ދިވެހިބަހުގައި ޑޭޓިވް ކޭސް މާކަރު ބޭނުންކޮށްފައި ހުރިނެތް ގޮތާއި ޑޭޓިވް ކޭސް މާކަރު އަދާކޮށްފައިވާ ވަޒީފާތައް
Loading...
Date
2014-11-01
Authors
Journal Title
Journal ISSN
Volume Title
Publisher
ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
Faculty of Arts, Maldives National University
Faculty of Arts, Maldives National University
Abstract
ދިވެހިބަހަކީ ވެސް ކޭސް ސިސްޓަމް އެކުލެވޭ ބަހެކެވެ.މި ދިރާސާއަކީ، ދިވެހިބަހުގެ ކޭސް ސިސްޓަމްގައި ހިމެނޭ ޑޭޓިވް ކޭސްގެ ކޭސް މާކަރު ބަދަލުވަމުން އައިސްފައި ހުރިނެތް ގޮތް ދެނެގަތުމަށާއި ޑޭޓިވް ކޭސް މާކަރު އަދާކުރާ މައިގަނޑު ހަތަރު ވަޒީފާ، ކުރީގެ ލިޔުންތަކުގައި ވެސް، ހަމަ އެބީދައިން އަދާކޮށްފައިވޭތޯ ބެލުމަށް ކުރެވުނު ދިރާސާއެކެވެ.މި ދިރާސާ ހެދުމަށް ބޭނުންކުރީ ކޮލިޓޭޓިވް އެޕްރޯޗެކެވެ.ދިރާސާގައި ބޭނުންކޮށްފައިވާނީ ކޮންޓެންޓް އެނަލިސިސްއެކެވެ.އަދި ޕަރޕޮސިވް ސާމްޕުލިންގްގެ އެސޫލުން ދިރާސާގެ ޑާޓާތައް އެއްކުރީ މީލާދީން 1196 އާއި 1931 އާއި ދެމެދުގެ ތަފާތު 12 ލިޔުމަކުންނެވެ.ދިރާސާގެ ނަތީޖާއިން، ޑޭޓިވް ކޭސް މާކަރު އިވޯލް ވެފައިވާކަން ދެނެގަނެވުނެވެ.އެގޮތުން މިއަދު، ދިވެހިބަހުގެ ރަސްމީ ބަހުރުވައިގެ ޑޭޓިވް ކޭސް މާކަރެއްގެ ގޮތުން ބޭނުންކުރާ "އަށް" އިވޯލްވް ވެފައިވަނީ "އަށަ" އިންކަން ހޯދުނެވެ.އޭގެތެރޭގައި، "އަށު" އާއި "އައް" އަދި "އަން" ހިމެނެއެވެ.އެހެންނަމަވެސް މިއިން ކޮންމެ ފާހަގައަކީ ވެސް އޭގެ ޒާތުގައި މިނިވަން ޑޭޓިވް ކޭސް މާކަރެއް ނޫނެވެ.އެއާޚިލާފަށް، މި ފާހަގަތަކަކީ، "އަށަ" އާއި "އަށް" ލިޔުމުގައި ގެނެސްފައި ނުވަތަ ގެނެވިފައި ހުރި ބަދަލުތަކެއްކަން ފާހަގަކުރެވުނެވެ.
Description
Keywords
Citation
މުޙައްމަދު ނަސީމް. (2014). ދިވެހިބަހުގައި ޑޭޓިވް ކޭސް މާާކަރު ބޭނުންކޮށްފައި ހުރިނެތް ގޮތާއި ޑޭޓިވް ކޭސް މާކަރު އަދާކޮށްފައިވާ ވަޒީފާތައް. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.
Naseem, M. (2014). Dhivehi bahugai deytivu keysmaakaru beynunkohfai hurineh gothaai deytivu keysmaakaru adhaakohfaivaa vazeefaathah. Male', Maldives National University.
Naseem, M. (2014). Dhivehi bahugai deytivu keysmaakaru beynunkohfai hurineh gothaai deytivu keysmaakaru adhaakohfaivaa vazeefaathah. Male', Maldives National University.
