ފާއިތުވި ބައި ޤަރުނު (50 އަހަރު)ގައި މާބައިދޫގެ ތަޢުލީމަށް އައިސްފައިވާ ބަދަލުތަކަކީ ކޮބާހެއްޔެވެ؟

dc.contributor.authorFirag, Ahmed
dc.contributor.authorއަޙުމަދު ފިރާޤް
dc.date.accessioned2018-03-23T09:00:30Z
dc.date.available2018-03-23T09:00:30Z
dc.date.issued2015-11-01
dc.description.abstractފާއިތުވި ބައި ޤަރުނުގައި މާބައިދޫގެ ތަޢުލީމަށް އައިސްފައިވާ ބަދަލުތަކަކީ ކޮބައިކަން ދެނެގަތުމުގެ ގޮތުން ހެދިފައިވާ މިދިރާސާގައި ބަލައި ހޯދިފައިވަނީ 1965 ވަނަ އަހަރުގެ ކުރިން މާބައިދޫގެ ތައުލީމީ ޙާލަތު އޮތްގޮތާއި، އެއަށްފަހު ރަށުގެ ތަޢުލީމަށް އައިސްފައިވާ ބަދަލުތަކެވެ. މި ދިރާސާއަކީ ކޮއަލަޓޭޓިވް އަދި ކުއެންޓިޓޭޓިވް ޑާޓާތަކެއްގެ މައްޗަށް ބިނާކޮށް ކުރެވުނު ދިރާސާއަކަށްވާތީ، މިއީ މިކްސްޑް އެޕްރޯޗް ޕެރަޑައިމްގެ ދަށުން ހެދިފައިވާ ދިރާސާއެކެވެ. މި ދިރާސާ މައިގަނޑު ގޮތެއްގައި ބިނާކުރެވުނީ، ދިރާސާ އަމާޒުކޮށްފައިވާ އާބާދީ ކަމުގައިވާ ހައްދުންމަތީ މާބައިދޫއިން ދިރާސާކުރެވޭ މައުޟޫއާ ގުޅުންހުރި ފަރާތްތަކާއި އިންޓަވިއު ކޮށްގެންނާއި، ކުއެސްޗަނިޔަރއާއި، ސާވޭ ފޯރމް ފުރުވައިގެން އަދި ގުޅުންހުރި ލިޔެކިޔުންތައް އެނަލައިސް ކޮށްގެންނާއި، އެފަދަ ތަންތަން އޮބްޒާރވް ކޮށްގެން ލިބުނު މަޢުލޫމާތުގެ މައްޗަށެވެ. އެހެންކަމުން މިއީ އިންޑަކްޓިވް އެޕްރޯޗެއްގެ މައްޗަށް ބިނާކޮށް ހެދުނު ދިރާސާ އެކެވެ. ފާއިތުވި ބައި ޤަރުނުގައި މާބައިދޫގެ ތައުލީމަށް އައިސްފައިވާ ބަދަލުތަކަކީ ކޮބާތޯ ދެނެގަތުމުގެ މަޤްޞަދުގައި ކުރެވުނު މިދިރާސާއިން އެމުއްދަތުގައި މާބައިދޫގެ ތަޢުލީމަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން އެނގިފައިވެއެވެ. އެގޮތުން މިދިރާސާގައި ކުރެވުނު އިންޓަވިއުތަކުންނާއި، ސާވޭގެ އިތުރުން އެނަލައިޒްކުރެވުނު ޑޮކިއުމެންޓްތަކާއި އޮބްޒާރވް ކުރެވުނު ތަންތަނުން ފާއިތުވި 50 އަހަރު ދުވަހުގެ ތެރޭގައި މާބައިދޫގައި ތަޢުލީމު ދެވިފައިވާ ތަންތަނަށާއި، ޢިލްމު އުނގެނުން ފަށާ އަދި ނިންމާ ޢުމުރުފުރައާއި، ކިޔަވައިދެވުނު މާއްދާތަކަށް ބަދަލު އައިސްފައިވާކަން އެނގިފައިވެއެވެ. މީގެއިތުރުން މާބައިދޫގައި ތިބެގެން ދަރިންނަށް ތަޢުލީމު ދިނުމަށް ހުޅުވިފައިވާ ފުރުޞަތުތަކުގެ އިތުރުން މާބައިދޫގައި ތައުލީމު ދިނުމަށް ބޭނުންކުރި ވަޞީލަތްތަކަށް ވެސް ބޮޑެތި ބަދަލުތައް އައިސްފައިވާކަން މިދިރާސާއިން ވަނީ ހޯދިފައެވެ.en_US
dc.identifier.citationFirag, A. (2015). Faaithuvi baigarunu (50 aharu) gai Maabaidhooge thauleemah aisfaivaa badhaluthakakee kobaihehyeve?. Male', Maldives National University.en_US
dc.identifier.citationއަޙުމަދު ފިރާޤް. (2015). ފާއިތުވި ބައި ޤަރުނު (50 އަހަރު)ގައި މާބައިދޫގެ ތަޢުލީމަށް އައިސްފައިވާ ބަދަލުތަކަކީ ކޮބާހެއްޔެވެ؟. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.
dc.identifier.urihttp://saruna.mnu.edu.mv/jspui/handle/123456789/1098
dc.publisherFaculty of Arts, Maldives National Universityen_US
dc.publisherފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
dc.subjectފާއިތުވި ބައި ޤަރުނުen_US
dc.subject50 އަހަރުen_US
dc.subjectމާބައިދޫގެ ތަޢުލީމްen_US
dc.subjectބަދަލުތައްen_US
dc.subjectތަޢުލީމު ދިނުމަށް ހުޅުވިފައިވާ ފުރުޞަތުen_US
dc.titleފާއިތުވި ބައި ޤަރުނު (50 އަހަރު)ގައި މާބައިދޫގެ ތަޢުލީމަށް އައިސްފައިވާ ބަދަލުތަކަކީ ކޮބާހެއްޔެވެ؟en_US
dc.title.alternativeFaaithuvi baigarunu (50 aharu) gai Maabaidhooge thauleemah aisfaivaa badhaluthakakee kobaihehyeve?en_US
dc.typeThesisen_US

Files

Original bundle

Now showing 1 - 1 of 1
Thumbnail Image
Name:
Thesis Fainal.pdf
Size:
1005.97 KB
Format:
Adobe Portable Document Format
Description:

License bundle

Now showing 1 - 1 of 1
No Thumbnail Available
Name:
license.txt
Size:
1.71 KB
Format:
Item-specific license agreed upon to submission
Description: