ދިވެހި މުހާވިރާތަކަށް އަދުގެ މުޖުތަމަޢުން ދީފައިވާ މަޤާމް

Loading...
Thumbnail Image

Date

2009-11-01

Journal Title

Journal ISSN

Volume Title

Publisher

ފެކަލްޓީ އޮފް އާޓްސް، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން
Faculty of Arts, Maldives College of Higher Education

Abstract

މި ދިރާސާއަކީ ދިވެހި މުހާވިރާތަކަށް ސްކޫލު ކުދިންނާއި، ޓީޗަރުންނާއި، މީޑިއާތަކުން، އަދި އާއްމު ފަރުދުން ހޭލުންތެރިވެ އަހުލުވެރިވެފައިވަނީ ކިހާ މިންވަރަކަށްތޯ އާއި މުޖުތަމަޢުގައި ދިވެހި މުހާވިރާތަކަށް ދެވިފައިވަނީ ކިހާވަރެއްގެ މަޤާމެއްތޯ ބެލުމުގެ ގޮތުން ހެދިފައިވާ ދިރާސާއެކެވެ. ބޭނުމަކީ ދިވެހި އަދަބީ މުހާވިރާތަކަށް މިއަދުގެ މުޖުތަމަޢުން ކިހާވަރެއްގެ އަހަމިއްޔަތެއް ދޭތޯ ބެލުމެވެ. އަދި ލިޔުމުގައި އާއި ކިޔުމުގައި އެތަކެތި ބޭނުންކުރަނީ ކިހާ މިންވަރަކަށްތޯ ބަލައި ހޯދުމެވެ. މިގޮތުން ކުރެވުނު ދިރާސާގައި މާލޭގެ ޘާނަވީ 3 ސްކޫލެއްގެ 8، 9، އަދި 10 ގެ ދަރިވަރުން ބައިވެރި ކުރެވުނެވެ. އަދި މިކުދިންނަށް މަސައްކަތު ކަރުދާސް ތަކެއް ދީގެން ޓެސްޓު ކުރެވުނެވެ. މީގެ އިތުރުން ދެ ސްކޫލެއްގެ ދެވަނަ ޓާރމްގެ ޓެސްޓް ނަތީއްޖާ ހޯދައި ބެލުނެވެ. ޕްރިންޓް މީޑިއާގައި ބޭނުން ކުރާވަރު ބެލުމުގެ ގޮތުން 3 މަޖައްލާއަކުން ލިޔުންތައް ނަގައި ދިރާސާކޮށް ބަލައި ހެދުނެވެ. އިލެކްޓްރޯނިކް މީޑިއާގައި ބޭނުންކުރާ މިންވަރު ބެލުމުގެ ގޮތުން ދިވެހިރާއްޖޭގެ އަޑާއި، ޓެލެވިޜަން މޯލްޑިވްސް ޕްރޮޤްރާމްތަކުގައި ދިވެހި މުހާވިރާތައް ބޭނުންކޮށްފައިވާ މިންވަރު ބެލުމުގެ ގޮތުން ތަޙުލީލުތައް ކުރެވުނެވެ. މިދިރާސާ ހެދުމުގައި މުޖުތަމަޢުގައި އުޅޭ ކިޔަވާ ކުދިންނާއި، ދިވެހި މުދައްރިސުން އަދި އާއްމު ފަރުދުންނަށް ސާރވޭ ފޯރމްތަކެއްދީ އެތަކެތިން ލިބުނު ނަތީއްޖާއަކީ ކޮބައިތޯވެސް ބެލީމެވެ. މިތަކެތި ބަލައި ތަހުލީލް ކުރުމުން އެނގިގެން ދިޔައީ ދިވެހި މުޖުތަމަޢުގައި ދިވެހި މުހާވިރާތަކަށް މާބޮޑު ޖާގައެއް ނެތް ކަމެވެ. އާއްމު ފަރުދުންނާއި ކިޔަވާކުދިން ކޮންމެވެސް ވަރަކަށް ދިވެހި މުހާވިރާތައް ބޭނުންކުރި ނަމަވެސް މީޑިއާތަކުން ދިވެހި މުހާވިރާތައް ދިރުވާ އާލާ ކުރުމަށް މާބޮޑު އަހަމިއްޔަތެއް ދީފައިނުވާކަމެވެ. ދިވެހި މުދައްރިސުން ކިޔަވައިދެއްވުމުގައި ދިވެހި މުހާވިރާތައް އެއްވެސްގޮތަކަށް ބޭނުންކުރަމުން ނުދާކަން މި ދިރާސާއިން ވަރަށް ރަނގަޅަށް ހާމަވެގެން ދިޔައެވެ. އަދި ދިވެހި މުހާވިރާތަޢް ކިޔަވައިދެއްވަނީ ޓެސްޓްގައި ސުވާލު ދޭތީކަމާއި އެއީ ދިވެހިންގެ އަގުބޮޑު ތަރިކައެއް ކަމަށް ދެކިގެން ނޫންކަންވެސް ހާމަ ވެގެން ދިޔައެވެ. އެހެންކަމުން ދިވެހި މުހާވިރާތަކަކީ ދިވެހިންގެ އަގުބޮޑު ތަރިކައެއް ކަމުގައި ދެކި، އެއީ މިހާރަށްވުރެ ބޮޑަށް އަހަމިއްޔަތުކަން ދީގެން އަހުލުވެރިވާން ވެއްޖެ ތަރިކައެކެވެ. އަދި މި ދިރާސާގެ މައިގަނޑު ބޭނުމަކީވެސް ދިވެހި މުހާވިރާތަކަށް މިހާރަށްވުރެ އަހުލުވެރި ޖީލު ތަކެއް ބިނާވެގެން ދިޔުމެވެ.

Description

Keywords

Citation

ޝިއުނާ އަޙުމަދު. (2009). ދިވެހި މުހާވިރާތަކަށް އަދުގެ މުޖުތަމަޢުން ދީފައިވާ މަޤާމް. މާލެ، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން.
Ahmed, S. (2009). Dhivehi muhaaviraathakah adhuge mujuthamau'n dheefaivaa maqaam. Male', Maldives College of Higher Education.

Endorsement

Review

Supplemented By

Referenced By