ޢަރަބިބަހާއި އިނގިރޭސިބަހުގެ ލަފުޒުތައް ދިވެހިބަހުގެ ތެރެއަށް ވަންނައިރު މޯފޮލޮޖިކަލް ގޮތުން އެ ލަފުޒުތަކަށް ބަދަލުއާދޭތޯ

dc.contributor.authorZakariyya, Athifa
dc.contributor.authorއާތިފާ ޒަކަރިއްޔާ
dc.date.accessioned2018-03-23T01:55:54Z
dc.date.available2018-03-23T01:55:54Z
dc.date.issued2009-11-01
dc.description.abstractދުނިޔޭގެ އެހެނިހެން ބަސްބަހެކޭ އެއްގޮތަށް ދިވެހިބަހަކީވެސް، ބޭރުބަސްބަހުގެ ލަފުޒުތައް ދިވެހިބަހުގެތެރެއަށް ވަދެ މަސްހުނިވެފައިވާ ބަހެކެވެ. އެހެންކަމުން، މި ދިރާސާ އަމާޒުކޮއްފައި މިވަނީ ޢަރަބިބަހާއި އިނގިރޭސިބަހުގެ ލަފުޒުތައް ދިވެހިބަހުގެ ތެރެއަށް ވަންނައިރު މޯފޮލޮޖިކަލް ގޮތުން އެ ލަފުޒުތަކަށް ބަދަލުއާދޭތޯ ބެލުމަށެވެ. ބޭނުމަކީ، ބޭރުބަސްބަހުގެ ތެރެއަށް ވަންނަނީ އެ ލަފުޒުތަކުގައި އެއްވެސްވަރަކަށް ދިވެހިފޭރާމެއް ލެވިގެންތޯބެލުމެވެ. އަދި އެގޮތުން، ދިވެހި ބަހުގެތެރެއަށް ނަންނަ ލަފުޒުތަކުގެ ސަބަބުން، ދިވެހިބަހުގެ ބަސްކޮށާރަށް ކުރި އަސަރެއްވެސް ދެނެގަތުމެވެ. މިއީ، އާންމު ދިރިއުޅުމުގައި ބޭނުންކުރާ ލަފުޒުތަކެއް، ތަންކޮޅެއް ފުންކޮށް ފުޅާކޮށް ބަލައިގެން ފާހަގަކުރެވުނު ކަންތައްތަކެއް އޮޅުންފިލުވައިދޭ ގޮތަށް ބައްޓަން ކުރެވުނު ދިރާސާއެކެވެ. އެހެންކަމުން، މި ދިރާސާގައި ބޭނުންކޮށްފައި ވާނީ ކުއަލިޓޭޓިވް މެތަޑެވެ. މި ދިރާސާގެ ސާމްޕަލްގެގޮތުގެ ނަގައިފައިވަނީ ޙަސަން އަޙްމަދު މަނިކު (2002) ލިޔުއްވާފައިވާ "އަ ކޮންސައިޒް އެޓިމޮލޮޖިކަލް ވޮކެބުލަރީ އޮފް ދިވެހި ލެންގުއޭޖް" މިފޮތުގައި ހުރި ޢަރަބިބަހާއި އިނގިރޭސިބަހުން ދިވެހިބަހުގެތެރެއަށް ވަދެފައިވާ ލަފުޒުތަކުގެތެރެއިން އިޚްތިޔާރުކުރި 40 ލަފުޒެވެ. މިދިރާސާގައި އިންސްޓްރުމެއްޓެއްގެގޮތުގައި ބޭނުންކޮއްފައިވާނީ މޯފޮލޮޖިކަލް ސްޓްރަކްޗަރއެކެވެ. އެހެންކަމުން، ލަފުޒުތަކުން ފާހަގަކުރެވުނު ކަންތައް ތާވަލުކުރެވިފައިވަނީ މިސްޓްރަކޮޗަރ އަށް ބަލައިގެންނެވެ. އެގޮތުން، އަޑުގެގޮތުންނާއި މާނާއިގެގޮތުންނާެއި ގަވައިދުގެގޮތުން ލަފުޒުތަކުން ފާހަގަ ކުރެވުނު ކަންތައްތައް ތާވަލުކުރުމައްފަހު އެބައިތައް ތަހުލީލުކުރެވުނެވެ. މި ދިރާސާއިން އެނގުނުގޮތުގައި ޢަރަބިބަހާއި އިނގިރޭސިބަހުގެ ލަފުޒުތައް ދިވެހިބަހުގެތެރެއަށް ވަންނައިރު އެ ލަފުޒުތަކަށް މޯފޮލޮޖިކަލް ގޮތުން ބަދަލުއާދެއެވެ. އަޑުގެގޮތުންނެވެ. މާނާއިގެގޮތުންނެވެ. ގަވައިދުގެ ގޮތުންވެސް މެއެވެ. މި ބަދަލުތައް އައިސްފައިވަނީ އެކިލަފުޒަށް އެކިގޮތަށެވެ. ބައެއް ލަފުޒުގެ ފިއްޔެއްބަދަލުވެގެން އަޑު ބަދަލުވެފައިވާއިރު ހަމައެކަނި