ޢަރަބިބަހާއި އިނގިރޭސިބަހުގެ ލަފުޒުތައް ދިވެހިބަހުގެ ތެރެއަށް ވަންނައިރު މޯފޮލޮޖިކަލް ގޮތުން އެ ލަފުޒުތަކަށް ބަދަލުއާދޭތޯ
Loading...
Date
2009-11-01
Authors
Journal Title
Journal ISSN
Volume Title
Publisher
Faculty of Arts, Maldives College of Higher Education
ފެކަލްޓީ އޮފް އާޓްސް، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން
ފެކަލްޓީ އޮފް އާޓްސް، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން
Abstract
ދުނިޔޭގެ އެހެނިހެން ބަސްބަހެކޭ އެއްގޮތަށް ދިވެހިބަހަކީވެސް، ބޭރުބަސްބަހުގެ ލަފުޒުތައް ދިވެހިބަހުގެތެރެއަށް ވަދެ މަސްހުނިވެފައިވާ ބަހެކެވެ. އެހެންކަމުން، މި ދިރާސާ އަމާޒުކޮއްފައި މިވަނީ ޢަރަބިބަހާއި އިނގިރޭސިބަހުގެ ލަފުޒުތައް ދިވެހިބަހުގެ ތެރެއަށް ވަންނައިރު މޯފޮލޮޖިކަލް ގޮތުން އެ ލަފުޒުތަކަށް ބަދަލުއާދޭތޯ ބެލުމަށެވެ. ބޭނުމަކީ، ބޭރުބަސްބަހުގެ ތެރެއަށް ވަންނަނީ އެ ލަފުޒުތަކުގައި އެއްވެސްވަރަކަށް ދިވެހިފޭރާމެއް ލެވިގެންތޯބެލުމެވެ. އަދި އެގޮތުން، ދިވެހި ބަހުގެތެރެއަށް ނަންނަ ލަފުޒުތަކުގެ ސަބަބުން، ދިވެހިބަހުގެ ބަސްކޮށާރަށް ކުރި އަސަރެއްވެސް ދެނެގަތުމެވެ.
މިއީ، އާންމު ދިރިއުޅުމުގައި ބޭނުންކުރާ ލަފުޒުތަކެއް، ތަންކޮޅެއް ފުންކޮށް ފުޅާކޮށް ބަލައިގެން ފާހަގަކުރެވުނު ކަންތައްތަކެއް އޮޅުންފިލުވައިދޭ ގޮތަށް ބައްޓަން ކުރެވުނު ދިރާސާއެކެވެ. އެހެންކަމުން، މި ދިރާސާގައި ބޭނުންކޮށްފައި ވާނީ ކުއަލިޓޭޓިވް މެތަޑެވެ. މި ދިރާސާގެ ސާމްޕަލްގެގޮތުގެ ނަގައިފައިވަނީ ޙަސަން އަޙްމަދު މަނިކު (2002) ލިޔުއްވާފައިވާ "އަ ކޮންސައިޒް އެޓިމޮލޮޖިކަލް ވޮކެބުލަރީ އޮފް ދިވެހި ލެންގުއޭޖް" މިފޮތުގައި ހުރި ޢަރަބިބަހާއި އިނގިރޭސިބަހުން ދިވެހިބަހުގެތެރެއަށް ވަދެފައިވާ ލަފުޒުތަކުގެތެރެއިން އިޚްތިޔާރުކުރި 40 ލަފުޒެވެ. މިދިރާސާގައި އިންސްޓްރުމެއްޓެއްގެގޮތުގައި ބޭނުންކޮއްފައިވާނީ މޯފޮލޮޖިކަލް ސްޓްރަކްޗަރއެކެވެ. އެހެންކަމުން، ލަފުޒުތަކުން ފާހަގަކުރެވުނު ކަންތައް ތާވަލުކުރެވިފައިވަނީ މިސްޓްރަކޮޗަރ އަށް ބަލައިގެންނެވެ. އެގޮތުން، އަޑުގެގޮތުންނާއި މާނާއިގެގޮތުންނާެއި ގަވައިދުގެގޮތުން ލަފުޒުތަކުން ފާހަގަ ކުރެވުނު ކަންތައްތައް ތާވަލުކުރުމައްފަހު އެބައިތައް ތަހުލީލުކުރެވުނެވެ.
