީގައެވެ.
URI: http://saruna.mnu.edu.mv/jspui/handle/123456789/885
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
Dheena Nizaar.pdf2.46 MBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.