މުދައްރިސުންނާއި ދަރިވަރުންގެ ނަޒަރުގައި "މަޒުމޫނުލިޔުން" މިބައިން ދަރިވަރުންނަށް ރަނގަޅު ނަތީޖާއެއް ނުހޯދޭން މެދުވެރިވާ ސަބަބުތައް

Loading...
Thumbnail Image

Date

2016-11-20

Journal Title

Journal ISSN

Volume Title

Publisher

ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
Faculty of Arts, Maldives National University

Abstract

މި ދިރާސާއަކީ ސުކޫލުތަކުގައި ކިޔަވާ ދަރިވަރުން ލިޔުންތެރިކަމުގެ ބައިތަކުގެ ތެރޭގައި ހިމެނޭ "މަޒުމޫނު ލިޔުން" މިބައިން ރަނގަޅު ނަތީޖާއެއް ނުހޯދޭ ސަބަބުތައް ހޯދުމަށް ކުރެވުނު ދިރާސާއެކެވެ. އެގޮތުން މި ދިރާސާގައި ބަލައިލާފައިވާނީ ދަރިވަރުން މަޒުމޫނު ލިޔުމުގެ ބައިން ދަށްވުމަށް މެދުވެރިވާ ސަބަބުތަކުގެ މައްޗަށެވެ. މިއީ ކޮލިޓޭޓިވް މެތަޑް ބޭނުންކޮށްގެން ކުރިއަށް ގެންދެވިފައިވާ ދިރާސާއެކެވެ. މި ދިރާސާ ކުރުމަށްޓަކައި ސާމްޕްލްސްގެ ގޮތުގައި ނަގާފައިވާނީ މާލޭގެ ސުކޫލެއް ކަމުގައިވާ ކަލާފާނު ސުކޫލުގެ ސެކަންޑްރީއަށް ދިވެހިބަސް ކިޔަވާ ދެއްވާ މުދައްރިސުންގެ ތެރެއިން ގުރޭޑް 10،9،8 ކިޔަވައިދޭ މުދައްރިސުންގެ ތެރެއިން 3 މުދައްރިސުންގެ އިންޓަރވިއުއެކެވެ. އަދި މީގެއިތުރުން ކަލާފާނު ސުކޫލުގައި ސެކަންޑަރީ ގްރޭޑްތަކުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން ކޮންމެ ގުރޭޑަކުން 3 ދަރިވަރުންގެ އިންޓަރވިއުއެކެވެ. މި ދިރާސާއަށް ސާމްޕްލިން ހެދުމުގައި ނުވަތަ ބައިވެރިން ހޮވުމުގައި ގެންގުޅެފައިވާނީ ސިސްޓަމެޓިކް ސާންޕްލިންގެ އުސޫލެވެ. މި ކުރެވުނު ދިރާސާއިން ހާމަވީ މަޒުމޫނު ލިޔުމުގެ ބައިން ދަރިވަރުން ދަށްވުމަށް މެދުވެރިވާ ވަރަށް ގިނަސަބަބުތަކެއް ހުރިކަމަށެވެ. އެގުތުން މަޒުމޫނު ލިޔުމަށް ބޭނުންވާ މަޢުލޫމާތު ދަރިވަރުންގެ ކިބާގައި ނެތުމަކީ މަޒުމޫނު ލިޔުމުގެ ބައިން ދަށްވުމަށް މެދުވެރިވާ ސަބަބެއްކަން ހާމަވިއެވެ. މީގެއިތުރުން މުދައްރިސުން ދަރިވަރުން ލިޔާ މަޒުމޫނުތަކަށް ރަނގަޅު ފީޑްބެކް ދެވިފައި ނުހުންނާތީވެސް މަޒުމޫނު ލިޔުމުގެ ބަޔަށް ދަށްވާން ދިމާވާ ސަބަބެއްގެ ގޮތުގައި ފާހަގަވިއެވެ. ހަމައެއާއެކު އެކަށީގެންވާ ވަރަށް ދަރިވަރުންނަށް މަޒުމޫނު ލިޔުމުގެ ބައިން ފަރިތަނުކުރެވުމާއި މަޒުމޫނު ލިޔުމުގެ ބަޔަށް ސަމާލުކަން ދެވޭ މިންވަރު ކުޑަވުމަކީ މުދައްރިސުންނާއި ދަރިވަރުންގެ ނަޒަރުގައި މަޒުމޫނު ލިޔުމުގެ ބައިން ރަނގަޅު ނަތީޖާއެއް ނުހޯދޭން މެދުވެރިވާ ސަބަބުތައް ވެސް ފާހަގަކުރެވުނު ސަބަބެކެވެ. މީގެއިތުރުން ދަރިވަރުންނަށް ނަމޫނާގެ ގޮތުގައި މަޒުމޫނު ފެންނަ މިންވަރު މަދވުވުމަކީވެސް މިބައިން ދަރިވަރުން ދަށްވުމަށް މެދުވެރިވާ ސަބަބެއްގެ ގޮތުގައި ފާހަގަކުރެވުނެވެ. ސުކޫލުތަކުގައި ދިވެހިބަސް ކިޔަވާ ދަރިވަރުންނަށް ލިޔުންތެރިކަމުގެ ބައިތަކުގެ ތެރޭގައި ހިމެނޭ "މަޒުމޫނު ލިޔުން" މި ބައިން ރަނގަޅު ނަތީޖާއެއް ނުހޯދޭކަން ފާހަގަކުރެވެއެވެ. އެހެންނަމަވެސް މަޒުމޫނު ލިޔުމުގެ ބައިން ދަރިވަރުން ދަށްވާން ދިމާވާ ސަބަބުތަކަކީ ކޮބައިކަމެއް ހޯދިފައެއް ނުވެއެވެ. ކޮންމެ މައްސަލައެއް ވެސް ޙައްހުކުރެވޭނީ މައްސަލަ ފެނިގެން ކަމާއި މެދަކު ޝައްކެއް ނެތެވެ. އެހެންކަމުން މި ދިރާސާއަކީ މާލޭގެ ސުކޫލުތަކުގެ ތެރެއިން ކޮންމެވެސް އެއް ސުކޫލެއްގެ ސެކަންޑަރީ ބައިގައި ކިޔަވާ ދަރިވަރުން ލިޔުންތެރިކަމުގެ ބައިތަކުގެ ތެރޭގައި ހިމެނޭ "މަޒުމޫނު ލިޔުން" މި ބައިން ރަނގަޅު ނަތީޖާއެއް ނުހޯދޭ ސަބަބުތައް ހޯދުމަށް ކުރެވޭ ދިރާސާއެކެވެ. މި ދިރާސާއަށް ބޭނުންވާނޭ މަޢުލޫމާތު ހޯދުމަށް ބައިވެރިން ހޮވުމުގައި ބޭނުންކުރާނީ ސިސްޓަމެޓިކް ސާމްޕްލިންގއެވެ. މި ދިރާސާއަށް ލިބޭ މަޢުލޫމާތަކީ ސަބަބުތައް ހޯދުމަށް ކުރެވޭ ދިރާސާއަކަށްވުމުން އެހޯދާ ނަތީޖާ އެނަތީޖާ އެނަލައިޒްކުރުމުގައި ބޭނުންކޮށްފައިވާނީ ކޮލިޓޭޓިވް މެތަޑެވެ.

Description

Keywords

Citation

މުޙައްމަދު އަނީލް. (2016). މުދައްރިސުންނާއި ދަރިވަރުންގެ ނަޒަރުގައި "މަޒުމޫނުލިޔުން" މިބައިން ދަރިވަރުންނަށް ރަނގަޅު ނަތީޖާއެއް ނުހޯދޭން މެދުވެރިވާ ސަބަބުތައް. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.
Anil, M. (2016). Mudharrisunnaai dharivarunge nazarugai "mazumoonu liyun" mibain dharivarunnah rangalhu natheejaa eh nuhoadheyn medhuverivaa sababuthah. Male', Maldives National University.

Endorsement

Review

Supplemented By

Referenced By