ޙިތާނުކުރުމުގެ ޡަޤާފަތަށް އައިސްފައިވާ ބަދަލުތައް

dc.contributor.authorHabeeb, Hussain
dc.contributor.authorޙުސައިން ޙަބީބް
dc.date.accessioned2018-03-22T18:15:57Z
dc.date.available2018-03-22T18:15:57Z
dc.date.issued2009-11-01
dc.description.abstractމިއީ،ޙިތާނުކުރުމުގެ ޘަޤާފަތަށް އައިސްފައިވާ ބަދަލުތައް ދެނެގަތުމަށް ހަދާފައިވާ ދިރާސާ އެކެވެ. ވުމާއެކު މި ދިރާސާ އަމާޒުކުރެވިފައި ވާނީ ދިވެހިރާއްޖޭގައި ފިރިހެންކުދިން ޙިތާނުކުރުމުގެ ކަންކަމަށް އައިސްފައިވާ ބަދަލުތައް ދެނެގަތުމަށެވެ. ހޯދި ހޯދުންތަކުން އެނގުނު އެއްކަމަކީ (ޙިތާނުކުރުމަކީ)،ދިވެހިންގެ ޘަޤާފަތާއި އާދަކާދައާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެއްކަމެވެ. އަދި ހަމައެހެންމެ ޙިތާނުކުރުމުގެ އާދަކާދައާ ޘަޤާފަތް ވަރަށް މުއްސަނދި ކަމެވެ. އެބައެއްގެ ފުދުންތެރިކަން ހުރި މިންވަރަކުން، އެބަޔަކަށް ވެވުނުހާ ރަނގަޅަށް ޙިތާނުކުރުމުގެ ކަންތައްތައް ފުރިހަމަކުރުމަށް މުޅި މާލު ހޭދަކޮށްލާ ކަމެއްކަމެވެ. އަދި އާއިލީގޮތުން ގާތްތިމާގެ އެންމެންނާއި ރަޙުމަތްތެރިން ޙިތާނުކުރުމުގެ ހަފްލާގައި ބައިވެރިވެ، އިޖުތިމާޢީ ޢީދެއްގެ ގޮތުގައި އެކަން (ޙިތާނުކުރުމުގެ މުނާޟަބު) ފާހަގަކުރާކަމެވެ. ޙިތާނުކުރުމުގެ ކަންކަމަށް އަންނަމުންދާ ބަދަލާއެކު، ޙިތާނުކުރުމުގެ ތަކެއްޗާއި ކަންކަމުގައި ހިމެނޭ ބަސްކޮށާރަށް އަސަރު ފޯރާކަން ހޯދުންތަކުން އެނގިފައެވެ. އެއީ،ބައެއް ލަފުޒުތައް ބޭނުންކުރަން ނުޖެހުމުގެ ސަބަބުން ފަހުގެ ޖީލުތަކަށް އެފަދަ ލަފުޒުތައް ނޭންގުމާއި އާ ލަފުޒުތައް ދިވެހިބަހުގެ ބަސްކޮށާރަށް އިތުރުވުމެވެ. އެކަން ދިރާސާގެ ނަތީޖާއިން ހާމަވެއެވެ. ދިވެހި މުޖުތަމަޢުގައި ޙިތާނުކުރުމުގެ ކަންތައްތައް ނުވަތަ އާދަކާދައާއި ޘަޤާފަތް މައިގަނޑު ތިންމަރުހަލާއަކަށް ބަހާލެވެއެވެ. އެއީ ޙިތާނުކުރުމަށް ތައްޔާރުވުމާއި ޙިތާނުކުރުމާއި ޙިތާނުކުރުމުގެ މުނާޟަބު ފާހަގަ ކުރުމެވެ. މިއިން ކޮންމެ މަރުހަލާއެއްގައި ދިވެހިންގެ ގާތް ގުޅުމާއި އިޖުތިމާޢީ ރޫޙާއި ކަންކަން ކުރުމުގައި ގެންގުޅޭ ދިވެހިވަންތަ ގޮތްތަށް ދައްކުވައިދެއެވެ. އަދި ޙާއްޟަކޮށް ޢާއިލީ ކުލުނާއި ރަޙުމަތްތެރިކަމުގެ ގުޅުމުގެ އިތުރަށް ސަޤާފީ އެތަށް ކުޅިވަރުތަކެއް މިޙަރަކާތުން ދައްކުވައި ދީފައިވެއެވެ. ނަމަވެސް މިކަންކަންވެސް،މިހާރުވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. މީގެއިތުރުން ފާހަގަކުރެވޭ އަނެއްކަމަކީ ޙިތާނުކުރުމުގައި ދިވެހިންގެ މާހައުލުން ލިބޭ ތަކެއްޗަށް ބޭނުންކުރުމުގެ ޘަޤާފަތެއް އެންމެ އިހުއެވޭލާ ޒަމާނުން ފެށިގެން މީލާދިން 21 ވަނަ ޤަރުނުގެ މެދަކާހަމައަށް އޮތްކަމެވެ. އެގޮތުން ޙިތާނުކުރެވޭ ކުދިން ބޭތިއްބުމަށް ތައްޔާރުކުރެވޭ "ތަން" ޒީނަތްތެރިކުރުމަށާއި ކެއިން ބުއިމުގެ ކަންކަމުގައި ބޭނުންކުރުމަށާއި ކުޅިވަރުކުޅުމަށާއި އެނޫންކަންކަމުގައިވެސް ބޭނުންކުރުމަށް ހޯދާތަކެތި (ގިނަތަކެތި) އަބަދުވެސް ހޯދަމުން އައިސްފައިވަނީ ދިވެހި މާހައުލުންނެވެ. އެހެންނަމަވެސް، އެކަންވެސް މިހާރުވަނީ މުޅިންހެން ބަދަލުވެފައެވެ. މިހުރިހާ ބަދަލުތަކުގެ ތެރެއިންވެސް ފާހަގަކޮށްލެވެނީ، ޙިތާނުކުރުމުގައި އިސްވެ އުޅޭ މީހުންނަށާއި ބޭސްވެރިކަމަށް އައިސްފައިވާ ބަދަލުތަކެވެ. ނަތީޖާއަކަށް ވެފައިވަނީ، ޙިތާނުކުރުމުގެ މުޅި ޘަޤާފަތަށް އިންގިލާބެއް ގެނުވާފައި ވުމެވެ. އެހެންކަމަށް ވުމާއެކު، ޙަޤީޤަތަށް ދަނަނަވާނަމަ، މިއަދު ވަނީ ދިވެހިރާއްޖޭގައި ފިރިހެންކުދިން " ޙިތާނުކުރުމުގެ ޘަޤާފަތަށް ބަދަލުއައިސް" މުޅިން އާ މަރުހަލާއަކަށް ދަތުރުކޮށްފައެވެ. ދިވެހިންގެ ވިސްނުމާއި ޢިލްމީ ފެންވަރަށާއި ދިރިއުޅުމަށް އައިސްފައިވާ ބަދަލާއެކުއެވެ.en_US
dc.identifier.citationHabeeb, H. (2009). Hithaanukurumuge saqaafathah aisfaivaa badhaluthah. Male', Maldives College of Higher Education.en_US
dc.identifier.citationޙުސައިން ޙަބީބް. (2009). ޙިތާނުކުރުމުގެ ޡަޤާފަތަށް އައިސްފައިވާ ބަދަލުތައް. މާލެ، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން.
dc.identifier.urihttp://saruna.mnu.edu.mv/jspui/handle/123456789/1091
dc.publisherFaculty of Arts, Maldives College of Higher Educationen_US
dc.publisherފެކަލްޓީ އޮފް އާޓްސް، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން
dc.subjectޙިތާނުކުރުންen_US
dc.subjectޙިތާނުކުރުމުގެ ޘަޤާފަތްen_US
dc.subjectދިވެހިރާއްޖެen_US
dc.subjectތަން ޒީނަތްތެރިކުރުންen_US
dc.subjectކެއިން ބުއިމުގެ ކަންކަންen_US
dc.subjectކުޅިވަރުކުޅުންen_US
dc.subjectެ ޘަޤާފަތްen_US
dc.titleޙިތާނުކުރުމުގެ ޡަޤާފަތަށް އައިސްފައިވާ ބަދަލުތައްen_US
dc.title.alternativeHithaanukurumuge saqaafathah aisfaivaa badhaluthahen_US
dc.typeThesisen_US

Files

Original bundle

Now showing 1 - 1 of 1
Thumbnail Image
Name:
Hussain Habeeb 10268.pdf
Size:
13.99 MB
Format:
Adobe Portable Document Format
Description:

License bundle

Now showing 1 - 1 of 1
No Thumbnail Available
Name:
license.txt
Size:
1.71 KB
Format:
Item-specific license agreed upon to submission
Description: