ދިވެހިބަހުގެ ނަންއިތުރުގެ މައިގަނޑު އެކުލެވޭ ޖުމުލަތަކުގެ ސްޓްރަކްޗަރަލް ރޫލަކީ ކޮބައިހެއްޔެވެ؟
Loading...
Date
2016-06-01
Authors
Journal Title
Journal ISSN
Volume Title
Publisher
ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
Faculty of Arts, Maldives National University
Faculty of Arts, Maldives National University
Abstract
މިއީ ބަހަވީ ޢިލްމުގެ ހަމަތަކަށް ބަލާއިރު، ދިވެހިބަހުގެ ނަންއިތުރުގެ މައިގަނޑު އެކުލެވޭ ޖުމުލަތަކުގެ ސްޓްރަކްޗަރަލް ރޫލަކީ ކޮބައިކަން ދެނެގަތުމަށް، 2016 ވަނަ އަހަރު ކުރެވުނު ދިރާސާއެކެވެ. މި ދިރާސަގެ މައިގަނޑު މަޤްޞަދަކީ ދިވެހިބަހުގެ ނަންއިތުރުގެ މައިގަނޑު އެކުލެވޭ ޖުމުލަތަކުގެ ސްޓްރަކްޗަރ ދެނެގަނެ، ދިވެހިބަހުގެ އެކަށައަޅާ ޤަވާޢިދު އިތުރަށް ފުރިހަމަކުރުމަށް މަގުފަހިކުރުމެވެ. ހަމަމިޔާއެކު މިއީ ދިވެހިބަހުގެ ސިންޓެކްސްގެ ހަމަތަކާއި އުސޫލުތައް ފާހަގަކޮށް، ބޭނުންތެރި، ތަފުސީލީ ޤަވާޢިދުތަކެއް އެކުލަވައިލުމުގެ ބޭނުމުގައި ކުރެވުނު ދިރާސާއެއް ވެސް މެއެވެ. އެހެނީ މިފަދަ ދިރާސާއެއް ހެދުމަކީ ތަޢުލީމީ ދާއިރާއަށާއި ބަހަށް ލިބިގެންދާނެ ކުރިއެރުމެކެވެ. މިއީ ކޮލިޓޭޓިވް މެތަޑަށް ޓެކުސްޓު އެނެލިސިސްގެ މައްޗަށް ކުރެވުނު ދިރާސާއެކެވެ. މިދިރާސާގެ މަޤްސަދަކީ ދިވެހިބަހުގެ ޤަވާއިދާއި ގުޅުންހުރި ވަކި އެއްޗެއް ހޯދުންކަމަށްވަތީ މި ދިރާސާގައި ބޭނުންކޮށްފައިވާނީ ޕާފޯސިވް ސާމްޕަލެވެ. މިއީ ވަރަށް ކުޑަކުޑަ ދިރާސާއެއްކަމުން، މި ދިރާސާގައި ތަހުލީލުކޮށްފައިވާނީ، ރަސްމީ ބަހުރުވައިން ލިޔެ ޝާއިރުކޮށްފައިވާ ތަފާތު ޖޯންރާތަކުން އެއްކުރެވުނު 15 ޖުމުލައެވެ. ސިންޓެކްސްގެ ނަޒަރުން ދިވެހިބަހަށް ބަލާއިރު ނަންއިތުރުގައި ދެ ދައުރެއް ވާކަން ލިޓްރޭޗަރއިން ފާހަގަކުރެވުނެވެ. އެއީ ސިފައެއްގެ ދައުރާއި ޚަބަރުގެ ދައުރެވެ. މި ދިރާސާގެ އެނަލިސިސްގެ މައްޗަށް ބަލާ، މި ދިރާސާއިން ހޯދިފައިވާ ގޮތުގައި ދިވެހިބަހުގެ ނަންއިތުރުގެ މައިގަޑު އެކުލެވޭ ޖުމުލަތަކުގައި ވަނީ ދެ ސްޓްރަކްޗަރއެކެވެ. ފުރަތަމަ ސްޓްރަކްޗަރއިން ދައްކަނީ، ނަންއިތުރުގެ މައިގަނޑާއި ނަމަކީ ދެ ސިންސްޓަރ ނޯޑެގެ ގޮތުގައެވެ. މި ދެ ނޯޑުގެ މަދަރ ނޯޑަނީ ނަމުގެ މައިގަނޑެވެ. ދެ ވަނަ ސްޓްރަކްޗަރއިން ފެންނަގޮތުގައި ނަމުގެ މައިގަނޑާއި ނަންއިތުރުގެ މައިގަނޑަކީ ދެ ސިސްޓަރ ނޯޑެވެ. މި ދެ ނޯޑުގެ މަދަރ ނޯޑަނީ ޖުމުލައެވެ.
Description
Keywords
Citation
ޝިޔާޒާ އާދަމް. (2016). ދިވެހިބަހުގެ ނަންއިތުރުގެ މައިގަނޑު އެކުލެވޭ ޖުމުލަތަކުގެ ސްޓްރަކްޗަރަލް ރޫލަކީ ކޮބައިހެއްޔެވެ؟. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.
Shiyaza, A. (2016). Dhivehibahuge nanithuruge maigandu ekulevey jumlathakuge strakcharal roolakee kobai heyyeve?. Male', Maldives National University.
Shiyaza, A. (2016). Dhivehibahuge nanithuruge maigandu ekulevey jumlathakuge strakcharal roolakee kobai heyyeve?. Male', Maldives National University.