ރަސްމީ ބަހުރުވައިގައި ސީނު ސުކުނަށް /S/ ނިމިފައި ހުންން ނަމުގެ ލަފުޒުތަކާއި އަދި އުބުފިއްޔަށް /U/ ނިމިފައި ހުންނަ ނަމުގެ ލަފުޒުތައް ހައްދުންމަތީ މާމެންދޫ ބަހުރުވަޔަށް ބަދަލުވެގެންދާއިރު އެ ލަފުޒުތަކަށް އަންނަ ފޮނޮލޮޖިކަލް ބަދަލުތަކާއި ބަދަލު އަންނަ އުސޫލުތައް.

dc.contributor.authorRashida, Fathimath
dc.contributor.authorފާތިމަތު ރާޝިދާ
dc.date.accessioned2018-03-15T17:02:35Z
dc.date.available2018-03-15T17:02:35Z
dc.date.issued2013-11-01
dc.description.abstractމި ދިރަސާއަކީ ބަހަވީ ޢިލްމުވެރިން ކުރައްވާފައިވާ ދިރާސާތަކުގެ އަލީގައި، ބަހުރުވަތަކުގެ މެދުގައި، ބޮޑެތި ތަފާތުތަކެއް ވާކަމަށް ފާހަގަކުރެވިފައިވާތީ، ދިވެހިރާއްޖޭގެ ދެ ބަހުރުވައެއް ކަމަށްވަ ރަސްމީ ބަހުރުވައާއި ހައްދުންމަތީ ބަހުރުވައާ ދެމެދު "ނަން" މިބައިގައި ހިމެނޭ ލަފުޒުތައް ބޭނުންކުރާގޮތް ދެނެގަތުމަށް ހަދާފައިވާ ދިރާސާއެކެވެ. މި ދިރާސާ އަމާޒުކުރެވިފައިވަނީމި ދެބަހުރުވައިގެ ދެމެދުގައި "ނަން" މި ބައިގެ ތެރެއިން "ސް" /s/ އާއި "ު" /u/ ނިމިފައިވާ ލަފުޒު ބޭނުންކުރާއިރު އަންނަ ފޮނުލޮޖިކަލް ބަދަލު ދެނެގަތުމަށާއި މި ބަދަލު އަނަން އުސޫލު ހޯދުމުގެ މައްޗަށެވެ. މިދިރަސާ ހެދީ ކުއަލިޓޭޓިވު ޕެރަޑައިމްގެ ދަށުން އިންޑަކްޓިވު އެޕްރޯޗެއް ބޭނުންކޮށްގެންނެވެ. މި ދިރާސާގައި ދެގޮތަކަށް ސާމްޕަލް ނެގީމެވެ. އެއީ ސުވާލު ކުރަދާހެއް ފުރުވައިގެންނާއި އިންޓަވިއުކޮށްގެންނެވެ. މީގެތެރެއިން ސުވާލު ކަރުދާސްފުރުމުގައި 20 މީހުން އަދި އިންޓަވިއުގައި 40 މީހުން ބައިވެރިކޮށްގެން ހެދި މިދިރާސާގައި 72 ލަފުޒަށް އަންނަ ބަދަލު ބެލީމެވެ. މި ހޯދުނު ހޯދުމުން އެނގުނު ގޮތުގައި ބައެއް ލަފުޒަށް ފޮނޮލޮޖިކަލް ބަދަލު އައިސްފައިވެއެވެ. މި ދިރާސާއިން ހޯދުނުގޮތުގައި ނަމުގެ ލަފުޒުތަކުގެތެރެއިން "ސް" /s/ އާއި "ު" /u/ ނިމިފައިވާ ލަފުޒުތަކުގެތެރެއިން ބައެއް ލަފުޒަށް ފޮނޮލޮޖިކަލް ބަދަލު އައިސްފައިވެއެވެ. މިގޮތުން މި ބަދަލު އައުމުގައި އިސްރޯލެއް އަދާކުރަނީ އެލަފުޒެއްގައި ފޮނީމް ހިމެނޭ އަދަދާއި ނިމޭ ސިލަބަލްގެ ޕްރިސީޑިން ފިލި އަޑާއި ސުކުން އަޑެވެ. ހަމައެހެންމެ ނިމޭ ސުކުން އަޑަކީ ވަކި އަޑަކީ ވަކި އަޑަކަށް ވުމުގެ ސަބަބުން ފޮނޮލޮޖިކަލް ބަދަލު ނާންނަކަންވެސް ފާހަގަކުރެވިފައިވެއެވެ. ހަމަ މިއާއެކު މި ދިރާސާއިން ހާއްސަ ދެހާލަތެއް ފާހާގަކުރެވިފައިވެއެވެ. ޖުމްލަކޮށް ބަލާއިރު މިދިރާސާ ވެގެން މިދިޔައީ ރަސްމީ ބަހުރުވައާއި ހައްދުންމަތީ ބަހުރުވައިގެ މެދުގައި ތަފާތުތަކެއް ހުރިކަމަށް ބުނާ އިލްމުވެރިންގެ ވާހަކަ ތެދުކޮށްދިން ދިރާސާއަކަށެވެ. ހަމައެހެންމެ ހައްދުންމަތީ މާމެންދޫގެ ބަހުރުވަ ދިރާސާ ކުރަން ބޭނުން ފަރާތްތަކަށް ހުޅުވާލެވުނު މަގެއްކަމުގައިވެސް މި ދިރާސާ ވެގެން ދާނެއެވެ.en_US
