ދިވެހިރާއްޖެ އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ގެންދިއުމަށް އަދި އެމީހުންގެ ހިމާޔަތުގެ ދަށުގައި އޮތް ދުވަސްވަރު ދިވެހިރާއްޖެއަށް އެމީހުން ނުފޫޒު ފޯރުވާފައިވަނީ ކޮންގޮތަކަށްތޯ؟

dc.contributor.authorއިބްރާޙިމް މުޙައްމަދު
dc.contributor.authorMohamed, Ibrahim
dc.date.accessioned2018-03-20T06:44:08Z
dc.date.available2018-03-20T06:44:08Z
dc.date.issued2015-11-08
dc.description.abstractމިދިރާސާއަކީ ދިވެހިރާއްޖެ އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ގެންދިއުމަށް އަދި އެމީހުންގެ ހިމާޔަތުގެ ދަށުގައި އޮތްދުވަސްވަރު ދިވެހިންނަށް އެމީހުންގެ ފަރާތުން ނުފޫޒު ފޯރުވާފައިވަނީ ކޮންކޮން ގޮތްގޮތަކުންތޯ ބެލުމަށް ކުރި ދިރާސާއެކެވެ. އެގޮތުން މިދިރާސާ އަމާޒުކޮށްފައިވަނީ އިންޓަރވިއުއާއި ދެގައުމު ދެމެދުގައި ބަދަލުކުރެވުނު ސިޓީތަކުގެ އެހީގައި ހިމާޔަތުގެ ދަށަށް ގެންދިއުމަށާއި އަދި ހިމާޔަތުގެ ދުވަސްވަރުގައި ނުފޫޒު ފޯރުވާފައިވަނީ ކޮންކޮން ގޮތްގޮތަކުންތޯ ބެލުމަށެވެ. އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ގެންދިއުމަށް އަދި އެމީހުންގެ ހިމާޔަތުގެ ދަށުގައި ދިވެހިރާއްޖެ އޮތް 78 އަހަރު ދިވެހީންނަށް އެމީހުންގެ ފަރާތުން ނުފޫޒު ފޯރާފައިވަނީ ސީދާ ކޮންކޮން ގޮތްތަކަކުންކަން ތާރީޚުން ސީދާ އެނގެން ނެތް ނަމަވެސް، މިދިރާސާގެ ހޯދުންތަކުން އެނގިގެން ދިޔައީ އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ގެންދިއުމުގައި އަދި ހިމާޔަތުގެ ދަށުގައި އޮތްދުވަސްވަރު ސީދާ ގޮތުންނާއި ނުސީދާ ގޮތުން ދިވެހިންނަށް ނުފޫޒުތަކެއް ފޯރިކަމެވެ. ސިޔާސީ ގޮތުންނާއި ދާހިލީ ގޮތުންނާއި އިޤްތިޞާދީ ގޮތުން ނުފޫޒު ފޯރުވިކަމެވެ. ދިވެހިން ބޭނުންނުވި ނަމަވެސް ގަންބޯޓް ސިޔާސަތުގެ ނަމުގައި އެގްރީމެންޓެއް ހަދައި ރަދުން ލައްވާ ސޮއި އަތުލައި، ދިވެހިރާއްޖެ އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ގެންގޮސް ނުސީދާ ގޮތެއްގައި ދިވެހިންގެ މިނިވަންކަމުގެ ތެރެއަށްވެސް އިނގިރޭސީން އަތްފޯރުވާފައިވާކަން މިދިރާސާއިން އެނގިގެން ދިޔައެވެ. މިދިރާސާއަކީ ކޮލިޓޭޓިވް ޑިޒައިންގެ ދަށުން ހެދިފައިވާ ތާރިޚީ ދިރާސާއެކެވެ. ދިރާސާ ކުރިޔަށް ގެންދިޔައީ ރާއްޖެއިން ލިބެންހުރި ޑޮކިއުމެންޓްތަކާއި އަދި ރާއްޖޭގައި ތިއްބެވި އަދި ރާއްޖެ އިނގިރޭސީންގެ ޙިމާޔަތުގެ ދަށުގައި އޮތްދުވަސްވަރު ސަރުކާރުގައި މަސައްކަތްކުރެއްވި ބޭފުޅުންގެ އިންޓަރވިއުގެ އަލީގައެވެ.en_US
dc.identifier.citationއިބްރާޙިމް މުޙައްމަދު. (2015). ދިވެހިރާއްޖެ އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ގެންދިއުމަށް އަދި އެމީހުންގެ ހިމާޔަތުގެ ދަށުގައި އޮތް ދުވަސްވަރު ދިވެހިރާއްޖެއަށް އެމީހުން ނުފޫޒު ފޯރުވާފައިވަނީ ކޮންގޮތަކަށްތޯ؟. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.en_US
dc.identifier.citationIbrahim, M. (2015). Dhivehiraaje in'gireyseenge himaayathuge dhashah gendhiumah adhi emeehunge himaayathuge dhashugai oiy dhuvasvaru dhivehiraajjeah emeehunge nufoozu foaruvaafaivanee kongothakahthoa?, Male, Maldives National University.
dc.identifier.urihttp://saruna.mnu.edu.mv/jspui/handle/123456789/1013
dc.publisherފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީen_US
dc.publisherFaculty of Arts, Maldives National University
dc.titleދިވެހިރާއްޖެ އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ގެންދިއުމަށް އަދި އެމީހުންގެ ހިމާޔަތުގެ ދަށުގައި އޮތް ދުވަސްވަރު ދިވެހިރާއްޖެއަށް އެމީހުން ނުފޫޒު ފޯރުވާފައިވަނީ ކޮންގޮތަކަށްތޯ؟en_US
dc.title.alternativeDhivehiraaje in'gireyseenge himaayathuge dhashah gendhiumah adhi emeehunge himaayathuge dhashugai oiy dhuvasvaru dhivehiraajjeah emeehunge nufoozu foaruvaafaivanee kongothakahthoa?en_US

Files

Original bundle

Now showing 1 - 1 of 1
Thumbnail Image
Name:
Ibrahim Mohamed.pdf
Size:
475.28 KB
Format:
Adobe Portable Document Format
Description:

License bundle

Now showing 1 - 1 of 1
No Thumbnail Available
Name:
license.txt
Size:
1.71 KB
Format:
Item-specific license agreed upon to submission
Description: