ފާއިތުވި ބައި ޤަރުނު (50 އަހަރު)ގައި މާބައިދޫގެ ތަޢުލީމަށް އައިސްފައިވާ ބަދަލުތަކަކީ ކޮބާހެއްޔެވެ؟
Loading...
Date
2015-11-01
Authors
Journal Title
Journal ISSN
Volume Title
Publisher
Faculty of Arts, Maldives National University
ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
Abstract
ފާއިތުވި ބައި ޤަރުނުގައި މާބައިދޫގެ ތަޢުލީމަށް އައިސްފައިވާ ބަދަލުތަކަކީ ކޮބައިކަން ދެނެގަތުމުގެ ގޮތުން ހެދިފައިވާ މިދިރާސާގައި ބަލައި ހޯދިފައިވަނީ 1965 ވަނަ އަހަރުގެ ކުރިން މާބައިދޫގެ ތައުލީމީ ޙާލަތު އޮތްގޮތާއި، އެއަށްފަހު ރަށުގެ ތަޢުލީމަށް އައިސްފައިވާ ބަދަލުތަކެވެ. މި ދިރާސާއަކީ ކޮއަލަޓޭޓިވް އަދި ކުއެންޓިޓޭޓިވް ޑާޓާތަކެއްގެ މައްޗަށް ބިނާކޮށް ކުރެވުނު ދިރާސާއަކަށްވާތީ، މިއީ މިކްސްޑް އެޕްރޯޗް ޕެރަޑައިމްގެ ދަށުން ހެދިފައިވާ ދިރާސާއެކެވެ.
މި ދިރާސާ މައިގަނޑު ގޮތެއްގައި ބިނާކުރެވުނީ، ދިރާސާ އަމާޒުކޮށްފައިވާ އާބާދީ ކަމުގައިވާ ހައްދުންމަތީ މާބައިދޫއިން ދިރާސާކުރެވޭ މައުޟޫއާ ގުޅުންހުރި ފަރާތްތަކާއި އިންޓަވިއު ކޮށްގެންނާއި، ކުއެސްޗަނިޔަރއާއި، ސާވޭ ފޯރމް ފުރުވައިގެން އަދި ގުޅުންހުރި ލިޔެކިޔުންތައް އެނަލައިސް ކޮށްގެންނާއި، އެފަދަ ތަންތަން އޮބްޒާރވް ކޮށްގެން ލިބުނު މަޢުލޫމާތުގެ މައްޗަށެވެ. އެހެންކަމުން މިއީ އިންޑަކްޓިވް އެޕްރޯޗެއްގެ މައްޗަށް ބިނާކޮށް ހެދުނު ދިރާސާ އެކެވެ.
ފާއިތުވި ބައި ޤަރުނުގައި މާބައިދޫގެ ތައުލީމަށް އައިސްފައިވާ ބަދަލުތަކަކީ ކޮބާތޯ ދެނެގަތުމުގެ މަޤްޞަދުގައި ކުރެވުނު މިދިރާސާއިން އެމުއްދަތުގައި މާބައިދޫގެ ތަޢުލީމަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން އެނގިފައިވެއެވެ. އެގޮތުން މިދިރާސާގައި ކުރެވުނު އިންޓަވިއުތަކުންނާއި، ސާވޭގެ އިތުރުން އެނަލައިޒްކުރެވުނު ޑޮކިއުމެންޓްތަކާއި އޮބްޒާރވް ކުރެވުނު ތަންތަނުން ފާއިތުވި 50 އަހަރު ދުވަހުގެ ތެރޭގައި މާބައިދޫގައި ތަޢުލީމު ދެވިފައިވާ ތަންތަނަށާއި، ޢިލްމު އުނގެނުން ފަށާ އަދި ނިންމާ ޢުމުރުފުރައާއި، ކިޔަވައިދެވުނު މާއްދާތަކަށް ބަދަލު އައިސްފައިވާކަން އެނގިފައިވެއެވެ. މީގެއިތުރުން މާބައިދޫގައި ތިބެގެން ދަރިންނަށް ތަޢުލީމު ދިނުމަށް ހުޅުވިފައިވާ ފުރުޞަތުތަކުގެ އިތުރުން މާބައިދޫގައި ތައުލީމު ދިނުމަށް ބޭނުންކުރި ވަޞީލަތްތަކަށް ވެސް ބޮޑެތި ބަދަލުތައް އައިސްފައިވާކަން މިދިރާސާއިން ވަނީ ހޯދިފައެވެ.
Description
Keywords
ފާއިތުވި ބައި ޤަރުނު, 50 އަހަރު, މާބައިދޫގެ ތަޢުލީމް, ބަދަލުތައް, ތަޢުލީމު ދިނުމަށް ހުޅުވިފައިވާ ފުރުޞަތު
Citation
Firag, A. (2015). Faaithuvi baigarunu (50 aharu) gai Maabaidhooge thauleemah aisfaivaa badhaluthakakee kobaihehyeve?. Male', Maldives National University.
އަޙުމަދު ފިރާޤް. (2015). ފާއިތުވި ބައި ޤަރުނު (50 އަހަރު)ގައި މާބައިދޫގެ ތަޢުލީމަށް އައިސްފައިވާ ބަދަލުތަކަކީ ކޮބާހެއްޔެވެ؟. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.
އަޙުމަދު ފިރާޤް. (2015). ފާއިތުވި ބައި ޤަރުނު (50 އަހަރު)ގައި މާބައިދޫގެ ތަޢުލީމަށް އައިސްފައިވާ ބަދަލުތަކަކީ ކޮބާހެއްޔެވެ؟. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.