dc.identifier.citationRashida, F. (2013). Rasmee bahuruvaigai seenu sukunah /S/ nimifai hunna namuge lafuzuthah adhi ubufihyah /U/ nimifai hunna namuge lafuzuthah Hahdhunmathee Maamendhoo bahuruvayah badhaluvegendhaairu eylafuzu thakah anna fonological badhaluthakaai badhalu anna usoolthah. Male', Maldives National University.en_US
dc.identifier.citationފާތިމަތު ރާޝިދާ. (2013). ރަސްމީ ބަހުރުވައިގައި ސީނު ސުކުނަށް /S/ ނިމިފައި ހުންން ނަމުގެ ލަފުޒުތަކާއި އަދި އުބުފިއްޔަށް /U/ ނިމިފައި ހުންނަ ނަމުގެ ލަފުޒުތައް ހައްދުންމަތީ މާމެންދޫ ބަހުރުވަޔަށް ބަދަލުވެގެންދާއިރު އެ ލަފުޒުތަކަށް އަންނަ ފޮނޮލޮޖިކަލް ބަދަލުތަކާއި ބަދަލު އަންނަ އުސޫލުތައް. . މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.
dc.identifier.urihttp://saruna.mnu.edu.mv/jspui/handle/123456789/935
dc.publisherFaculty of Arts, Maldives National Universityen_US
dc.publisherފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
dc.subjectބަހަވީ ޢިލްމުވެރިންen_US
dc.subjectބަހުރުވަތަކުގެ މެދުގައި، ބޮޑެތި ތަފާތުތަކެއްen_US
dc.subjectފޮނޮލޮޖިކަލް ބަދަލުen_US
dc.subjectރަސްމީ ބަހުރުވަen_US
dc.subjectހައްދުންމަތީ ބަހުރުވަen_US
dc.subjectމާމެންދޫen_US
dc.subjectނަމުގެ ލަފްޒްތައްen_US
dc.subjectބަހަރުވައަށް ބަދަލުކުރުންen_US
dc.titleރަސްމީ ބަހުރުވައިގައި ސީނު ސުކުނަށް /S/ ނިމިފައި ހުންން ނަމުގެ ލަފުޒުތަކާއި އަދި އުބުފިއްޔަށް /U/ ނިމިފައި ހުންނަ ނަމުގެ ލަފުޒުތައް ހައްދުންމަތީ މާމެންދޫ ބަހުރުވަޔަށް ބަދަލުވެގެންދާއިރު އެ ލަފުޒުތަކަށް އަންނަ ފޮނޮލޮޖިކަލް ބަދަލުތަކާއި ބަދަލު އަންނަ އުސޫލުތައް.en_US
dc.title.alternativeRasmee bahuruvaigai seenu sukunah /S/ nimifai hunna namuge lafuzuthah adhi ubufihyah /U/ nimifai hunna namuge lafuzuthah Hahdhunmathee Maamendhoo bahuruvayah badhaluvegendhaairu eylafuzu thakah anna fonological badhaluthakaai badhalu anna usoolthah.en_US
dc.typeThesisen_US

Files

Original bundle

Now showing 1 - 1 of 1
Thumbnail Image
Name:
Fathimath Rashida.pdf
Size:
2.6 MB
Format:
Adobe Portable Document Format
Description:

License bundle

Now showing 1 - 1 of 1
No Thumbnail Available
Name:
license.txt
Size:
1.71 KB
Format:
Item-specific license agreed upon to submission
Description: