ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ އުވިދިޔުމުގައި ރައީސްގެ ދައުރަކީކޮބާ؟

Loading...
Thumbnail Image

Date

2015-11-01

Journal Title

Journal ISSN

Volume Title

Publisher

ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
Faculty of Arts, Maldives National University

Abstract

ދިވެހިރާއްޖޭގައި މީހުން ވަޒަންވެރިވެ އުޅޭތާ 2500 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާކަމަށް ދިވެހި ތާރީޚު ދިރާސާކުރައްވާ ގިނަ މުއައްރިޚުން ހާމަކުރައްވައެވެ. ނަމަވެސް ދިވެހި ތާރީޚާއި ބެހޭގޮތުން ހުރި މަޢުލޫމާތުގެ މަދުކަން ފާހަގަކޮށްލެވެއެވެ. ގިނަ ލިޔުންތަކަކީ ދޫދޫމަތިން ދެކެވިފައިހުރި ވާހަކަތަކަކަށްވުމުގެ އިތުރުން ދިވެހި ތާރީޚާއި ބެހޭގޮތުން ދިވެހިންކޮށްފައިވާ ދިރާސާތައް މަދުކަން ވެސް ފާހަގަކޮށްލެވެއެވެ. މިހެންވުމުގެ ސަބަބުން ދިވެހި ތާރީޚާއި ބެހޭގޮތުން ފޮތްތަކުގައި ޝާއިޢުކޮށްފައި ހުންނަ ވާހަކަތަކުގެ ތެދުކަމާމެދު ޝައްކުވާފަހަރު އާދެއެވެ. އެހެންކަމުން މިދިރާސާ ޚާއްޞަކޮށްފައިވާނީ ފުރަތަމަ ޖުމްހޫރިއްޔާ އުވިދިޔުމުގައި އޭރު ހުންނެވި ރައީސްގެ ދައުރެއްވޭތޯ އާއި އަދި އެދައުރަކީ ނުވަތަ ދައުރުތަކަކީ ކޮބައިތޯ ބެލުމަށެވެ. މިދިރާސާއަކީ ކޮލިޓޭޓިވް ޑިޒައިންގެ ދަށުން ޑިސްކްރިޕްޓިވްކޮށް ހަދާ ދިރާސާއެކެވެ. ސަބަބަކީ މިދިރާސާ ހަދާނީ ޑޮކިއުމެންޓް ތަކުންނާއި މީހުންނާކުރެވޭ އިންޓަވިއު އެނަލައިޒުކޮށްގެން ލިބޭ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، މަޢުލޫމާތުން ހުށަހަޅާ ދިރާސާއަކަށްވާތީއެވެ. އެގޮތުން މިދިރާސާހެދުމަށް ޓަކައި ޑާޓާ އެއްކޮށްފައިވާނީ ފުރަތަމަ ޖުމްހޫރިއްޔާގެ ޤާނޫން އަސާސީއާއި އެދުވަސްވަރުގެ ތަންފީޒުކޮށްފައިވާ ޤާނޫނުތަކުގެ އިތުރުން، އެދުވަސްވަރު ނުކުތް ނޫހެއްކަމުގައިވާ "ސަރުކާރުގެ ޚަބަރު"ންނާއި، އެދުވަސްވަރުގައި ސަރުކާރުގެ އިސްމަޤާމުތަކުގައި އުޅުއްވި ބައެއް ބޭފުޅުންނާއި އަދި އެ ދުވަސްވަރުގެ ކަންތައްތައް ހިނގާދިޔަގޮތް ފެނިވަޑައިގެންފައިވާ ބޭފުޅުންގެ ތެރެއިން ހަތަރު ބޭފުޅުން ދެއްވި އިންޓަވިއުއިން ލިބުނު މަޢުލޫމާތުންނެވެ. ވިމާ ފުރަތަމަޖުމްހޫރިއްޔާ އުވިދިޔުމުގައި ރައީސްގެ ދައުރުވާކަން މިދިރާސާގެ އަލީގައި ހާމަވެގެން ދިޔައެވެ. އެގޮތުން އެދުވަސްވަރު ވެރިކަމުގެ ތެރޭގައި އޮތް ސިޔާސީ ހަމނުޖެހުންތަކުގައި ރައީސްގެ ދައުރު ނުވަތަ ރޯލް ކޮންމެ ވެސް މިންވަރަކަށް ހާމަވެގެންދިޔައެވެ. އަދި ޤައުމުގެ އިޤުތިޞާދީ ޙާލަތުދަށްވެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ދަށްވެގެން ދިޔުމުގައްޔާއި، ދައުލަތުގެ އެތެރޭގައި ހިނގައިދިޔަ ބައެއް ކަންތައްތަކުގައި ހިނގާފައިވާ ކޮރޮޕްޝަނުގެ ކަންތައްތަކުގެ އިތުރުން އެދުވަސްވަރު ޘަޤާފީ ގޮތުންނާއި އިޖުތިމާޢީ ގޮތުން އަދި ޤައުމުގެ ޢަދުލު އިންސާފަށް އައި ބަދަލުތަކުގައި ރައީސްގެ ވަރަށްބޮޑު ރޯލެއް ނުވަތަ ދައުރެއް ވާކަން ފާހަގަވެގެންދިޔައެވެ.

Description

Keywords

ފުރަތަމަ ޖުމްހޫރިއްޔާ އުވިދިޔު, ފުރަތަމަޖުމްހޫރިއްޔާ އުވިދިޔުން, ސިޔާސީ ހަމނުޖެހުން, ކޮރޮޕްޝަން, ޤައުމުގެ ޢަދުލު އިންސާފަށް އައި ބަދަލުތައް

Citation

ޝަބީނާ އަޙުމަދު. (2015). ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ އުވިދިޔުމުގައި ރައީސްގެ ދައުރަކީކޮބާ؟. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.
Ahmed, S. (2015). Dhivehiraajjeyge furathama jumhooriyyaa uvidhiyumugai raeesge dhaurakee kobaa?. Male', Maldives National University.

Endorsement

Review

Supplemented By

Referenced By