Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/906
Title: ދިވެހި ބަހުގައި ކަންއިތުރުގެ ތެރޭގައި "ކަން ނިސްބަތްވެވޭ ފަރާތް ބަޔާންކުރާ ކަންއިތުރު" ހިމެނޭ ހެއްޔެވެ.
Other Titles: Dhivehi bahugai kanithuruge thereygai kan nisbaiy vevey faraiy bayaankuraa kan ithuru himeney hehyeve.
Authors: Ali, Firag
ފިރާޤް ޢަލީ
Keywords: ކަންއިތުރު
ކަން ނިސްބަތްވެވޭ ފަރާތް
އަކުރު
ކަންއިތުރު އުފެދޭ ގޮތް
Issue Date: 1-Nov-2012
Publisher: Faculty of Arts, Maldives National University
ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
Citation: Ali, F. (2012). Dhivehi bahugai kanithuruge thereygai kan nisbaiy vevey faraiy bayaankuraa kan ithuru himeney hehyeve.. Male',. Maldives National University.
ފިރާޤް ޢަލީ . (2012). ދިވެހި ބަހުގައި ކަންއިތުރުގެ ތެރޭގައި "ކަން ނިސްބަތްވެވޭ ފަރާތް ބަޔާންކުރާ ކަންއިތުރު" ހިމެނޭ ހެއްޔެވެ. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.
Abstract: މި ދިރާސާއަކީ ދިވެހިބަހުގެ ޑިގްރީ ކޯހުގެ މާއްދާއެއްކަމަށްވާ ޑައިރެކްޓެޑް ރިސާރޗް (DHI307 ( ގެ ދަށުން އެކުލަވާލި ދިރާސާއެކެވެ. މި ދިރާސާއަކީ ދިވެހިބަހުގެ ޤަވަޢިދުގެ ފޮތްތަކުގައި، މިހާތަނަށް ބަޔާންކޮށްފައިނުވާ ބާވަތެއްގެ ކަންއިތުރެއްހުރިކަން ދެނެގަތުމަށް އެކުލަވައިލި ދިރާސާއެކެވެ. އެގޮތުން ދިރާސާގެ މައިގަނޑު އަމާޒަކީ"ކަން ނިސްބަތްވެވޭ ފަރާތް ބަޔާންކުރާ ކަންއިތުރު" ދިވެހިބަހުގައި ހުރިތޯ ބެލުމެވެ. މި ދިރާސާ ކުރުމުގެ ކުރިން ލިޓްރެޗަރ ރިވިއު ހެދީމެވެ. ކަންއިތުރާއި އޭގެ ބާވަތްތަކާއި، ކަންއިތުރު އުފެދޭ ގޮތާއި އޭގެ ސިފަތައް، ޤަވަޢިދު ފޮތްތަކުގެ އެހީގައި އެކުލަވައިލީމެވެ. މި ދިރާސާ ކުރީ ކޮލިޓޭޓިވް މެތަޑުގެ ދަށުން ކޮންޑަކްޓިވް އެޕްރޯޗް ބޭނުންކޮށްގެނެވެ. އަދި ދިރާސާގައި ސާމްޕަލް ނެގުމަށް ޓަކައި ޚިޔާރުކޮށްފައިވަނީ ޕަރޕޯސިވް ސާމްޕަލިންގް އެކެވެ. އެގޮތުން ދިވެހިބަހުން ލިޔެ ޗާޕްކޮށް ޝާއިޢުކޮށްފައިވާ 11 ފޮތަކުން 10 ލިޔުންތެރިއެއްގެ 30 ޖުމުލަ ނެގުނެވެ. މިޖުމުލަތައް ނަގާފައިވާނީ ދިވެހިބަހަށް ކުޅަދާނަ، ޤާބިލް ބޭފުޅުން ލިޔުއްވާފައިވާ ފޮތްތަކުންނެވެ. ސާމްޕަލްގެ ގޮތުގައި ނެގި ޖުމުލަތައް ތަހުލީލުކުރެވުނީ ޖުމުލަތަކުގެ ގަސްހޫލައިގެ އެހީގައެވެ. އަދި ޖުމުލަތަކުގެ ވަކިވަކި ލަފުޒުން އަދާކުރާ ދައުރު ދެނެގަނެވުނީ މި ގަސްހޫލައިގެ އެހީގައެވެ. ހަމައެހެންމެ ޖުމުލައިގައި ލަފުޒު އަދާކުރާ ދައުރަށް ބަލައިގެން، "ކަން ނިސްބަތްވެވޭ ފަރާތް ބަޔާންކުރާ ކަންއިތުރު" ހުރިތޯ ބެލިގެން ދިޔައެވެ. މި ދިރާސާއިން ހާމަވިގޮތުގައި "ކަން ނިސްބަތްވެވޭ ފަރާތް ބަޔާންކުރާ ކަންއިތުރު" ދިވެހިބަހުގައި ހުރެއެވެ. މި ބާވަތުގެ ކަންއިތުރު އުފެދިފައި ހުންނަނީ "ނަން" އާއި "އަކުރު" ގުޅިގެން އެއްލަފުޒެއްގެ ގޮތުގައެވެ. އަދި މި ވައްތަރުގެ ކަންއިތުރު އަންނަނީ "ވަންހަނާކަން" އެކުލެވިފައި ހުންނަ ޖުމުލައިގައެވެ. ހަމައެހެންމެ މީގެ ކަންއިތުރު، ޖުމުލައިގެ"ކަން" ގެ ކުރިއަށާއި ފަހަތަށް ގެނެވިފައި ހުންނަކަން ފާހަގަކުރެވުނެވެ. އަދި މި ބާވަތުގެ ކަންއިތުރު ޖުމުލައިގެ ތެރޭގައި ހަޒުފުވެފައި ނުވަތަ ފާޅުނުވާ ގޮތަށްވެސް ގެނެސްފައި ހުންނާތީ ފެނުނެވެ.
URI: http://saruna.mnu.edu.mv/jspui/handle/123456789/906
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
FIRAG ALI.pdf457.72 kBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.