ސާދާ ޖުމުލައާއި، ކޯނި ޖުމުލަ އަދި އެކުވި ޖުމުލަ ފުރިހަމަވުމުގައި ކްލޯޒްގެ ދައުރު.

dc.contributor.authorIsmail, Aishath
dc.contributor.authorޢާއިޝަތު އިސްމާޢީލް
dc.date.accessioned2018-03-20T15:12:04Z
dc.date.available2018-03-20T15:12:04Z
dc.date.issued2015-11-01
dc.description.abstractމި ދިރާސާއަކީ ދިވެހި ބަހުގައި ހިމެނޭ ސާދާ ޖުމުލައާއި، ކޯނި ޖުމުލަ އަދި އެކުވި ޖުމުލަ ފުރިހަމަވުމުގައި ކްލޯޒްގެ ދައުރަކީ ކޮބައިތޯ ބެލުމުގެ މައްޗަށް ކުރެވުނު ދިރާސާއެކެވެ. މިގޮތުން މި ދިރާސާ އަމާޒު ކުރެވިފައި ވަނީ ދިވެހި ބަހުން އެކުލަވާފައިވާ ބައެއް ފޮތްތަކުގައި ހުރި މިފަދަ ޖުމުލަ ތަކުގެ މައްޗަށެވެ. މި ދިރަސާއިން ހޯދުނު މަޢުލޫމާތުގެ އަލީގައި ފާހަގަ ކުރެވުނު އެންމެ މުހިއްމު ކަމަކީ ދިވެހި ބަހުގައި ވެސް ދުނިޔޭގެ އެހެން ބަސްތައް ފަދައިން ސާދާ ޖުމުލަ، އެކުވި ޖުމުލަ އަދި ކޯނި ޖުމުލަ ވެސް އުފެދިފައި ހުންނަނީ ދާދި އެއްގޮތަށް ކަމަށެވެ. އަދި މަނގަނޑު ގޮތެއްގައި މި ޖުމުލަތަކުގައި ކޮލޯޒްއަދާކުރާ ދައުރުވެސް އެއްގޮތެވެ. އެހެންނަމަވެސް ޢާންމުކޮށް އިނގިރޭސި ބަހުގައި ސާދާ ޖުމުލައިގެ ކްލޯޒްގެތެރޭގައި އިސްބަޔާއި ޚަބަރުގެ އިތުރުން ވާބް ފްރޭޒް ވެސް އައިސްފައި ހުރެއެވެ. ދިވެހި ބަހުގައިވެސް މިފަދަ ޖުމުލަތައް ހުރިކަން، މިދިރާސާއިން ހޯދުނެވެ. ނަމަވެސް މިއީ ދިވެހި ބަހުގައި ޢާންމުކޮށް ސާދާ ޖުމުލަ އެފެދިފައި ހުންނަ އުޞޫލެއް ނޫނެވެ. އަދި މިފަދަ ޖުމުލަތައް އަންނަ އުޞޫލު ހޯދުމަކީ މިދިރާސާގައި ހޯދަން ކަނޑައެޅިފައިވާ ބަޔަކަށް ނުވާތީ، އެބަޔަށް ބަލާފައެއް ނުވާނެއެވެ. ހަމަ އެއާއެކު އިނގިރޭސި ބަހާއި ޢަރަބި ބަހުގެ ހުންނަ ފަދަ ކޯނި ޖުމުލައާއި އެކުވި ޖުމުލައިގެ ކްލޯޒްގެ ބައެއް ވައްތަރުތައް ދިވެހި ބަހުން ފެންނަން ނެތްކަން މި ދިރާސާއިން ހާމަވިއެވެ. މިދިރާސާއިން ހޯދުނު އަނެއްކަމަކީ ދިވެހި ބަހުގައި ސާދާ ޖުމުލަ، ކޯނި ޖުމުލަ އަދި އެކުވި ޖުމުލަައިގެ ތެރެއަށްވެސް ނުފެތޭ ފަދަ ޖުމުލަތައް ހުރުމެވެ. އެފަދަ ޖުމުލަތައް ހިމެނިގެންދަނީ ޖުމުލައިގެ ތެރެއިން ކޮން ބަޔަކަށްކަން ކަނޑައަޅަން ނޭގޭ ޖުމުލަވެސް ހުއްޓެވެ. ކޮންމެ މީހަކީ ނުވަތަ ކޮންމެ ކުއްޖަކީ ބަހުގެ ގޮތުން މާމޮޅު ނޫން ފަރާތަކަށް ވެދާނެއެވެ. ނަމަވެސް މިދެންނެވި ފަދައިން ޖުމުލަތައް ކެޓަގަރައިޒް ކުރެވިފައި ހުރުމުން ބަހުގެ އަހުލުވެރިންނަށް ދޭހަވުމަށް ފަސޭހަވެގެން ދާނެއެވެ. އެހެނީ ކޮންމެ ޖުމުލައެއްވެސް އުފެދުމަށްފަހު އެޖުމުލައަކީ ކޮންމެވެސް ކެޓަގަރީއަކަށް ފެތޭ ޖުމުލައަކަށް ވުމީ މުހިންމު ކަމެކެވެ.en_US
dc.identifier.citationIsmail, A. (2015) Saadhaa jumlaaai, koani jumla adhi ekuvi jumla furihamavumugai kuloazege dhauru. Male', Maldives National University.en_US
dc.identifier.citationޢާއިޝަތު އިސްމާޢީލް . (2015). ސާދާ ޖުމުލައާއި، ކޯނި ޖުމުލަ އަދި އެކުވި ޖުމުލަ ފުރިހަމަވުމުގައި ކްލޯޒްގެ ދައުރު. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.
dc.identifier.urihttp://saruna.mnu.edu.mv/jspui/handle/123456789/1033
dc.publisherFaculty of Arts, Maldives National Universityen_US
dc.publisherފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
dc.subjectސާދާ ޖުމުލަen_US
dc.subjectކޯނި ޖުމުލަen_US
dc.subjectއެކުވި ޖުމުލަen_US
dc.subjectކްލޯޒްގެ ދައުރުen_US
dc.subjectޖުމުލަތައް ހިމެނިގެންދާބައިen_US
dc.titleސާދާ ޖުމުލައާއި، ކޯނި ޖުމުލަ އަދި އެކުވި ޖުމުލަ ފުރިހަމަވުމުގައި ކްލޯޒްގެ ދައުރު.en_US
dc.title.alternativeSaadhaa jumlaaai, koani jumla adhi ekuvi jumla furihamavumugai kuloazege dhauru.en_US
dc.typeThesisen_US

Files

Original bundle

Now showing 1 - 1 of 1
Thumbnail Image
Name:
Aishath Ismail.pdf
Size:
899.82 KB
Format:
Adobe Portable Document Format
Description:

License bundle

Now showing 1 - 1 of 1
No Thumbnail Available
Name:
license.txt
Size:
1.71 KB
Format:
Item-specific license agreed upon to submission
Description: