ދިވެހިބަހުގެ ނަންއިތުރުގެ މައިގަނޑު އެކުލެވޭ ޖުމުލަތަކުގެ ސްޓްރަކްޗަރަލް ރޫލަކީ ކޮބައިހެއްޔެވެ؟

dc.contributor.authorޝިޔާޒާ އާދަމް
dc.contributor.authorAdam, Shiyaza
dc.date.accessioned2018-03-22T03:43:57Z
dc.date.available2018-03-22T03:43:57Z
dc.date.issued2016-06-01
dc.description.abstractމިއީ ބަހަވީ ޢިލްމުގެ ހަމަތަކަށް ބަލާއިރު، ދިވެހިބަހުގެ ނަންއިތުރުގެ މައިގަނޑު އެކުލެވޭ ޖުމުލަތަކުގެ ސްޓްރަކްޗަރަލް ރޫލަކީ ކޮބައިކަން ދެނެގަތުމަށް، 2016 ވަނަ އަހަރު ކުރެވުނު ދިރާސާއެކެވެ. މި ދިރާސަގެ މައިގަނޑު މަޤްޞަދަކީ ދިވެހިބަހުގެ ނަންއިތުރުގެ މައިގަނޑު އެކުލެވޭ ޖުމުލަތަކުގެ ސްޓްރަކްޗަރ ދެނެގަނެ، ދިވެހިބަހުގެ އެކަށައަޅާ ޤަވާޢިދު އިތުރަށް ފުރިހަމަކުރުމަށް މަގުފަހިކުރުމެވެ. ހަމަމިޔާއެކު މިއީ ދިވެހިބަހުގެ ސިންޓެކްސްގެ ހަމަތަކާއި އުސޫލުތައް ފާހަގަކޮށް، ބޭނުންތެރި، ތަފުސީލީ ޤަވާޢިދުތަކެއް އެކުލަވައިލުމުގެ ބޭނުމުގައި ކުރެވުނު ދިރާސާއެއް ވެސް މެއެވެ. އެހެނީ މިފަދަ ދިރާސާއެއް ހެދުމަކީ ތަޢުލީމީ ދާއިރާއަށާއި ބަހަށް ލިބިގެންދާނެ ކުރިއެރުމެކެވެ. މިއީ ކޮލިޓޭޓިވް މެތަޑަށް ޓެކުސްޓު އެނެލިސިސްގެ މައްޗަށް ކުރެވުނު ދިރާސާއެކެވެ. މިދިރާސާގެ މަޤްސަދަކީ ދިވެހިބަހުގެ ޤަވާއިދާއި ގުޅުންހުރި ވަކި އެއްޗެއް ހޯދުންކަމަށްވަތީ މި ދިރާސާގައި ބޭނުންކޮށްފައިވާނީ ޕާފޯސިވް ސާމްޕަލެވެ. މިއީ ވަރަށް ކުޑަކުޑަ ދިރާސާއެއްކަމުން، މި ދިރާސާގައި ތަހުލީލުކޮށްފައިވާނީ، ރަސްމީ ބަހުރުވައިން ލިޔެ ޝާއިރުކޮށްފައިވާ ތަފާތު ޖޯންރާތަކުން އެއްކުރެވުނު 15 ޖުމުލައެވެ. ސިންޓެކްސްގެ ނަޒަރުން ދިވެހިބަހަށް ބަލާއިރު ނަންއިތުރުގައި ދެ ދައުރެއް ވާކަން ލިޓްރޭޗަރއިން ފާހަގަކުރެވުނެވެ. އެއީ ސިފައެއްގެ ދައުރާއި ޚަބަރުގެ ދައުރެވެ. މި ދިރާސާގެ އެނަލިސިސްގެ މައްޗަށް ބަލާ، މި ދިރާސާއިން ހޯދިފައިވާ ގޮތުގައި ދިވެހިބަހުގެ ނަންއިތުރުގެ މައިގަޑު އެކުލެވޭ ޖުމުލަތަކުގައި ވަނީ ދެ ސްޓްރަކްޗަރއެކެވެ. ފުރަތަމަ ސްޓްރަކްޗަރއިން ދައްކަނީ، ނަންއިތުރުގެ މައިގަނޑާއި ނަމަކީ ދެ ސިންސްޓަރ ނޯޑެގެ ގޮތުގައެވެ. މި ދެ ނޯޑުގެ މަދަރ ނޯޑަނީ ނަމުގެ މައިގަނޑެވެ. ދެ ވަނަ ސްޓްރަކްޗަރއިން ފެންނަގޮތުގައި ނަމުގެ މައިގަނޑާއި ނަންއިތުރުގެ މައިގަނޑަކީ ދެ ސިސްޓަރ ނޯޑެވެ. މި ދެ ނޯޑުގެ މަދަރ ނޯޑަނީ ޖުމުލައެވެ.en_US
dc.identifier.citationޝިޔާޒާ އާދަމް. (2016). ދިވެހިބަހުގެ ނަންއިތުރުގެ މައިގަނޑު އެކުލެވޭ ޖުމުލަތަކުގެ ސްޓްރަކްޗަރަލް ރޫލަކީ ކޮބައިހެއްޔެވެ؟. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.en_US
dc.identifier.citationShiyaza, A. (2016). Dhivehibahuge nanithuruge maigandu ekulevey jumlathakuge strakcharal roolakee kobai heyyeve?. Male', Maldives National University.
dc.identifier.urihttp://saruna.mnu.edu.mv/jspui/handle/123456789/1069
dc.publisherފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީen_US
dc.publisherFaculty of Arts, Maldives National University
dc.titleދިވެހިބަހުގެ ނަންއިތުރުގެ މައިގަނޑު އެކުލެވޭ ޖުމުލަތަކުގެ ސްޓްރަކްޗަރަލް ރޫލަކީ ކޮބައިހެއްޔެވެ؟en_US
dc.title.alternativeDhivehibahuge nanithuruge maigandu ekulevey jumlathakuge strakcharal roolakee kobai heyyeve?en_US
dc.typeThesisen_US

Files

Original bundle

Now showing 1 - 1 of 1
Thumbnail Image
Name:
Shiyaza Adam.pdf
Size:
1.07 MB
Format:
Adobe Portable Document Format
Description:

License bundle

Now showing 1 - 1 of 1
No Thumbnail Available
Name:
license.txt
Size:
1.71 KB
Format:
Item-specific license agreed upon to submission
Description: