ޢާއިލީ ނަންތަކުގެ ބަސްކޮށާރުގައި ދިވެހިބަހުގެ ރަސްމީބަހުރުވަ އާއި ފ. އަދި ދ. އަތޮޅު ބަހުރުވައިގައި ހުރި ތަފާތަކީ ކޮބާ؟

dc.contributor.authorދިޔާނާ އަބްދުﷲ
dc.contributor.authorAbdullah, Dhiyana
dc.date.accessioned2018-04-01T13:58:49Z
dc.date.available2018-04-01T13:58:49Z
dc.date.issued2011-11-01
dc.description.abstractމި ދިރާސާއަކީ ޢާއިލީނަންތަކުގެ ބަސްކޮށާރުގައި، ދިވެހިބަހުގެ ރަސްމީބަހުރުވަ އާއި ފ. އަދި ދ. އަތޮޅުގެ ބަހުރުވައިގައި ހުރި ތަފާތުތައް ބެލުމަށް ކުރި ދިރާސާއެކެވެ. މިކަމުގެ ބޭނުމަކީ ޢާއިލީނަމުގެ ބަސްކޮށާރުގައި ދިވެހިބަހުގެ ރަސްމީބަހުރުވައިގައި އެކުލެވިގެންނުވާ ޢާއިލީނަންތަކެއް ފ. އަދި ދ. އަތޮޅުގެ ބަހުރުވައިގެ ތެރެއިން ފެނިގެންދާތީ މި މަޢުލޫމާތު ފުރިހަމައަށް ދެނެގަނެ މިކަން ރަނގަޅު ގޮތުގައި އަންނަންއޮތް ޖީލުތަކަށް ފޯރުކޮށްދިނުމެވެ. ވުމާއެކު މި ދެ އަތޮޅުން ޖުމުލަ 144 މީހުން ހޮވައި މި ދިރާސާގެ ސާމްޕަލް ނެގިއިރު، ރަސްމީބަހުރުވައިގެ ސާމްޕަލް ނެގީ ދިވެހި ބަސްފޮތުންނެވެ. މި ދިރާސާއިން ހޯދުނު މަޢުލޫމާތުން ފާހަގަކުރެވުނު އެންމެ މުހިއްމު އެއްކަމަކީ ލޭގެގުޅުމުގެ ސަބަބުން އުފެދިފައިވާ ޢާއިލީނަންތަކުގެ ބަސްކޮށާރުގައި ދިވެހި ރަސްމީބަހުރުވައަށްވުރެ ފ. އަތޮޅާއި ދ. އަތޮޅުގެ ދެ ރަށަކުން ތަފާތުކޮށް ޢާއިލީނަން ބޭނުންކުރަމުންދާކަމެވެ. ނަމަވެސް ދ. އަތޮޅުގެ ބައެއް ތަށްތަކުން މި ބަދަލުތައް ފެނިގެނެއް ނުދެއެވެ. އަދި ފ. އަތޮޅަށް ބަލާއިރު ޚާއްޞަކޮށް ފ. ނިލަންދޫ މީހުންގެ ޢާއިލީނަމުގެ ބަސްކޮށާރު އެހެން ރަށްތަކުގެ ބަސްކޮށާރަށްވުރެ ވެސް މުއްސަނދިކަން ފާހަގަކުރެވިގެން ދިޔައެވެ. މި ދިރާސާގެ އަލީގައި ޢާއިލީނަން ބޭނުންކުރުމުގައި ދުނިޔޭގެ ފެންވަރުގެ 6 ސިސްޓަމެއް އޮންނަކަން ފާހަގަކުރެވުނެވެ. އެގޮތުން ދިވެހިބަހުގެ ރަސްމީބަހުރުވައިގައި ބޭނުންކުރާ ޢާއިލީނަމުގެ ސިސްޓަމާއި ދ. އަތޮޅުގެ ބައެއް ރަށްތަކުގެ އަހުލުވެރިން ބޭނުންކުރާ ޢާއިލީނަމުގެ ސިސްޓަމު، އެސްކިމޯ ސިސްޓަމަށް ފެތިގެންދާއިރު، ފ. އަތޮޅާއި ދ. އަތޮޅުގެ ދެ ރަށެއްގެ ޢާއިލީނަމުގެ ސިސްޓަމު ގާތްކުރަނީ ސޫދާނީ ސިސްޓަމާއެވެ. މީގެއިތުރުން ޢިލްމުވެރިން ތަފާތު ގޮތްގޮތަށް ޢާއިލީނަން ބައިކޮށްފައިވާއިރު، މިބައިގެ ތެރެއިންވެސް މި ދެ ބަހުރުވައިގެ ތަފާތު ފެނިގެންދެއެވެ.en_US
dc.identifier.citationAailee nanthakuge baskoshaarugai dhivehibahuge rasmee bahuruvaaai faafu adhi dhaalu atholhu bahuruvaigai huri thafaathakee kobaa?en_US
dc.identifier.urihttp://saruna.mnu.edu.mv/jspui/handle/123456789/1444
dc.publisherFaculty of Arts, Maldives College of Higher Educationen_US
dc.subjectދިވެހިބަހުގެ ރަސްމީބަހުރުވަen_US
dc.subjectފ. އަދި ދ. އަތޮޅު ބަހުރުވަen_US
dc.subjectޢާއިލީނަން ބޭނުންކުރަމުންދޭen_US
dc.subjectބަދަލުތައް ފެނިގެނެއް ނުދޭen_US
dc.subjectރަސްމީބަހުރުވައިގައިen_US
dc.titleޢާއިލީ ނަންތަކުގެ ބަސްކޮށާރުގައި ދިވެހިބަހުގެ ރަސްމީބަހުރުވަ އާއި ފ. އަދި ދ. އަތޮޅު ބަހުރުވައިގައި ހުރި ތަފާތަކީ ކޮބާ؟en_US
dc.title.alternativeAailee nanthakuge baskoshaarugai dhivehibahuge rasmee bahuruvaaai faafu adhi dhaalu atholhu bahuruvaigai huri thafaathakee kobaa?en_US
dc.typeThesisen_US

Files

Original bundle

Now showing 1 - 1 of 1
Thumbnail Image
Name:
Dhiyana Abdullah.pdf
Size:
2.4 MB
Format:
Adobe Portable Document Format

License bundle

Now showing 1 - 1 of 1
No Thumbnail Available
Name:
license.txt
Size:
1.71 KB
Format:
Item-specific license agreed upon to submission
Description: