ސާދާ ޖުމުލައާއި، ކޯނި ޖުމުލަ އަދި އެކުވި ޖުމުލަ ފުރިހަމަވުމުގައި ކްލޯޒްގެ ދައުރު.

Loading...
Thumbnail Image

Date

2015-11-01

Journal Title

Journal ISSN

Volume Title

Publisher

Faculty of Arts, Maldives National University
ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ

Abstract

މި ދިރާސާއަކީ ދިވެހި ބަހުގައި ހިމެނޭ ސާދާ ޖުމުލައާއި، ކޯނި ޖުމުލަ އަދި އެކުވި ޖުމުލަ ފުރިހަމަވުމުގައި ކްލޯޒްގެ ދައުރަކީ ކޮބައިތޯ ބެލުމުގެ މައްޗަށް ކުރެވުނު ދިރާސާއެކެވެ. މިގޮތުން މި ދިރާސާ އަމާޒު ކުރެވިފައި ވަނީ ދިވެހި ބަހުން އެކުލަވާފައިވާ ބައެއް ފޮތްތަކުގައި ހުރި މިފަދަ ޖުމުލަ ތަކުގެ މައްޗަށެވެ. މި ދިރަސާއިން ހޯދުނު މަޢުލޫމާތުގެ އަލީގައި ފާހަގަ ކުރެވުނު އެންމެ މުހިއްމު ކަމަކީ ދިވެހި ބަހުގައި ވެސް ދުނިޔޭގެ އެހެން ބަސްތައް ފަދައިން ސާދާ ޖުމުލަ، އެކުވި ޖުމުލަ އަދި ކޯނި ޖުމުލަ ވެސް އުފެދިފައި ހުންނަނީ ދާދި އެއްގޮތަށް ކަމަށެވެ. އަދި މަނގަނޑު ގޮތެއްގައި މި ޖުމުލަތަކުގައި ކޮލޯޒްއަދާކުރާ ދައުރުވެސް އެއްގޮތެވެ. އެހެންނަމަވެސް ޢާންމުކޮށް އިނގިރޭސި ބަހުގައި ސާދާ ޖުމުލައިގެ ކްލޯޒްގެތެރޭގައި އިސްބަޔާއި ޚަބަރުގެ އިތުރުން ވާބް ފްރޭޒް ވެސް އައިސްފައި ހުރެއެވެ. ދިވެހި ބަހުގައިވެސް މިފަދަ ޖުމުލަތައް ހުރިކަން، މިދިރާސާއިން ހޯދުނެވެ. ނަމަވެސް މިއީ ދިވެހި ބަހުގައި ޢާންމުކޮށް ސާދާ ޖުމުލަ އެފެދިފައި ހުންނަ އުޞޫލެއް ނޫނެވެ. އަދި މިފަދަ ޖުމުލަތައް އަންނަ އުޞޫލު ހޯދުމަކީ މިދިރާސާގައި ހޯދަން ކަނޑައެޅިފައިވާ ބަޔަކަށް ނުވާތީ، އެބަޔަށް ބަލާފައެއް ނުވާނެއެވެ. ހަމަ އެއާއެކު އިނގިރޭސި ބަހާއި ޢަރަބި ބަހުގެ ހުންނަ ފަދަ ކޯނި ޖުމުލައާއި އެކުވި ޖުމުލައިގެ ކްލޯޒްގެ ބައެއް ވައްތަރުތައް ދިވެހި ބަހުން ފެންނަން ނެތްކަން މި ދިރާސާއިން ހާމަވިއެވެ. މިދިރާސާއިން ހޯދުނު އަނެއްކަމަކީ ދިވެހި ބަހުގައި ސާދާ ޖުމުލަ، ކޯނި ޖުމުލަ އަދި އެކުވި ޖުމުލަައިގެ ތެރެއަށްވެސް ނުފެތޭ ފަދަ ޖުމުލަތައް ހުރުމެވެ. އެފަދަ ޖުމުލަތައް ހިމެނިގެންދަނީ ޖުމުލައިގެ ތެރެއިން ކޮން ބަޔަކަށްކަން ކަނޑައަޅަން ނޭގޭ ޖުމުލަވެސް ހުއްޓެވެ. ކޮންމެ މީހަކީ ނުވަތަ ކޮންމެ ކުއްޖަކީ ބަހުގެ ގޮތުން މާމޮޅު ނޫން ފަރާތަކަށް ވެދާނެއެވެ. ނަމަވެސް މިދެންނެވި ފަދައިން ޖުމުލަތައް ކެޓަގަރައިޒް ކުރެވިފައި ހުރުމުން ބަހުގެ އަހުލުވެރިންނަށް ދޭހަވުމަށް ފަސޭހަވެގެން ދާނެއެވެ. އެހެނީ ކޮންމެ ޖުމުލައެއްވެސް އުފެދުމަށްފަހު އެޖުމުލައަކީ ކޮންމެވެސް ކެޓަގަރީއަކަށް ފެތޭ ޖުމުލައަކަށް ވުމީ މުހިންމު ކަމެކެވެ.

Description

Keywords

ސާދާ ޖުމުލަ, ކޯނި ޖުމުލަ, އެކުވި ޖުމުލަ, ކްލޯޒްގެ ދައުރު, ޖުމުލަތައް ހިމެނިގެންދާބައި

Citation

Ismail, A. (2015) Saadhaa jumlaaai, koani jumla adhi ekuvi jumla furihamavumugai kuloazege dhauru. Male', Maldives National University.
ޢާއިޝަތު އިސްމާޢީލް . (2015). ސާދާ ޖުމުލައާއި، ކޯނި ޖުމުލަ އަދި އެކުވި ޖުމުލަ ފުރިހަމަވުމުގައި ކްލޯޒްގެ ދައުރު. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.

Endorsement

Review

Supplemented By

Referenced By