Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/1337
Title: ދިވެހިބަހުގެ މުހާވަރާއިން ދިވެހި ސަގާފީ އަގުތަކާއި ދިވެހިންގެ ވިސްނުންހުންނަގޮތް ދައްކުވައިދޭހެއްޔެ؟
Other Titles: Dhivehi bahuge muhaavaraain dhivehi saqaafee aguthakaai dhivehinge visnunhunnagoiy dhakkuvaidhey heyyeve?
Authors: ފާތުމަތު ހަސަން
Hassan, Fathimath
Issue Date: 1-Nov-2017
Publisher: Faculty of Arts, Maldives National University
Citation: ފާތުމަތު ހަސަން. (2017). ދިވެހިބަހުގެ މުހާވަރާއިން ދިވެހި ސަގާފީ އަގުތަކާއި ދިވެހިންގެ ވިސްނުންހުންނަގޮތް .ދައްކުވައިދޭހެއްޔެ؟. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
Hassan, F. (2017). Dhivehi bahuge muhaavaraain dhivehi saqaafee aguthakaai dhivehinge visnunhunnagoiy dhakkuvaidhey heyyeve?. Male', Maldives National University.
Abstract: މި ދިރާސާ އަކީ ދިވެހިބަހުގެ މުހާވަރާއިން ދިވެހި ސަގާފީ އަގުތަކާއި ދިވެހިންގެ ވިސްނުންހުންނަގޮތް ދައްކުވައިދޭތޯ ބެލުމަށްކުރެވުނު ދިރާސާއެކެވެ. އޭގެ ސަބަބުން މިފަދަ މުހާވަރާތަކުގެ ބޭނުން އެކަށީގެންވާ ގޮތުގައި ބޭނުންކުރަންޖެހޭ ރަނގަޅު ހާލަތުގައި ބޭނުންކުރުމަށް ބާރުއެޅޭނެއެވެ. ދިވެހިބަހުގައި ހިމެނޭ މިފަދަ ބައިތައް މިހާރަކަށް އައިސް ބޭނުން ކުރެވެނީ ވަރަށް މަދުންނެވެ. އަދި ބޭނުންކުރުމުގައި އޭގެ އެންމެ ރަނގަޅުގޮތުގައި ބޭނުންކުރާކަށް ނޭގެއެވެ. އެހެންކަމުން މިފަދަ މުހާވަރާތަކުން ހާމަކޮށްދޭ ކަންތައްތައް ހޯދައި ބަލައި ދިރާސާކޮށް އޭގެއިން ދޭހަކޮށްދޭ ކަންތައްތަކަކީ ކޮބައިތޯ ބެލުމަކީ ދިވެހި ބަހާއި ދިވެހި އަދަބިއްޔާތަށްޓަކައި ކޮއްދެވިދާނެކަމެއް ކަމުގައި ދެކެމެވެ. މި ދިރާސާ ކުރުމަށްޓަކައި ބޭނުންކޮށްފައިވާނީ ދިވެހިބަހުން ލިޔެ ޝާއިއު ކުރެވިފައިވާ ދިވެހިބަހުގެ މުހާވަރާއެވެ. ދިރާސާގައި ބަލާފައިވާނީ މުހާވަރާއާއި ދިވެހިސަގާފަތާއި ހުރި ގުޅުމާއި މުހާވަރާއިން ދޭހަކޮށްދެނީ ކޮންކަމެއްތޯއެވެ. އަދި މުހާވަރާ ހަދާފައި ހުރީ ކޮން މަގްޞަދެއްގައި ބޭނުންކުރުމަށްތޯއެވެ. އެގޮތުން ފެނުނު ކަންތައްތަކުގެ ތެރޭގައި މުހާވަރާގެ ލަފުޒުތަކުން ދިވެހިންގެ ސަގާފަތާއި އާދަކާދަ ވެއްޓާއި ގުޅުން ހުރިކަން ހާމަވެފައިވެއެވެ. އަދި ދިވެހިންގެ ވިސްނުމާއި ހިޔާލު ހުރިގޮތް ހާމަވިއެވެ.
URI: http://saruna.mnu.edu.mv/jspui/handle/123456789/1337
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
Fathimath Hassan.pdf447.71 kBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.