މާލޭގެ މަތީ ސާނަވީ ސުކޫލްތަކުގެ ދަރިވަރުން، ސުކުން ބޭނުންކުރަނީ ދިވެހިބަހުގެ އެކަށައަޅާފައިވާ ޤަވާއިދާ އެއްގޮތަށްހެއްޔެވެ؟

dc.contributor.authorAhmed, Mohamed Fauzan
dc.contributor.authorމުޙައްމަދު ފައުޒާން އަޙުމަދު
dc.date.accessioned2018-03-15T12:15:50Z
dc.date.available2018-03-15T12:15:50Z
dc.date.issued2011-11-01
dc.description.abstractމިއީ ދިވެހިބަހުގެ ޑިގްރީ ކޯހުގެ ފަހު ސެމިސްޓަރގެ މާއްދާއެއްކަމުގައިވާ "އަތްދަށު ތަޙުޤީޤުގެ މަޝްރޫޢު" ގެ ދަށުން ތައްޔާރުކޮށްފައިވާ ޢިލްމީ ދިރާސާއެކެވެ. "ދިވެހިބަހާއި ތާރީޚާއި ޠަޤާފަތް" މި ދާއިރާތަކުގެ ތެރެއިން ބޭނުން ދާއިރާއެއް އިޚުތިޔާރު ކުރެވެން އޮތް ފުރުޞަތުގެ ތެރެއިން އަޅުގަނޑު އިޚްތިޔާރު ކުރީ "ދިވެހިބަހެވެ". އެގޮތުން ދިވެހިބަހުގެ ޤަވާއިދުގެ ތެރެއިން "ސުކުން" މި މައުޟޫ ނެގުމަށްފަހު، މި މައުޟޫއަކީ ވަރަށް ފުޅާ ގޮތެއްގައި ކުރެވޭނެ ދިރާސާއެއްކަމުން މައުޟޫ ހަނިކޮށްލުމުގެ ގޮތުން "މާލޭގެ މަތީ ސާނަވީ ސުކޫލްތަކުގެ ދަރިވަރުން، ސުކުން ބޭނުންކުރަނީ ދިވެހިބަހުގެ އެކަށައަޅާފައިވާ ޤަވާއިދާ އެއްގޮތަށްހެއްޔެވެ؟" މި ސުރުހީއަށް ދިރާސާގެ މައުޟޫ ހަނިކޮށް ދިރާސާކުރީމެވެ. މިއީ ފުންކޮށް ފުޅާކޮށް ދިރާސާކޮށް އެކުލަވާލަން ޖެހުނު މަސައްކަތެއްކަމުން، މިމަސައްކަތް ކޮށްފައިވާނީ މާލޭގެ މަތީ ސާނަވީއަށް އުނގަންނައިދޭ ދެ ސްކޫލެއްގެ ދަރިވަރުންނާއި މުދައްރިސުންގެ މެދުގައި ނެގި މައުލޫމާތުތަކަށް ބިނާކޮށެވެ. އެގޮތުން މި މަޤްޞަދު ހާޞިލު ކުރުމަށްޓަކައި ތަފާތު ސާވޭފޯމާއި ބަސްދީގަތުންތައް ހިމަނާފައިވާނެއެވެ. މި ދިރާސާގެ ބޭނުމަކީ، މާލޭގެ މަތީ ސާނަވީ ސުކޫލުތަކުގެ ދަރިވަރުން، ސުކުން ބޭނުންކުރަނީ ދިވެހިބަހުގެ އެކަށައަޅާފައިވާ ޤަވާއިދާ އެއް އުޞޫލަކުންތޯ ބެލުމެވެ. އަދި އެ އުޞޫލާ އެއްގޮތަށް ބޭނުން ނުކުރާނަމަ އެކަން އެގޮތަށް މެދުވެރިވާ ސަބަބުތައް ބަލައި ދިރާސާކުރުމެވެ. މިކަންކަން ދިރާސާކުރުމަށް މައިގަނޑު ގޮތެއްގައި މި ދިރާސާގައި އަމާޒުކޮށްފައިވަނީ ދަރިވަރުންގެ ތަފާތު މަސައްކަތްތަކުގެ މައްޗަށެވެ. އެގޮތުން ދަރިވަރުން ކްލާހުގައާއި ގޭގައި ކުރުމަށް ހަވާލުކުރާ ތަފާތު މަސައްކަތްތަކާއި ޓެސެޓްޕޭޕަރާއި އެކި ޕްރޮޖެކްޓްތަކުން ޑޭޓާ ކަލެކްޓްކޮށްފައިވާނެއެވެ. މި ދިރާސާގެ ހައިޕޮތެސިސް ކަމުގައިވާ "މާލޭގެ މަތީ ސާނަވީ ސުކޫލުތަކުގެ ދަރިވަރުން، ސުކުން ބޭނުންކުރަނީ ދިވެހިބަހުގެ އެކަށައަޅާފައިވާ ޤަވާއިދާ ޚިލާފަށެވެ." މި ހައިޕޮތެސިސް އާއި ދިރާސާއިން ހޯދުނު ހޯދުންތަކާއި ވަރަށް ބޮޑަށް ދިމާވެފައިވާކަން ފާހަގަކުރެވުނެވެ. އަދި އެކަމުގެ މައިގަނޑު ސަބަބު ތަކެއްގެ ގޮތުގައި ދިރާސާއިން ހާމަވީ ފަށާ ތަޢުލީމުގައި ދަރިވަރުންނަށް ސުކުންކުރުމުގެ ހަމަތައް ރަނގަޅަށް އޮޅުންފިލާފައި ނެތިސް މަތީ ސާނަވީ މަރުޙަލާއަށް ދަރިވަރުން އައުމުން ޤަވާޢިދާ އެއްގޮތަށް ސުކުން ކުރަން ދޭ ސަމާލުކަން ކުޑަވުމާއި ޤަވާޢިދުގެ ހަމަތައް ބަޔާންކުރުމުގައި ފުށުއެރުންތައް ހުރުމެވެ. މިކަންކަން މިގޮތަށް ހުރުމުން މާލޭގެ މަތީ ސާނަވީ ސުކޫލުތަކުގެ ދަތިވަރުން، ސުކުން ބޭނުންކުރަނީ ދިވެހިބަހުގެ އެކަށައަޅާފައިވާ ޤަވާޢިދާ އެއްގޮތައްކަށް ނޫންކަން މި ދިރާސާއިން ހާމަވިއެވެ.en_US
dc.identifier.citationAhmed, M. F. (2011). Maaleyge mathee saanavee sukoolthakuge dharivarun, sukun beynun kuranee dhivehi bahuge ekashaalhaafaivaa gavaaidhaai ehgothah hehyeve?. Male', Maldives College of Higher Education.en_US
dc.identifier.citationމުޙައްމަދު ފައުޒާން އަޙުމަދު. (2011). މާލޭގެ މަތީ ސާނަވީ ސުކޫލްތަކުގެ ދަރިވަރުން، ސުކުން ބޭނުންކުރަނީ ދިވެހިބަހުގެ އެކަށައަޅާފައިވާ ޤަވާއިދާ އެއްގޮތަށްހެއްޔެވެ؟. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.
dc.identifier.urihttp://saruna.mnu.edu.mv/jspui/handle/123456789/930
dc.publisherFaculty of Arts, Maldives College of Higher Educationen_US
dc.publisherފެކަލްޓީ އޮފް އާޓްސް، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން
dc.subjectސުކުންen_US
dc.subjectދިވެހިބަހުގެ ޤަވާޢިދުen_US
dc.subjectދިވެހިބަހުގެ އެކަށައަޅާފައިވާ ޤަވާއިދުen_US
dc.subjectމަތީ ސާނަވީ ސުކޫލުތަކުގެ ދަރިވަރުންen_US
dc.subjectއެކަށައަޅާފައިވާ ޤަވާއިދާ ޚިލާފަށްen_US
dc.subjectދިވެހިބަސްen_US
dc.subjectޤަވާޢިދާ އެއްގޮތަށް ސުކުން ކުރަން ދޭ ސަމާލުކަން ކުޑަވުންen_US
dc.titleމާލޭގެ މަތީ ސާނަވީ ސުކޫލްތަކުގެ ދަރިވަރުން، ސުކުން ބޭނުންކުރަނީ ދިވެހިބަހުގެ އެކަށައަޅާފައިވާ ޤަވާއިދާ އެއްގޮތަށްހެއްޔެވެ؟en_US
dc.title.alternativeMaaleyge mathee saanavee sukoolthakuge dharivarun, sukun beynun kuranee dhivehi bahuge ekashaalhaafaivaa gavaaidhaai ehgothah hehyeve?en_US
dc.typeThesisen_US

Files

Original bundle

Now showing 1 - 1 of 1
Thumbnail Image
Name:
Mohamed Fauzan.pdf
Size:
2.01 MB
Format:
Adobe Portable Document Format
Description:

License bundle

Now showing 1 - 1 of 1
No Thumbnail Available
Name:
license.txt
Size:
1.71 KB
Format:
Item-specific license agreed upon to submission
Description: