ކުޑަކުދިންނަށް ދިވެހިބަހުން ކިޔައިދޭ ދިވެހި ބަނދިތަކުން ދިވެހީންގެ ސަޤާފަތް ދައްކުވައިދެނީ ކިހިނެއް ހެއްޔެވެ؟
dc.contributor.author | ނަދާ މުޙައްމަދު ވަޙީދު | |
dc.contributor.author | Waheed, Nadha Mohamed | |
dc.date.accessioned | 2018-03-28T07:57:49Z | |
dc.date.available | 2018-03-28T07:57:49Z | |
dc.date.issued | 2017-11-01 | |
dc.description.abstract | މި ދިރާސާއަކީ ކުޑަކުދިންނަށް ދިވެހިބަހުން ކިޔައިދޭ ދިވެހި ބަނދިތަކުން ދިވެހިންގެ ސަޤާފަތް ދައްކުވައިދެނީ ކިހިނެއްކަން ބެލުމަށް ކުރެވުނު ދިރާސާއެކެވެ. މިގޮތުން ބަނދިތަކުން ސަޤާފަތް ދައްކުވައިދޭ ގޮތް ބެލުމަށް ޓަކައި ސަޤާފަތާ ގުޅުން ހުރި ތަފާތު ގިނަ ލިޔުންތައް ކިޔައިފައިވާނެއެވެ. ހަމަމިއާއެކު ބަނދިތަކުން ސަޤާފަތް ދައްކުވައިދޭ ގޮތް ބެލުމަށްޓަކައި ދިވެހީންގެ އާދަކާދައިގެ ތެރޭގައި ހިމެނޭ ކަންކަމުގެ ވަރަށް ގިނަ މަޢުލޫމާތުތަކެއް އެކުލެވޭ ލިޔުންތަކެއް ވެސް ކިޔާފައިވާނެއެވެ. މި ގޮތުން ލިބުނު މަޢުލޫމާތު އަލީގައި އާދަކާދައިގެ ތެރޭގައި ވަކިވަކި ބައިތަކެއް ބެލުމަށް ކަނޑައެޅުނެވެ. މި ގޮތުން ބެލުމަށް ކަނޑައެޅުނީ ދިވެހީންގެ އާދަކާދަ ތެރޭގައި ހިމެނޭ ދިވެހީންގެ ދިރިއުޅުން، މަސައްކަތްތެރިކަން، ކެއުންބުއިން، ކުޅިވަރު، ނަސޭހަތް، ދީން އަދި ބަސްކޮށާރެވެ. މިބައިތަށް ކޯޑު ކުރެވުނެވެ. މި ކުރެވުނު ކޯޑުތަކުގެ އަލީގައި ތީމުތަކެއް ކަނޑައެޅުނެވެ. މި ދިރާސާއިން ހޯދުނު މަޢުލޫމާތުން ފާހަގަކުރެވުނީ ކުޑަކުދިންނަށް ދިވެހިބަހުން ކިޔައިދޭ ދިވެހި ބަނދިތަކުން ދިވެހިންގެ ސަޤާފަތް ފެންނަކަމެވެ. މިގޮތުން ބަނދިތަކުން އިހުޒަމާނުގައި ދިވެހިން ދިރިއުޅުން ހުރި ގޮތް ވަރަށް ރަނގަޅަށް ފެނުނެވެ. ހަމައެހެންމެ އިހްޒަމާނުގައި ދިވެހީންގެ ކެއުންބުއިމަށް ބޭނުންކުރި ތަކެތި ފެނުނެވެ. މަސައްކަތްތެރި ކަމަށް ބަލައިލާއިރު އެންމެ އެވޭލާ ޒަމާނާއި މި ޒަމާނުގައި ކުރާ ވަރަށް ގިނަ މަސައްކަތްތެއް ފެނިގެން ދިޔައެވެ. ކުޅިވަރުތަކުގައި ފެނުނު ކުޅިވަރުތަކަކީ ކުރީ ޒަމާނުގައި ކުޅުނު ކުޅިވަރުތަކެވެ. ނަމަވެސް މިހާރު މި ކުޅިވަރުތައް މަޑުމަޑުން ފަޑުވަމުން ނެތެމުން ދަނީއެވެ. މި ނެގި ބަނދިތަކުން އިސްލާމް ދީނުގެ އަސަރު ވަރަށް ރަނގަޅަށް ފެނިގެން ދިޔައިރު ކުޑަކުދިންނަށް ވަރަށް ލޯބިން ނަސޭހަތް ދީފައިވާކަން ހޯދުންތަކުން އެނގެއެވެ. އަދި ބަސްކޮށާރަށް ބަލައިލާއިރު ދިވެހި ބަސްކޮށާރަކީ މުއްސަނދި ބަސްކޮށާރެއްކަން އެނގުނެވެ. އެހެންކަމުން، ސަޤާފަތަކީ އެއްބަޔަކު ނުވަތަ އެއް މުޖްތަމަޢެއް އަނެއް މުޖްތަމަޢަކާ ވަކިކޮށްދޭ އެއްޗެކެވެ. މިގޮތުން މި ބަނދިތަކުން ދިވެހިންގެ އަސަރު އެންމެ ރަނގަޅަށް ފެނެއެވެ. | en_US |
dc.identifier.citation | ނަދާ މުޙައްމަދު ވަޙީދު. (2017). ކުޑަކުދިންނަށް ދިވެހިބަހުން ކިޔައިދޭ ދިވެހި ބަނދިތަކުން ދިވެހީންގެ ސަޤާފަތް ދައްކުވައިދެނީ ކިހިނެއް ހެއްޔެވެ؟. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ. | en_US |
dc.identifier.citation | Waheed, N. M. (2017). Kudakudhinnah Dhivehi bahun kiyaidhey Dhivehi ban’dhithakun dhiveheenge saqaafaiy dhakkuvaidhenee kihineh heyyeve?. Male', Maldives National University. | |
dc.identifier.uri | http://saruna.mnu.edu.mv/jspui/handle/123456789/1307 | |
dc.publisher | ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ | en_US |
dc.publisher | Faculty of Arts, Maldives National University | |
dc.title | ކުޑަކުދިންނަށް ދިވެހިބަހުން ކިޔައިދޭ ދިވެހި ބަނދިތަކުން ދިވެހީންގެ ސަޤާފަތް ދައްކުވައިދެނީ ކިހިނެއް ހެއްޔެވެ؟ | en_US |
dc.title.alternative | Kudakudhinnah Dhivehi bahun kiyaidhey Dhivehi ban’dhithakun dhiveheenge saqaafaiy dhakkuvaidhenee kihineh heyyeve? | en_US |
dc.type | Thesis | en_US |