ދިވެހިބަހުގެ ދަރަޖަތައް މިހާރު ބޭނުން ކުރަމުންދަނީ ކޮން އުޞޫލަކުން ހެއްޔެވެ؟

dc.contributor.authorއަޙުމަދު ސާމިރު
dc.contributor.authorSamir, Ahmed
dc.date.accessioned2018-03-29T06:26:28Z
dc.date.available2018-03-29T06:26:28Z
dc.date.issued2011-11-01
dc.description.abstractމި ދިރަސާގެ ބޭނުމަކީ ދިވެހިބަހުގެ ދަރަޖަތައް މިހާރު ބޭނުންކުރަމުން ގެންދަނީ ކޮން އުޞޫލަކުންތޯ ދެނެގަތުމެވެ. މި ކަންކަން ބެލުމަށް ބަހުގެ މާހިރުންގެ އިންޓަވިއުތަކާއި ސާރވޭއާއި އެކިދުވަސްވަރުގެ ފަތްތުށްތަކާއި ލިޔެފައިވާ ވާހަކަތަކުންނާއި ދޭދޭމީހުންގެ ވާހަކަދެއްކުންތަކަށް ބަލައި ބަހުގެދަރަޖަތައް ބޭނުންކޮށްފައިވަނީ ކޮން އުޞޫލަކުންތޯ ބަލައިލެވިފައިވާނެއެވެ. މި ދިރާސާ ކުރިޔަށް ގެންދިޔައީ ކޮލިޓޭޓިވް މެތަޑް ބޭނުންކޮށްގެންނެވެ. ކޮލިޓޭޓިވް މެތަޑް ބޭނުންކުރީ މި ދިރާސާގެ ބާވަތުން ހިސާބު އަދަދުތަކަށްވުރެ ބޮޑަށް އެހެނިހެން ގޮތްގޮތުން އެއްކޮށް ދެނެގަނެވޭ މަޢުލޫމާތު ތަޙުޤީޤީ ނަޒަރުން ބަލަން ޖެހޭތީއެވެ. މި ދިރާސާއިން އެކަށައަޅާފައިވާ ޤަވާޢިދުގައި ބުނެފައިވާ ބަހުގެދަރަޖަތައް ބޭނުންކުރުމުގެ ހަމަތަކުގެތެރޭގައި ހިމެނިފައިނުވާ ގޮތްގޮތަށްވެސް ބަހުގެދަރަޖަތައް ބޭނުންކުރަމުންދާކަން ފާހަގަކުރެވުނެވެ. އެގޮތުން ކުރީގެ ލިޔުންތަކާއި ލިޔެފައިވާ ވާހަކަތަކުގައި އަދި މިހާރު ލިޔެފައިވާ ވާހަކަތަކުގައިވެސް ބަހުގެދަރަޖަތައް ބަހުގެ ހަމަތަކާއި އެއްގޮތަށް ބޭނުންކޮށްފައިވި ކަމުގައި ވިޔަސް އޭގެ ފަހުން އައި ދުވަސްތަކުގައި (މިހާރުގެ) ފަތްތުށްތަކުގަޔާއި ވާހަކަ ދެއްކުންތަކުގައި ބަހުގެދަރަޖަތައް ބެނުންކޮށްފައި ހުރީ ދަރަޖަތައް އޮޅި މަސްހުނިވެފައިވާ ގޮތެއްގައެވެ. މި ދިރާސާގައި ކުރެވުނު ސާރވޭއިން އެކިއެކި ގިންތިތަކުގެ މީހުންނަށް ބަހުގެ ދަރަޖަތައް ބޭނުންކުރަން އެނގޭ މިންވަރު ހޯދިފައިވާނެއެވެ. އަދި އިންޓަވިޔުތަކުން ބަހުގެ ދަރަޖަތައް މިހާރު ބޭނުންކުރަމުންދަނީ ކޮން އުޞޫލަކުންކަމާއި ދަރަޖަތައް ގެއްލިއްޖެނަމަ ބަހަށް ކުރާ ނޭދެވޭ އަސަރުތަކަކީ ކޮބައިކަމާއި މީގެއިތުރުން ދަރަޖަތައް ގެއްލުނަ ނުދިނުމަށް ކުރެވިދާނެ ކަންތައްތައް ހޯދިފައިވަނެއެވެ. މުޅި ނަތީޖާއިން ފާހަގަކުރެވުނީ ދިވެހިބަހުގެ ދަރަޖަތައް ބެނުން ކުރަމުން ގެންދަނީ، މިހާރަކަށް އައިސް އެދަރަޖަތައް އޮޅުވާ މަސްހުނިކޮށް ބަހުގެ ދަރަޖަތަކާ ޚިލާފަށްކަމެވެ. އަދި މާތް ދަރަޖަ ދޫކޮށްލައިގެންނެވެ.en_US
dc.identifier.citationއަޙުމަދު ސާމިރު. (2011). ދިވެހިބަހުގެ ދަރަޖަތައް މިހާރު ބޭނުން ކުރަމުންދަނީ ކޮން އުޞޫލަކުން ހެއްޔެވެ؟. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.en_US
dc.identifier.citationSamir, A. (2017). Dhivehibahuge dharajathah mihaaru beynun kuramundhanee kon usoolakun heyyeve?. Male', Maldives National University.
dc.identifier.urihttp://saruna.mnu.edu.mv/jspui/handle/123456789/1354
dc.publisherފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީen_US
dc.publisherFaculty of Arts, Maldives National University
dc.titleދިވެހިބަހުގެ ދަރަޖަތައް މިހާރު ބޭނުން ކުރަމުންދަނީ ކޮން އުޞޫލަކުން ހެއްޔެވެ؟en_US
dc.title.alternativeDhivehibahuge dharajathah mihaaru beynun kuramundhanee kon usoolakun heyyeve?en_US
dc.typeThesisen_US

Files

Original bundle

Now showing 1 - 1 of 1
Thumbnail Image
Name:
Ahmed Samir.pdf
Size:
1.25 MB
Format:
Adobe Portable Document Format
Description:

License bundle

Now showing 1 - 1 of 1
No Thumbnail Available
Name:
license.txt
Size:
1.71 KB
Format:
Item-specific license agreed upon to submission
Description: