ރަސްމީ ބަހުރުވައިގައި "ޅ"/ɻ/ އަށް ނިމިފައި ހުންނަ އާއްމު ނަމުގެ ލަފުޒުތައް ފުވައްމުލަކު ބަހުރުވައަށް ބަދަލުވާއިރު އަންނަ ފޮނޮލޮޖިކަލް ބަދަލުތައް

dc.contributor.authorZuhury, Mohamed
dc.contributor.authorމުޙައްމަދު ޒުހުރީ
dc.date.accessioned2018-03-15T13:20:51Z
dc.date.available2018-03-15T13:20:51Z
dc.date.issued2013-11-01
dc.description.abstractމި ދިރާސާއަކީ ދިވެހިރާއްޖޭގައި ހިމެނޭ މައިގަނޑު ފަސް ބަހުރުވައިގެ ތެރެއިން، ރަސްމީ ބަހުރުވައިގައި ބޭނުންކުރާ "ޅ"/ɻ/ އަށް ނިމިފައިވާ އާއްމު ނަމުގެ ލަފުޒުތައް ފުވައްމުލަކު ބަހުރުވައި ބޭނުންކުރާ ގޮތުގައި، ފޮނޮލޮޖިކަލް ތަފާތުތަކެއް ހުރިތޯ ބެލުމަށް ކުރި ދިރާސާއެކެވެ. އެގޮތުން، މި ދިރާސާގެ މައިގަނޑު އެއް އަމާޒަކަށް ވެފައިވަނީ، ދެބަހުރުވައިގެ ހުރި ނަމުގެ ލަފުޒުތަކުގެ ތެރެއިން "އާއްމު ނަން" ގެ ލަފުޒުތަކުގެ، ފައިނަލް އަޑާއި ފައިނަލް އަޑުގެ ކުރީ ސިލަބަލްގެ ނިއުކްލިއަސްއަށް ފޮނޮލޮޖިކަލް ތަފާތުތަކެއް އައިސްފައިވޭތޯ ބަލައި އެކަން ބަޔާން ކުރުމެވެ. އެހެންކަމުން، މި ދިރާސާ ކުރިއަށް ގެންގޮސްފައިވަނީ، ކުއަލިޓޭޓިވް ފަރެޑައިމްގެ އިންޑަކްޓިވް އެޕްރޯޗް މެތަޑަށެވެ. އެގޮތުން، ދިރާސާ ބަހާލެވިފައިވަނީ މައިގަނޑު 6 ބާބުގެ މައްޗަށެވެ. އެގޮތުން، ދިރާސާއަށް ނެގި ޑާޓާތަކުގެ މައްޗަށް ބަރޯސާކޮށް ލިންގުއިސްޓިކް ހަމަތަކުގެ މަތީން، ދެބަހުރުވައިގެ "ޅ"/ɻ/ އަށް ނިމިފައިވާ އާއްމު ނަމުގެ ލަފުޒުތަކުގައި ހުރި ފޮނޮލޮޖިކަލް ތަފާތުތައް ބަޔާންކޮށްފައި ވާނެއެވެ. ރަސްމީ ބަހުރުވައިގައި "ޅ"/ɻ/ އަށް ނިމިފައިވާ އާއްމު ނަމުގެ ލަފުޒުތަކުގެ ފައިނަލް އަޑާއި ފައިނަލް އަޑުގެ ކުރީ ސިލަބަލްގެ ނިއުކްލިއަސްގެ އިތުރުން ފައިނަލް އަޑުގެ ކުރީ ސިލަބަލްގެ އޮންސެޓަށް ވެސް ފުވައްމުލަކު ބަހުރުވައަށް ބަދަލުވާއިރު ފޮނޮލޮޖިކަލް ބަދަލު އަންނަކަން މިދިރާސާއިން ސާބިތުވިއެވެ. ވީމާ، ރަސްމީ ބަހުރުވައިން ފުވައްމުލަކު ބަހުރުވައަށް ބަދަލުވާއިރު ރަސްމީ ކޮންސޮނަންޓް އަޑުތަކުގެ ޕްލޭސް އޮފް އާޓިކިއުލޭޝަނާއި މެނަރ އޮފް އާޓިކިއުލޭޝަން އަދި ވޮއިސިންގެ އިތުރުން ވަވަލް އަޑުތައް އަދާކުރުމުގައި ދުލުގެ ޙާލަތައް ބަދަލުއަންނަކަން މި ދިރާސާއިން ސާބިތުވިއެވެ. މީގެ އިތުރުންވެސް، ރަސްމީ ބަހުރުވައާއި ފުވައްމުލަކު ބަހުރުވައިގައި ބޭނުންކުރާ، "ޅ"/ɻ/ އަށް ނިމިފައިވާ އާއްމު ނަމުގެ ލަފުޒުތަކުގެ މެދުގައި ފޮނޮލޮޖިކަލްގޮތުން ތަފާތުކުރެވޭ ގިނަ ސިފަތަކެއް ހުރިކަން މި ދިރާސާއިން ކަށަވަރުވިއެވެ. ޖުމުލަކޮށް ބަލާއިރު، މި ދިރާސާވެގެންދިޔައީ، ދިވެހިރާއްޖޭގެ ބަހުރުވަތަކުގެ މެދުގައި، ތަފާތުތަކެއް ހުރިކަމަށް ލިންގުއިސްޓިކް އުސޫލުތަކުގެ މަތީން ސާބިތުކޮށްދެއްވާފައިވާ ފަރާތްތަކުގެ ދިރާސާތައް އިތުރަށް ކަށަވަރު ކުރެވުނު ދިރާސާއަކަށެވެ. އެހެންކަމުން، މި ދިރާސާގެ އަލީގައި ދަންނަވަން ޖެހެނީ، ރަސްމީ ބަހުރުވައިގައި "ޅ"/ɻ/ އަށް ނިމިފައިވާ އާއްމު ނަމުގެ ލަފުޒުތައް ފުވައްމުލަކު ބަހުރުވައިގައި ބޭނުންކުރާގޮތުގައި ތަފާތުތަކެއް ހުރިކަމަށް ސާބިތުވާކަމެވެ.en_US
dc.identifier.citationZuhury, M. (2013). Rasmee bahuruvaigai "lh" /ɻ/ ah nimifai hunna aanmu namuge lafuzuthah Fuahmulaku bahuruvaah badhaluvaairu anna fonological badhaluthah. Male', Maldives National University.en_US
dc.identifier.citationމުޙައްމަދު ޒުހުރީ. (2013). ޝުރުޚީ: ރަސްމީ ބަހުރުވައިގައި "ޅ"/ɻ/ އަށް ނިމިފައި ހުންނަ އާއްމު ނަމުގެ ލަފުޒުތައް ފުވައްމުލަކު ބަހުރުވައަށް ބަދަލުވާއިރު އަންނަ ފޮނޮލޮޖިކަލް ބަދަލުތައް. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.
dc.identifier.urihttp://saruna.mnu.edu.mv/jspui/handle/123456789/931
dc.publisherFaculty of Arts, Maldives National Universityen_US
dc.publisherފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
dc.subjectރަަސްމީ ބަހުރުވަen_US
dc.subjectފުވައްމުލަކު ބަހުރުވަen_US
dc.subjectފޮނޮލޮޖިކަލްen_US
dc.subjectލަފުޒުތަކުގެ ފައިނަލް އަޑުen_US
dc.subjectފުވައްމުލަކު ބަހުރުވައަށް ބަދަލުވާއިރުen_US
dc.subjectލިންގުއިސްޓިކް އުސޫލުen_US
dc.subjectދިވެހިޮބަހުގެ ޤަވާއިދުen_US
dc.subjectދިވެހިބަސްen_US
dc.titleރަސްމީ ބަހުރުވައިގައި "ޅ"/ɻ/ އަށް ނިމިފައި ހުންނަ އާއްމު ނަމުގެ ލަފުޒުތައް ފުވައްމުލަކު ބަހުރުވައަށް ބަދަލުވާއިރު އަންނަ ފޮނޮލޮޖިކަލް ބަދަލުތައްen_US
dc.title.alternativeRasmee bahuruvaigai "lh" /ɻ/ ah nimifai hunna aanmu namuge lafuzuthah Fuahmulaku bahuruvaah badhaluvaairu anna fonological badhaluthahen_US
dc.typeThesisen_US

Files

Original bundle

Now showing 1 - 1 of 1
Thumbnail Image
Name:
Mohamed Zuhury.pdf
Size:
76.79 MB
Format:
Adobe Portable Document Format
Description:

License bundle

Now showing 1 - 1 of 1
No Thumbnail Available
Name:
license.txt
Size:
1.71 KB
Format:
Item-specific license agreed upon to submission
Description: