ދިވެހި މުހާވިރާތަކަށް އަދުގެ މުޖުތަމަޢުން ދީފައިވާ މަޤާމް

dc.contributor.authorޝިއުނާ އަޙުމަދު
dc.contributor.authorAhmed, Shiuna
dc.date.accessioned2018-04-01T06:11:00Z
dc.date.available2018-04-01T06:11:00Z
dc.date.issued2009-11-01
dc.description.abstractމި ދިރާސާއަކީ ދިވެހި މުހާވިރާތަކަށް ސްކޫލު ކުދިންނާއި، ޓީޗަރުންނާއި، މީޑިއާތަކުން، އަދި އާއްމު ފަރުދުން ހޭލުންތެރިވެ އަހުލުވެރިވެފައިވަނީ ކިހާ މިންވަރަކަށްތޯ އާއި މުޖުތަމަޢުގައި ދިވެހި މުހާވިރާތަކަށް ދެވިފައިވަނީ ކިހާވަރެއްގެ މަޤާމެއްތޯ ބެލުމުގެ ގޮތުން ހެދިފައިވާ ދިރާސާއެކެވެ. ބޭނުމަކީ ދިވެހި އަދަބީ މުހާވިރާތަކަށް މިއަދުގެ މުޖުތަމަޢުން ކިހާވަރެއްގެ އަހަމިއްޔަތެއް ދޭތޯ ބެލުމެވެ. އަދި ލިޔުމުގައި އާއި ކިޔުމުގައި އެތަކެތި ބޭނުންކުރަނީ ކިހާ މިންވަރަކަށްތޯ ބަލައި ހޯދުމެވެ. މިގޮތުން ކުރެވުނު ދިރާސާގައި މާލޭގެ ޘާނަވީ 3 ސްކޫލެއްގެ 8، 9، އަދި 10 ގެ ދަރިވަރުން ބައިވެރި ކުރެވުނެވެ. އަދި މިކުދިންނަށް މަސައްކަތު ކަރުދާސް ތަކެއް ދީގެން ޓެސްޓު ކުރެވުނެވެ. މީގެ އިތުރުން ދެ ސްކޫލެއްގެ ދެވަނަ ޓާރމްގެ ޓެސްޓް ނަތީއްޖާ ހޯދައި ބެލުނެވެ. ޕްރިންޓް މީޑިއާގައި ބޭނުން ކުރާވަރު ބެލުމުގެ ގޮތުން 3 މަޖައްލާއަކުން ލިޔުންތައް ނަގައި ދިރާސާކޮށް ބަލައި ހެދުނެވެ. އިލެކްޓްރޯނިކް މީޑިއާގައި ބޭނުންކުރާ މިންވަރު ބެލުމުގެ ގޮތުން ދިވެހިރާއްޖޭގެ އަޑާއި، ޓެލެވިޜަން މޯލްޑިވްސް ޕްރޮޤްރާމްތަކުގައި ދިވެހި މުހާވިރާތައް ބޭނުންކޮށްފައިވާ މިންވަރު ބެލުމުގެ ގޮތުން ތަޙުލީލުތައް ކުރެވުނެވެ. މިދިރާސާ ހެދުމުގައި މުޖުތަމަޢުގައި އުޅޭ ކިޔަވާ ކުދިންނާއި، ދިވެހި މުދައްރިސުން އަދި އާއްމު ފަރުދުންނަށް ސާރވޭ ފޯރމްތަކެއްދީ އެތަކެތިން ލިބުނު ނަތީއްޖާއަކީ ކޮބައިތޯވެސް ބެލީމެވެ. މިތަކެތި ބަލައި ތަހުލީލް ކުރުމުން އެނގިގެން ދިޔައީ ދިވެހި މުޖުތަމަޢުގައި ދިވެހި މުހާވިރާތަކަށް މާބޮޑު ޖާގައެއް ނެތް ކަމެވެ. އާއްމު ފަރުދުންނާއި ކިޔަވާކުދިން ކޮންމެވެސް ވަރަކަށް ދިވެހި މުހާވިރާތައް ބޭނުންކުރި ނަމަވެސް މީޑިއާތަކުން ދިވެހި މުހާވިރާތައް ދިރުވާ އާލާ ކުރުމަށް މާބޮޑު އަހަމިއްޔަތެއް ދީފައިނުވާކަމެވެ. ދިވެހި މުދައްރިސުން ކިޔަވައިދެއްވުމުގައި ދިވެހި މުހާވިރާތައް އެއްވެސްގޮތަކަށް ބޭނުންކުރަމުން ނުދާކަން މި ދިރާސާއިން ވަރަށް ރަނގަޅަށް ހާމަވެގެން ދިޔައެވެ. އަދި ދިވެހި މުހާވިރާތަޢް ކިޔަވައިދެއްވަނީ ޓެސްޓްގައި ސުވާލު ދޭތީކަމާއި އެއީ ދިވެހިންގެ އަގުބޮޑު ތަރިކައެއް ކަމަށް ދެކިގެން ނޫންކަންވެސް ހާމަ ވެގެން ދިޔައެވެ. އެހެންކަމުން ދިވެހި މުހާވިރާތަކަކީ ދިވެހިންގެ އަގުބޮޑު ތަރިކައެއް ކަމުގައި ދެކި، އެއީ މިހާރަށްވުރެ ބޮޑަށް އަހަމިއްޔަތުކަން ދީގެން އަހުލުވެރިވާން ވެއްޖެ ތަރިކައެކެވެ. އަދި މި ދިރާސާގެ މައިގަނޑު ބޭނުމަކީވެސް ދިވެހި މުހާވިރާތަކަށް މިހާރަށްވުރެ އަހުލުވެރި ޖީލު ތަކެއް ބިނާވެގެން ދިޔުމެވެ.en_US
dc.identifier.citationޝިއުނާ އަޙުމަދު. (2009). ދިވެހި މުހާވިރާތަކަށް އަދުގެ މުޖުތަމަޢުން ދީފައިވާ މަޤާމް. މާލެ، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން.en_US
dc.identifier.citationAhmed, S. (2009). Dhivehi muhaaviraathakah adhuge mujuthamau'n dheefaivaa maqaam. Male', Maldives College of Higher Education.
dc.identifier.urihttp://saruna.mnu.edu.mv/jspui/handle/123456789/1413
dc.publisherފެކަލްޓީ އޮފް އާޓްސް، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަންen_US
dc.publisherFaculty of Arts, Maldives College of Higher Education
dc.titleދިވެހި މުހާވިރާތަކަށް އަދުގެ މުޖުތަމަޢުން ދީފައިވާ މަޤާމްen_US
dc.title.alternativeDhivehi muhaaviraathakah adhuge mujuthamau'n dheefaivaa maqaamen_US
dc.typeThesisen_US

Files

Original bundle

Now showing 1 - 1 of 1
Thumbnail Image
Name:
Shiuna Ahmed.pdf
Size:
23.24 MB
Format:
Adobe Portable Document Format
Description:

License bundle

Now showing 1 - 1 of 1
No Thumbnail Available
Name:
license.txt
Size:
1.71 KB
Format:
Item-specific license agreed upon to submission
Description: