ކުދިން ދިވެހި ވެށްޓަށް ހޭލުންތެރިކުރުވުމަށްޓަކައި ގްރޭޑް 5 ގެ އީ.އެސް މާދަރީބަހުން ކިޔަވައިދިނުން މުހިއްމުހެއްޔެވެ؟

Loading...
Thumbnail Image

Date

2011-11-01

Journal Title

Journal ISSN

Volume Title

Publisher

Faculty of Arts, Maldives College of Higher Education
ފެކަލްޓީ އޮފް އާޓްސް، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން

Abstract

މި ދިރާސާއަކީ ރާއްޖޭގެ ސްކޫލްތަކުގެ ގްރޭޑް 5 ގައި ކިޔަވާކުދިން މިހާރު ދިވެހި ވެށްޓަށް ހޭލުންތެރިވަމުން ނުދާކަމަށް ފާހަގަވަމުން އަންނާތީ، އެކަމުގެ ސަބަބުތައް ހޯދުމަށް ކުރެވުނު ދިރާސާއެކެވެ. އެގޮތުން ފާހަގަކުރެވުނީ އީ.އެސް ފޮތުގައި ދިވެހި ވެށްޓާ މާބޮޑު ގުޅުމެއްނެތް މަޢުލޫމާތު ހުރިކަމާއި، ފޮތުގައި ހުރި މަޢުލޫމާތުވެސް މަދުކަމާއި، ބައެއް ސްކޫލް ތަކުގައި އެކަށީގެންވާ މިންވަރަށް ފިލާވަޅަށް ތައްޔާރުނުވާކަމާއި، ފޮތް ޤަވާޢިދުން އިސްލާޙު ވަމުން ނުދާކަމެވެ. ޓީޗަރުން ކިޔަވައިދިނުމުގައި ކުދިން ޝައުޤުވެރިވާގޮތަށް ފިލާވަޅުތައް ތައްޔާރުނުކުރުމާއި ކުދިންނަށް ފިލާވަޅާއި ގުޅިގެން އިތުރު މަޢުލޫމާތު ނުދޭކަމާއި އަދި ބެލެނިވެރިންވެސް އެމީހުންގެ ޒިންމާތައް ފުރިހަމައަށް ނުނަގާކަންވެސް ފާހަގަކުރެވުނެވެ. ބެލެނިވެރިޔާގެ އެހީތެރިކާމާއެކު ކުދިން އަމިއްލައަށް އިތުރުމަޢުލޫމާތު ހޯދައި މުޠާލިޔާ ކުރޭތޯ ނުބަލާކަންވެސް ހޯދުނެވެ. އީ.އެސް ފޮތުގައި މަޢުލޫމާތު ހިމަނާފައިވާއިރު، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ވެށީގެ މަޢުލޫމާތު މަސްހުނިކޮށް ހުރިކަން ފާހަގަކުރެވުނެވެ. މިހެން ވުމުން ކުދިންނަށް ދަސްކުރުމުގައި ދަތިތަކަކާ ކުރިމަތިލާންޖެހޭކަން ފާހަގަކުރެވުނެވެ. ރާއްޖޭގެ ވެށީގެ މަޢުލޫމާތުވެސް ހުރީ ކުޑަމިންވަރަކަށްކަން ފާހަގަކުރެވުނެވެ. އަދި ޓެކްނޮލޮޖީގެ ރޮނގުންނާއި އެހެނިހެން ރޮނގުރޮނގުން ރާއްޖެއަށް ބޮޑެތި ކުރިއެރުންތަކެއް އަންނައިރު، އެކުރިއެރުންތަކާ އެއްވަރަށް އީ.އެސް ފޮތް އިސްލާހު ނުކުރެވުމެވެ. އަދި ކަރިކިއުލަމް ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުން ފޮތް އިސްލާހުނުކުރާކަމާއި، އެ ބޭފުޅުންގެ މަސްއޫލިއްޔަތާއި ޒިންމާ އެންމެ ފުރިހަމަ ގޮތުގައި އަދާނުކުރެވޭކަންވެސް ފާހަގަކުރެވިނެވެ.

Description

Keywords

ރާއްޖޭގެ ސްކޫލްތައް, ދިވެހި ވެށްޓަށް ހޭލުންތެރިކުރުވުން, ޓީޗަރުން ކިޔަވައިދިނުން, ރާއްޖެއާއި ރާއްޖެއިން ބޭރުގެ ވެށީގެ މަޢުލޫމާތު, މާދަރީބަހުން ކިޔަވައިދިނުން, މާދަރީބަސް, Schools of Maldives, awareness of the environment, school education, teaching in schools, mother language, teaching in mother tongue

Citation

Shaahid, A., (2011). Kudhin dhivehi vehtah heyluntherikuruvumahtakai greydu 5 ge ee. es. maadhareebahun kiyavaidhinun muhinmuhehyeve?. Male', Maldives College of Higher Education.
ޝާހިދު ޢަބްދުﷲ. (2011). ކުދިން ދިވެހި ވެށްޓަށް ހޭލުންތެރިކުރުވުމަށްޓަކައި ގްރޭޑް 5 ގެ އީ.އެސް މާދަރީބަހުން ކިޔަވައިދިނުން މުހިއްމުހެއްޔެވެ؟. މާލެ، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން.

Endorsement

Review

Supplemented By

Referenced By