މުދައްރިސުންނާއި ދަރިވަރުންގެ ނަޒަރުގައި "މަޒުމޫނުލިޔުން" މިބައިން ދަރިވަރުންނަށް ރަނގަޅު ނަތީޖާއެއް ނުހޯދޭން މެދުވެރިވާ ސަބަބުތައް

dc.contributor.authorމުޙައްމަދު އަނީލް
dc.contributor.authorAnil, Mohamed
dc.date.accessioned2018-04-04T04:13:54Z
dc.date.available2018-04-04T04:13:54Z
dc.date.issued2016-11-20
dc.description.abstractމި ދިރާސާއަކީ ސުކޫލުތަކުގައި ކިޔަވާ ދަރިވަރުން ލިޔުންތެރިކަމުގެ ބައިތަކުގެ ތެރޭގައި ހިމެނޭ "މަޒުމޫނު ލިޔުން" މިބައިން ރަނގަޅު ނަތީޖާއެއް ނުހޯދޭ ސަބަބުތައް ހޯދުމަށް ކުރެވުނު ދިރާސާއެކެވެ. އެގޮތުން މި ދިރާސާގައި ބަލައިލާފައިވާނީ ދަރިވަރުން މަޒުމޫނު ލިޔުމުގެ ބައިން ދަށްވުމަށް މެދުވެރިވާ ސަބަބުތަކުގެ މައްޗަށެވެ. މިއީ ކޮލިޓޭޓިވް މެތަޑް ބޭނުންކޮށްގެން ކުރިއަށް ގެންދެވިފައިވާ ދިރާސާއެކެވެ. މި ދިރާސާ ކުރުމަށްޓަކައި ސާމްޕްލްސްގެ ގޮތުގައި ނަގާފައިވާނީ މާލޭގެ ސުކޫލެއް ކަމުގައިވާ ކަލާފާނު ސުކޫލުގެ ސެކަންޑްރީއަށް ދިވެހިބަސް ކިޔަވާ ދެއްވާ މުދައްރިސުންގެ ތެރެއިން ގުރޭޑް 10،9،8 ކިޔަވައިދޭ މުދައްރިސުންގެ ތެރެއިން 3 މުދައްރިސުންގެ އިންޓަރވިއުއެކެވެ. އަދި މީގެއިތުރުން ކަލާފާނު ސުކޫލުގައި ސެކަންޑަރީ ގްރޭޑްތަކުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން ކޮންމެ ގުރޭޑަކުން 3 ދަރިވަރުންގެ އިންޓަރވިއުއެކެވެ. މި ދިރާސާއަށް ސާމްޕްލިން ހެދުމުގައި ނުވަތަ ބައިވެރިން ހޮވުމުގައި ގެންގުޅެފައިވާނީ ސިސްޓަމެޓިކް ސާންޕްލިންގެ އުސޫލެވެ. މި ކުރެވުނު ދިރާސާއިން ހާމަވީ މަޒުމޫނު ލިޔުމުގެ ބައިން ދަރިވަރުން ދަށްވުމަށް މެދުވެރިވާ ވަރަށް ގިނަސަބަބުތަކެއް ހުރިކަމަށެވެ. އެގުތުން މަޒުމޫނު ލިޔުމަށް ބޭނުންވާ މަޢުލޫމާތު ދަރިވަރުންގެ ކިބާގައި ނެތުމަކީ މަޒުމޫނު ލިޔުމުގެ ބައިން ދަށްވުމަށް މެދުވެރިވާ ސަބަބެއްކަން ހާމަވިއެވެ. މީގެއިތުރުން މުދައްރިސުން ދަރިވަރުން ލިޔާ މަޒުމޫނުތަކަށް ރަނގަޅު ފީޑްބެކް ދެވިފައި ނުހުންނާތީވެސް މަޒުމޫނު ލިޔުމުގެ ބަޔަށް ދަށްވާން ދިމާވާ ސަބަބެއްގެ ގޮތުގައި ފާހަގަވިއެވެ. ހަމައެއާއެކު އެކަށީގެންވާ ވަރަށް ދަރިވަރުންނަށް މަޒުމޫނު ލިޔުމުގެ ބައިން ފަރިތަނުކުރެވުމާއި މަޒުމޫނު ލިޔުމުގެ ބަޔަށް ސަމާލުކަން ދެވޭ މިންވަރު ކުޑަވުމަކީ މުދައްރިސުންނާއި ދަރިވަރުންގެ ނަޒަރުގައި މަޒުމޫނު ލިޔުމުގެ ބައިން ރަނގަޅު ނަތީޖާއެއް ނުހޯދޭން މެދުވެރިވާ ސަބަބުތައް ވެސް ފާހަގަކުރެވުނު ސަބަބެކެވެ. މީގެއިތުރުން ދަރިވަރުންނަށް ނަމޫނާގެ ގޮތުގައި މަޒުމޫނު ފެންނަ މިންވަރު މަދވުވުމަކީވެސް މިބައިން ދަރިވަރުން ދަށްވުމަށް މެދުވެރިވާ ސަބަބެއްގެ ގޮތުގައި ފާހަގަކުރެވުނެވެ. ސުކޫލުތަކުގައި ދިވެހިބަސް ކިޔަވާ ދަރިވަރުންނަށް ލިޔުންތެރިކަމުގެ ބައިތަކުގެ ތެރޭގައި ހިމެނޭ "މަޒުމޫނު ލިޔުން" މި ބައިން ރަނގަޅު ނަތީޖާއެއް ނުހޯދޭކަން ފާހަގަކުރެވެއެވެ. އެހެންނަމަވެސް މަޒުމޫނު ލިޔުމުގެ ބައިން ދަރިވަރުން ދަށްވާން ދިމާވާ ސަބަބުތަކަކީ ކޮބައިކަމެއް ހޯދިފައެއް ނުވެއެވެ. ކޮންމެ މައްސަލައެއް ވެސް ޙައްހުކުރެވޭނީ މައްސަލަ ފެނިގެން ކަމާއި މެދަކު ޝައްކެއް ނެތެވެ. އެހެންކަމުން މި ދިރާސާއަކީ މާލޭގެ ސުކޫލުތަކުގެ ތެރެއިން ކޮންމެވެސް އެއް ސުކޫލެއްގެ ސެކަންޑަރީ ބައިގައި ކިޔަވާ ދަރިވަރުން ލިޔުންތެރިކަމުގެ ބައިތަކުގެ ތެރޭގައި ހިމެނޭ "މަޒުމޫނު ލިޔުން" މި ބައިން ރަނގަޅު ނަތީޖާއެއް ނުހޯދޭ ސަބަބުތައް ހޯދުމަށް ކުރެވޭ ދިރާސާއެކެވެ. މި ދިރާސާއަށް ބޭނުންވާނޭ މަޢުލޫމާތު ހޯދުމަށް ބައިވެރިން ހޮވުމުގައި ބޭނުންކުރާނީ ސިސްޓަމެޓިކް ސާމްޕްލިންގއެވެ. މި ދިރާސާއަށް ލިބޭ މަޢުލޫމާތަކީ ސަބަބުތައް ހޯދުމަށް ކުރެވޭ ދިރާސާއަކަށްވުމުން އެހޯދާ ނަތީޖާ އެނަތީޖާ އެނަލައިޒްކުރުމުގައި ބޭނުންކޮށްފައިވާނީ ކޮލިޓޭޓިވް މެތަޑެވެ.en_US
dc.identifier.citationމުޙައްމަދު އަނީލް. (2016). މުދައްރިސުންނާއި ދަރިވަރުންގެ ނަޒަރުގައި "މަޒުމޫނުލިޔުން" މިބައިން ދަރިވަރުންނަށް ރަނގަޅު ނަތީޖާއެއް ނުހޯދޭން މެދުވެރިވާ ސަބަބުތައް. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.en_US
dc.identifier.citationAnil, M. (2016). Mudharrisunnaai dharivarunge nazarugai "mazumoonu liyun" mibain dharivarunnah rangalhu natheejaa eh nuhoadheyn medhuverivaa sababuthah. Male', Maldives National University.
dc.identifier.urihttp://saruna.mnu.edu.mv/jspui/handle/123456789/1555
dc.publisherފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީen_US
dc.publisherFaculty of Arts, Maldives National University
dc.titleމުދައްރިސުންނާއި ދަރިވަރުންގެ ނަޒަރުގައި "މަޒުމޫނުލިޔުން" މިބައިން ދަރިވަރުންނަށް ރަނގަޅު ނަތީޖާއެއް ނުހޯދޭން މެދުވެރިވާ ސަބަބުތައްen_US
dc.title.alternativeMudharrisunnaai dharivarunge nazarugai "mazumoonu liyun" mibain dharivarunnah rangalhu natheejaa eh nuhoadheyn medhuverivaa sababuthahen_US
dc.typeOtheren_US

Files

Original bundle

Now showing 1 - 1 of 1
Thumbnail Image
Name:
Mohamed Anil.pdf
Size:
935.63 KB
Format:
Adobe Portable Document Format
Description:

License bundle

Now showing 1 - 1 of 1
No Thumbnail Available
Name:
license.txt
Size:
1.71 KB
Format:
Item-specific license agreed upon to submission
Description: