ޢާއިލީ ނަންތަކުގެ ބަސްކޮށާރުގައި ދިވެހިބަހުގެ ރަސްމީބަހުރުވަ އާއި ފ. އަދި ދ. އަތޮޅު ބަހުރުވައިގައި ހުރި ތަފާތަކީ ކޮބާ؟
Loading...
Date
2011-11-01
Authors
Journal Title
Journal ISSN
Volume Title
Publisher
Faculty of Arts, Maldives College of Higher Education
Abstract
މި ދިރާސާއަކީ ޢާއިލީނަންތަކުގެ ބަސްކޮށާރުގައި، ދިވެހިބަހުގެ ރަސްމީބަހުރުވަ އާއި ފ. އަދި ދ. އަތޮޅުގެ ބަހުރުވައިގައި ހުރި ތަފާތުތައް ބެލުމަށް ކުރި ދިރާސާއެކެވެ. މިކަމުގެ ބޭނުމަކީ ޢާއިލީނަމުގެ ބަސްކޮށާރުގައި ދިވެހިބަހުގެ ރަސްމީބަހުރުވައިގައި އެކުލެވިގެންނުވާ ޢާއިލީނަންތަކެއް ފ. އަދި ދ. އަތޮޅުގެ ބަހުރުވައިގެ ތެރެއިން ފެނިގެންދާތީ މި މަޢުލޫމާތު ފުރިހަމައަށް ދެނެގަނެ މިކަން ރަނގަޅު ގޮތުގައި އަންނަންއޮތް ޖީލުތަކަށް ފޯރުކޮށްދިނުމެވެ. ވުމާއެކު މި ދެ އަތޮޅުން ޖުމުލަ 144 މީހުން ހޮވައި މި ދިރާސާގެ ސާމްޕަލް ނެގިއިރު، ރަސްމީބަހުރުވައިގެ ސާމްޕަލް ނެގީ ދިވެހި ބަސްފޮތުންނެވެ.
މި ދިރާސާއިން ހޯދުނު މަޢުލޫމާތުން ފާހަގަކުރެވުނު އެންމެ މުހިއްމު އެއްކަމަކީ ލޭގެގުޅުމުގެ ސަބަބުން އުފެދިފައިވާ ޢާއިލީނަންތަކުގެ ބަސްކޮށާރުގައި ދިވެހި ރަސްމީބަހުރުވައަށްވުރެ ފ. އަތޮޅާއި ދ. އަތޮޅުގެ ދެ ރަށަކުން ތަފާތުކޮށް ޢާއިލީނަން ބޭނުންކުރަމުންދާކަމެވެ. ނަމަވެސް ދ. އަތޮޅުގެ ބައެއް ތަށްތަކުން މި ބަދަލުތައް ފެނިގެނެއް ނުދެއެވެ. އަދި ފ. އަތޮޅަށް ބަލާއިރު ޚާއްޞަކޮށް ފ. ނިލަންދޫ މީހުންގެ ޢާއިލީނަމުގެ ބަސްކޮށާރު އެހެން ރަށްތަކުގެ ބަސްކޮށާރަށްވުރެ ވެސް މުއްސަނދިކަން ފާހަގަކުރެވިގެން ދިޔައެވެ.
މި ދިރާސާގެ އަލީގައި ޢާއިލީނަން ބޭނުންކުރުމުގައި ދުނިޔޭގެ ފެންވަރުގެ 6 ސިސްޓަމެއް އޮންނަކަން ފާހަގަކުރެވުނެވެ. އެގޮތުން ދިވެހިބަހުގެ ރަސްމީބަހުރުވައިގައި ބޭނުންކުރާ ޢާއިލީނަމުގެ ސިސްޓަމާއި ދ. އަތޮޅުގެ ބައެއް ރަށްތަކުގެ އަހުލުވެރިން ބޭނުންކުރާ ޢާއިލީނަމުގެ ސިސްޓަމު، އެސްކިމޯ ސިސްޓަމަށް ފެތިގެންދާއިރު، ފ. އަތޮޅާއި ދ. އަތޮޅުގެ ދެ ރަށެއްގެ ޢާއިލީނަމުގެ ސިސްޓަމު ގާތްކުރަނީ ސޫދާނީ ސިސްޓަމާއެވެ. މީގެއިތުރުން ޢިލްމުވެރިން ތަފާތު ގޮތްގޮތަށް ޢާއިލީނަން ބައިކޮށްފައިވާއިރު، މިބައިގެ ތެރެއިންވެސް މި ދެ ބަހުރުވައިގެ ތަފާތު ފެނިގެންދެއެވެ.
Description
Keywords
ދިވެހިބަހުގެ ރަސްމީބަހުރުވަ, ފ. އަދި ދ. އަތޮޅު ބަހުރުވަ, ޢާއިލީނަން ބޭނުންކުރަމުންދޭ, ބަދަލުތައް ފެނިގެނެއް ނުދޭ, ރަސްމީބަހުރުވައިގައި
Citation
Aailee nanthakuge baskoshaarugai dhivehibahuge rasmee bahuruvaaai faafu adhi dhaalu atholhu bahuruvaigai huri thafaathakee kobaa?