ރަސްމީ ބަހުރުވައިގައި "ޅ"/ɻ/ އަށް ނިމިފައި ހުންނަ އާއްމު ނަމުގެ ލަފުޒުތައް ފުވައްމުލަކު ބަހުރުވައަށް ބަދަލުވާއިރު އަންނަ ފޮނޮލޮޖިކަލް ބަދަލުތައް

Loading...
Thumbnail Image

Date

2013-11-01

Journal Title

Journal ISSN

Volume Title

Publisher

Faculty of Arts, Maldives National University
ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ

Abstract

މި ދިރާސާއަކީ ދިވެހިރާއްޖޭގައި ހިމެނޭ މައިގަނޑު ފަސް ބަހުރުވައިގެ ތެރެއިން، ރަސްމީ ބަހުރުވައިގައި ބޭނުންކުރާ "ޅ"/ɻ/ އަށް ނިމިފައިވާ އާއްމު ނަމުގެ ލަފުޒުތައް ފުވައްމުލަކު ބަހުރުވައި ބޭނުންކުރާ ގޮތުގައި، ފޮނޮލޮޖިކަލް ތަފާތުތަކެއް ހުރިތޯ ބެލުމަށް ކުރި ދިރާސާއެކެވެ. އެގޮތުން، މި ދިރާސާގެ މައިގަނޑު އެއް އަމާޒަކަށް ވެފައިވަނީ، ދެބަހުރުވައިގެ ހުރި ނަމުގެ ލަފުޒުތަކުގެ ތެރެއިން "އާއްމު ނަން" ގެ ލަފުޒުތަކުގެ، ފައިނަލް އަޑާއި ފައިނަލް އަޑުގެ ކުރީ ސިލަބަލްގެ ނިއުކްލިއަސްއަށް ފޮނޮލޮޖިކަލް ތަފާތުތަކެއް އައިސްފައިވޭތޯ ބަލައި އެކަން ބަޔާން ކުރުމެވެ. އެހެންކަމުން، މި ދިރާސާ ކުރިއަށް ގެންގޮސްފައިވަނީ، ކުއަލިޓޭޓިވް ފަރެޑައިމްގެ އިންޑަކްޓިވް އެޕްރޯޗް މެތަޑަށެވެ. އެގޮތުން، ދިރާސާ ބަހާލެވިފައިވަނީ މައިގަނޑު 6 ބާބުގެ މައްޗަށެވެ. އެގޮތުން، ދިރާސާއަށް ނެގި ޑާޓާތަކުގެ މައްޗަށް ބަރޯސާކޮށް ލިންގުއިސްޓިކް ހަމަތަކުގެ މަތީން، ދެބަހުރުވައިގެ "ޅ"/ɻ/ އަށް ނިމިފައިވާ އާއްމު ނަމުގެ ލަފުޒުތަކުގައި ހުރި ފޮނޮލޮޖިކަލް ތަފާތުތައް ބަޔާންކޮށްފައި ވާނެއެވެ. ރަސްމީ ބަހުރުވައިގައި "ޅ"/ɻ/ އަށް ނިމިފައިވާ އާއްމު ނަމުގެ ލަފުޒުތަކުގެ ފައިނަލް އަޑާއި ފައިނަލް އަޑުގެ ކުރީ ސިލަބަލްގެ ނިއުކްލިއަސްގެ އިތުރުން ފައިނަލް އަޑުގެ ކުރީ ސިލަބަލްގެ އޮންސެޓަށް ވެސް ފުވައްމުލަކު ބަހުރުވައަށް ބަދަލުވާއިރު ފޮނޮލޮޖިކަލް ބަދަލު އަންނަކަން މިދިރާސާއިން ސާބިތުވިއެވެ. ވީމާ، ރަސްމީ ބަހުރުވައިން ފުވައްމުލަކު ބަހުރުވައަށް ބަދަލުވާއިރު ރަސްމީ ކޮންސޮނަންޓް އަޑުތަކުގެ ޕްލޭސް އޮފް އާޓިކިއުލޭޝަނާއި މެނަރ އޮފް އާޓިކިއުލޭޝަން އަދި ވޮއިސިންގެ އިތުރުން ވަވަލް އަޑުތައް އަދާކުރުމުގައި ދުލުގެ ޙާލަތައް ބަދަލުއަންނަކަން މި ދިރާސާއިން ސާބިތުވިއެވެ. މީގެ އިތުރުންވެސް، ރަސްމީ ބަހުރުވައާއި ފުވައްމުލަކު ބަހުރުވައިގައި ބޭނުންކުރާ، "ޅ"/ɻ/ އަށް ނިމިފައިވާ އާއްމު ނަމުގެ ލަފުޒުތަކުގެ މެދުގައި ފޮނޮލޮޖިކަލްގޮތުން ތަފާތުކުރެވޭ ގިނަ ސިފަތަކެއް ހުރިކަން މި ދިރާސާއިން ކަށަވަރުވިއެވެ. ޖުމުލަކޮށް ބަލާއިރު، މި ދިރާސާވެގެންދިޔައީ، ދިވެހިރާއްޖޭގެ ބަހުރުވަތަކުގެ މެދުގައި، ތަފާތުތަކެއް ހުރިކަމަށް ލިންގުއިސްޓިކް އުސޫލުތަކުގެ މަތީން ސާބިތުކޮށްދެއްވާފައިވާ ފަރާތްތަކުގެ ދިރާސާތައް އިތުރަށް ކަށަވަރު ކުރެވުނު ދިރާސާއަކަށެވެ. އެހެންކަމުން، މި ދިރާސާގެ އަލީގައި ދަންނަވަން ޖެހެނީ، ރަސްމީ ބަހުރުވައިގައި "ޅ"/ɻ/ އަށް ނިމިފައިވާ އާއްމު ނަމުގެ ލަފުޒުތައް ފުވައްމުލަކު ބަހުރުވައިގައި ބޭނުންކުރާގޮތުގައި ތަފާތުތަކެއް ހުރިކަމަށް ސާބިތުވާކަމެވެ.

Description

Keywords

ރަަސްމީ ބަހުރުވަ, ފުވައްމުލަކު ބަހުރުވަ, ފޮނޮލޮޖިކަލް, ލަފުޒުތަކުގެ ފައިނަލް އަޑު, ފުވައްމުލަކު ބަހުރުވައަށް ބަދަލުވާއިރު, ލިންގުއިސްޓިކް އުސޫލު, ދިވެހިޮބަހުގެ ޤަވާއިދު, ދިވެހިބަސް

Citation

Zuhury, M. (2013). Rasmee bahuruvaigai "lh" /ɻ/ ah nimifai hunna aanmu namuge lafuzuthah Fuahmulaku bahuruvaah badhaluvaairu anna fonological badhaluthah. Male', Maldives National University.
މުޙައްމަދު ޒުހުރީ. (2013). ޝުރުޚީ: ރަސްމީ ބަހުރުވައިގައި "ޅ"/ɻ/ އަށް ނިމިފައި ހުންނަ އާއްމު ނަމުގެ ލަފުޒުތައް ފުވައްމުލަކު ބަހުރުވައަށް ބަދަލުވާއިރު އަންނަ ފޮނޮލޮޖިކަލް ބަދަލުތައް. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.

Endorsement

Review

Supplemented By

Referenced By