އަކުރެއްބަދަލުވުމުގެ ސަބަބުން އަޑުބަދަލުވެފައިވާ ލަފުޒުވެސް އެބަހުއްޓެވެ. މިހުރިހައި ބަދަލެއްވެސް ލަފުޒުތަކަށް އައިސްފައިވަނީ ދިވެހިންގެ ދޫތަކަށްފަސޭހަ، ދިވެހިބަހުގެ އަޑުމަޚްރަޖަށް ފެޓޭގޮތަށް ލަފުޒު ބޭނުންކުރުމައްޓަކައި ކޮށްފައިވާ މަސައްކަތުގެތެރެއިންނެވެ. ވީމާ، މި ދިރާސާއަކީ ދިވެހިބަހަށް ލޯބިކުރާ ހަމަކޮންމެ ފަރުދަކަށްމެ ބޭނުންހިފޭނެ، ޚާއްޞަކޮށް ދިވެހިބަސް ކިޔަވާ، ދިވެހިބަސް ކިޔަވައިދޭ ފަރާތްތަކަށް ދިވެހިބިހުގެ ތެރެއަށް ވަދެފައިވާ ބޭރުބަސްބަހުގެ ލަފުޒުތަކާ ބެހޭގޮތުން ގިނަ މައުލޫމާތުތަކެއް ލިބިގެންދާނެ ދިރާސާއެކެވެ.en_US
dc.identifier.citationZakariyya, A. (2009). Arabibahaai ingireysibahuge lafuzuthah dhivehibahuge thereah vannairu moafolojical gothun eylafuzuthakah badhalu aadheythoa eve?. Male', Maldives College of Higher Education.en_US
dc.identifier.citationއާތިފާ ޒަކަރިއްޔާ. (2009). ޢަރަބިބަހާއި އިނގިރޭސިބަހުގެ ލަފުޒުތައް ދިވެހިބަހުގެ ތެރެއަށް ވަންނައިރު މޯފޮލޮޖިކަލް ގޮތުން އެ ލަފުޒުތަކަށް ބަދަލުއާދޭތޯ. މާލެ، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން.
dc.identifier.urihttp://saruna.mnu.edu.mv/jspui/handle/123456789/1095
dc.publisherFaculty of Arts, Maldives College of Higher Educationen_US
dc.publisherފެކަލްޓީ އޮފް އާޓްސް، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން
dc.subjectދިވެހިބަސްen_US
dc.subjectޢަރަބިބަސްen_US
dc.subjectއިނގިރޭސިބަސްen_US
dc.subjectޢަރަބިބަހާއި އިނގިރޭސިބަހުގެ ލަފުޒުތައް ދިވެހިބަހުގެތެރެއަށް ވަންނައިރުen_US
dc.subjectއަޑުގެގޮތުންen_US
dc.subjectމާނާއިގެގޮތުންen_US
dc.subjectޤަވާޢިދާގެ ގޮތުންen_US
dc.subjectލަފުޒުen_US
dc.titleޢަރަބިބަހާއި އިނގިރޭސިބަހުގެ ލަފުޒުތައް ދިވެހިބަހުގެ ތެރެއަށް ވަންނައިރު މޯފޮލޮޖިކަލް ގޮތުން އެ ލަފުޒުތަކަށް ބަދަލުއާދޭތޯen_US
dc.title.alternativeArabibahaai ingireysibahuge lafuzuthah dhivehibahuge thereah vannairu moafolojical gothun eylafuzuthakah badhalu aadheythoa eve?en_US
dc.typeThesisen_US

Files

Original bundle

Now showing 1 - 1 of 1
Thumbnail Image
Name:
Athifa Zakariyya 10388.pdf
Size:
9.63 MB
Format:
Adobe Portable Document Format
Description:

License bundle

Now showing 1 - 1 of 1
No Thumbnail Available
Name:
license.txt
Size:
1.71 KB
Format:
Item-specific license agreed upon to submission
Description: