Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/1019
Title: ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ އުވިދިޔުމުގައި ރައީސްގެ ދައުރަކީކޮބާ؟
Other Titles: Dhivehiraajjeyge furathama jumhooriyyaa uvidhiyumugai raeesge dhaurakee kobaa?
Authors: ޝަބީނާ އަޙުމަދު
Ahmed, Shabeena
Keywords: ފުރަތަމަ ޖުމްހޫރިއްޔާ އުވިދިޔު
ފުރަތަމަޖުމްހޫރިއްޔާ އުވިދިޔުން
ސިޔާސީ ހަމނުޖެހުން
ކޮރޮޕްޝަން
ޤައުމުގެ ޢަދުލު އިންސާފަށް އައި ބަދަލުތައް
Issue Date: 1-Nov-2015
Publisher: ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
Faculty of Arts, Maldives National University
Citation: ޝަބީނާ އަޙުމަދު. (2015). ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ އުވިދިޔުމުގައި ރައީސްގެ ދައުރަކީކޮބާ؟. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.
Ahmed, S. (2015). Dhivehiraajjeyge furathama jumhooriyyaa uvidhiyumugai raeesge dhaurakee kobaa?. Male', Maldives National University.
Abstract: ދިވެހިރާއްޖޭގައި މީހުން ވަޒަންވެރިވެ އުޅޭތާ 2500 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާކަމަށް ދިވެހި ތާރީޚު ދިރާސާކުރައްވާ ގިނަ މުއައްރިޚުން ހާމަކުރައްވައެވެ. ނަމަވެސް ދިވެހި ތާރީޚާއި ބެހޭގޮތުން ހުރި މަޢުލޫމާތުގެ މަދުކަން ފާހަގަކޮށްލެވެއެވެ. ގިނަ ލިޔުންތަކަކީ ދޫދޫމަތިން ދެކެވިފައިހުރި ވާހަކަތަކަކަށްވުމުގެ އިތުރުން ދިވެހި ތާރީޚާއި ބެހޭގޮތުން ދިވެހިންކޮށްފައިވާ ދިރާސާތައް މަދުކަން ވެސް ފާހަގަކޮށްލެވެއެވެ. މިހެންވުމުގެ ސަބަބުން ދިވެހި ތާރީޚާއި ބެހޭގޮތުން ފޮތްތަކުގައި ޝާއިޢުކޮށްފައި ހުންނަ ވާހަކަތަކުގެ ތެދުކަމާމެދު ޝައްކުވާފަހަރު އާދެއެވެ. އެހެންކަމުން މިދިރާސާ ޚާއްޞަކޮށްފައިވާނީ ފުރަތަމަ ޖުމްހޫރިއްޔާ އުވިދިޔުމުގައި އޭރު ހުންނެވި ރައީސްގެ ދައުރެއްވޭތޯ އާއި އަދި އެދައުރަކީ ނުވަތަ ދައުރުތަކަކީ ކޮބައިތޯ ބެލުމަށެވެ. މިދިރާސާއަކީ ކޮލިޓޭޓިވް ޑިޒައިންގެ ދަށުން ޑިސްކްރިޕްޓިވްކޮށް ހަދާ ދިރާސާއެކެވެ. ސަބަބަކީ މިދިރާސާ ހަދާނީ ޑޮކިއުމެންޓް ތަކުންނާއި މީހުންނާކުރެވޭ އިންޓަވިއު އެނަލައިޒުކޮށްގެން ލިބޭ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، މަޢުލޫމާތުން ހުށަހަޅާ ދިރާސާއަކަށްވާތީއެވެ. އެގޮތުން މިދިރާސާހެދުމަށް ޓަކައި ޑާޓާ އެއްކޮށްފައިވާނީ ފުރަތަމަ ޖުމްހޫރިއްޔާގެ ޤާނޫން އަސާސީއާއި އެދުވަސްވަރުގެ ތަންފީޒުކޮށްފައިވާ ޤާނޫނުތަކުގެ އިތުރުން، އެދުވަސްވަރު ނުކުތް ނޫހެއްކަމުގައިވާ "ސަރުކާރުގެ ޚަބަރު"ންނާއި، އެދުވަސްވަރުގައި ސަރުކާރުގެ އިސްމަޤާމުތަކުގައި އުޅުއްވި ބައެއް ބޭފުޅުންނާއި އަދި އެ ދުވަސްވަރުގެ ކަންތައްތައް ހިނގާދިޔަގޮތް ފެނިވަޑައިގެންފައިވާ ބޭފުޅުންގެ ތެރެއިން ހަތަރު ބޭފުޅުން ދެއްވި އިންޓަވިއުއިން ލިބުނު މަޢުލޫމާތުންނެވެ. ވިމާ ފުރަތަމަޖުމްހޫރިއްޔާ އުވިދިޔުމުގައި ރައީސްގެ ދައުރުވާކަން މިދިރާސާގެ އަލީގައި ހާމަވެގެން ދިޔައެވެ. އެގޮތުން އެދުވަސްވަރު ވެރިކަމުގެ ތެރޭގައި އޮތް ސިޔާސީ ހަމނުޖެހުންތަކުގައި ރައީސްގެ ދައުރު ނުވަތަ ރޯލް ކޮންމެ ވެސް މިންވަރަކަށް ހާމަވެގެންދިޔައެވެ. އަދި ޤައުމުގެ އިޤުތިޞާދީ ޙާލަތުދަށްވެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ދަށްވެގެން ދިޔުމުގައްޔާއި، ދައުލަތުގެ އެތެރޭގައި ހިނގައިދިޔަ ބައެއް ކަންތައްތަކުގައި ހިނގާފައިވާ ކޮރޮޕްޝަނުގެ ކަންތައްތަކުގެ އިތުރުން އެދުވަސްވަރު ޘަޤާފީ ގޮތުންނާއި އިޖުތިމާޢީ ގޮތުން އަދި ޤައުމުގެ ޢަދުލު އިންސާފަށް އައި ބަދަލުތަކުގައި ރައީސްގެ ވަރަށްބޮޑު ރޯލެއް ނުވަތަ ދައުރެއް ވާކަން ފާހަގަވެގެންދިޔައެވެ.
URI: http://saruna.mnu.edu.mv/jspui/handle/123456789/1019
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
Shabeena Ahmed.pdf968.15 kBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.