Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/843
Title: ރަމަޟާންމަހުގެ އާދަކާދައާއި، ޘަގާފަތަށް އަންނަ ބަދަލުތައް
Other Titles: Ramazaan mahuge aadhakaadha aai sagaafathah anna badhaluthah
Authors: އައިޝަތު ޒައީމާ
Zaeema, Aishath
Keywords: Ramazaan
changes in habits
people attitude
social influence
economic impact
marketing stunts
ރަމަޟާން
އާދަކާދައާއި، ޘަގާފަތަށް އަންނަ ބަދަލުތައް
ނުފޫޒުފޯރުވައި ކަންތައްތައް
ވިޔަފާރި ތަކުގެ ނުފޫޒު
މާރކެޓިނގް ގެ އުކުޅުތައް
އިސްރާފުކުރުން
ކާބޯތަކެތި އިސްރާފް ކުރުން
wastage of food
Issue Date: 1-Nov-2009
Publisher: ފެކަލްޓީ އޮފް އާޓްސް، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން
Faculty of Arts, Maldives College of Higher Education
Citation: Zaeema. A., (2009). Ramazaan mahuge aadhakaadha aai sagaafathah anna badhaluthah. Male', Maldives College of Higher Education
Abstract: މިއީ ރަމަޟާންމަހުގެ އާދަކާދައާއި، ޘަގާފަތަށް އަންނަ ބަދަލުތައް ދެނެގަތުމަށްޓަކައި ކުރެވިފައިވާ ދިރާސާއެކެވެ. އެހެންކަމުން މި ދިރާސާގައި ބަލާލާފައިވާނީ ރަމަޟާންމަހުގެ އާދަކާދައާއި ޘަގާފަތަށް އަންނަމުންދާ ބަދަލުތައް ދެނެގަތުމަށެވެ. މިކަމަށް ނުފޫޒުފޯރުވައި ކަންތައްތައް ބަލައި ހޯދުމަށް، މިގޮތުން މި ދިރާސާއިން ހާމަވިގޮތުގައި ރަމަޟާންމަހަށް ހަނދުބެލުމުގެ މާކުރިން މާލޭގެ ބޮޑެތި ފިހާރަތަކުގައި އަގުހުރި އިނާމްތަކާއިއެކު ސޭލުތައްއަޅުވާ، "ރަމަޒާން" މިނަން ވިޔަފާރީގެ ބްރޭންޑެއްގެ ގޮތުގައި ބޭނުންކޮށްގެން ވިޔަފާރީގެ "ޢީދެއް" އުފައްދާފައިވާކަން ފާހަގަވެއެވެ. ހަމައެހެންމެ ރަމަޟާން މަހުގެ ރޯދަވިއްލުންތައްވެސް ބޮޑެތިއަގުތަކުގައި ރެސްޓޯރަންޓަށް ދީލާލާފައިވާކަން ފާހަގަވެއެވެ. އަދި މީގެއިތުރުން 1430ހ، ވަނަ އަހަރުގެ ރަމަޟާންމަހަށްޓަކައި މުނިފޫހި ފިލުވުމާއި، ކުޅިވަރު މުބާރާތްތަކަށް އެކަނިވެސް 565،000 ރުފިޔާގެ ފައިސާގެ އިނާމުތަކާއި، އަގުބޮޑު ތަކެތީގެ އިނާމުތައްވެސް، މި ދެންނެވިފަދަ މުބާރާތްތަކަށް ހުށަހަޅާފައިވާކަން ފާހަގަކުރެވެއެވެ. މިގޮތުން ބަލާއިރު، މި އިނާމުތައް ހާސިލްކުރުމަށްޓަކައި ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ ކުންފުނިތަކާއި، އަމިއްލަ ފަރުދުންވެސް ތަފާތު ޓީމުތައް ހަދައިގެން މިދެންނެވި ފައިސާގެ އިނާމްތައް ހޯދުމަށްޓަކައި ރަމަޟާންމަހުގެ ދަން ގަޑިތަކުގައި އެކަމުގައި ވަގުތުތައް ހޭދަކުރާކަން ފާހަގަ ކުރެވުނެވެ. ހަމައެހެންމެ ރަމަޟާންމަހަކީ ކާބޯތަކެތީގެ "މައުރަޒެއް" ކަމުގައިވެ، ކާނާގެ ބާވަތްތައް "ނަން ހުސްކޮށް" ތައްޔާރުކޮށް، އިސްރާފަށް މަގުފަހިވާގޮތަށް ދިވެހިންގެ ކެއިންބުއިމުގެ ވައްޓަފާޅިވެސް ބަދަލުވަމުން ދާކަން ފާހަގަ ކުރެވުނެވެ. އެހެންކަމުން ރަމަޟާންމަހުގެ އާދަކާދައާއި ޘަޤާފަތުގައި ކުލަޖެހި ރަމަޟާން މަހުގެ ހަޤީޤީ މަޤުސަދުކަމުގައިވާ ތަޤުވާއާއި ދުރުކުރުވާ ޒާތުގެ ކަންތައްތަކެއް މިހާރަކަށް އައިސް، ފެންމަތިވަމުން ދާކަން މިދިރާސާއިން ހާމަވެއެވެ.
URI: http://saruna.mnu.edu.mv/jspui/handle/123456789/843
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
Aishath Zaeema 10383.pdf11.42 MBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.