މި ދިރާސާއިން އެނގުނުގޮތުގައި ޢަރަބިބަހާއި އިނގިރޭސިބަހުގެ ލަފުޒުތައް ދިވެހިބަހުގެތެރެއަށް ވަންނައިރު އެ ލަފުޒުތަކަށް މޯފޮލޮޖިކަލް ގޮތުން ބަދަލުއާދެއެވެ. އަޑުގެގޮތުންނެވެ. މާނާއިގެގޮތުންނެވެ. ގަވައިދުގެ ގޮތުންވެސް މެއެވެ. މި ބަދަލުތައް އައިސްފައިވަނީ އެކިލަފުޒަށް އެކިގޮތަށެވެ. ބައެއް ލަފުޒުގެ ފިއްޔެއްބަދަލުވެގެން އަޑު ބަދަލުވެފައިވާއިރު ހަމައެކަނި އަކުރެއްބަދަލުވުމުގެ ސަބަބުން އަޑުބަދަލުވެފައިވާ ލަފުޒުވެސް އެބަހުއްޓެވެ. މިހުރިހައި ބަދަލެއްވެސް ލަފުޒުތަކަށް އައިސްފައިވަނީ ދިވެހިންގެ ދޫތަކަށްފަސޭހަ، ދިވެހިބަހުގެ އަޑުމަޚްރަޖަށް ފެޓޭގޮތަށް ލަފުޒު ބޭނުންކުރުމައްޓަކައި ކޮށްފައިވާ މަސައްކަތުގެތެރެއިންނެވެ.
ވީމާ، މި ދިރާސާއަކީ ދިވެހިބަހަށް ލޯބިކުރާ ހަމަކޮންމެ ފަރުދަކަށްމެ ބޭނުންހިފޭނެ، ޚާއްޞަކޮށް ދިވެހިބަސް ކިޔަވާ، ދިވެހިބަސް ކިޔަވައިދޭ ފަރާތްތަކަށް ދިވެހިބިހުގެ ތެރެއަށް ވަދެފައިވާ ބޭރުބަސްބަހުގެ ލަފުޒުތަކާ ބެހޭގޮތުން ގިނަ މައުލޫމާތުތަކެއް ލިބިގެންދާނެ ދިރާސާއެކެވެ.
Description
Keywords
ދިވެހިބަސް, ޢަރަބިބަސް, އިނގިރޭސިބަސް, ޢަރަބިބަހާއި އިނގިރޭސިބަހުގެ ލަފުޒުތައް ދިވެހިބަހުގެތެރެއަށް ވަންނައިރު, އަޑުގެގޮތުން, މާނާއިގެގޮތުން, ޤަވާޢިދާގެ ގޮތުން, ލަފުޒު
Citation
Zakariyya, A. (2009). Arabibahaai ingireysibahuge lafuzuthah dhivehibahuge thereah vannairu moafolojical gothun eylafuzuthakah badhalu aadheythoa eve?. Male', Maldives College of Higher Education.
އާތިފާ ޒަކަރިއްޔާ. (2009). ޢަރަބިބަހާއި އިނގިރޭސިބަހުގެ ލަފުޒުތައް ދިވެހިބަހުގެ ތެރެއަށް ވަންނައިރު މޯފޮލޮޖިކަލް ގޮތުން އެ ލަފުޒުތަކަށް ބަދަލުއާދޭތޯ. މާލެ، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން.
އާތިފާ ޒަކަރިއްޔާ. (2009). ޢަރަބިބަހާއި އިނގިރޭސިބަހުގެ ލަފުޒުތައް ދިވެހިބަހުގެ ތެރެއަށް ވަންނައިރު މޯފޮލޮޖިކަލް ގޮތުން އެ ލަފުޒުތަކަށް ބަދަލުއާދޭތޯ. މާލެ، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން.