Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/988
Title: ދިވެހިބަހުގައި ޑޭޓިވް ކޭސް މާކަރު ބޭނުންކޮށްފައި ހުރިނެތް ގޮތާއި ޑޭޓިވް ކޭސް މާކަރު އަދާކޮށްފައިވާ ވަޒީފާތައް
Other Titles: Dhivehi bahugai deytivu keysmaakaru beynunkohfai hurineh gothaai deytivu keysmaakaru adhaakohfaivaa vazeefaathah.
Authors: މުޙައްމަދު ނަސީމް
Naseem, Mohamed
Issue Date: 1-Nov-2014
Publisher: ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
Faculty of Arts, Maldives National University
Citation: މުޙައްމަދު ނަސީމް. (2014). ދިވެހިބަހުގައި ޑޭޓިވް ކޭސް މާާކަރު ބޭނުންކޮށްފައި ހުރިނެތް ގޮތާއި ޑޭޓިވް ކޭސް މާކަރު އަދާކޮށްފައިވާ ވަޒީފާތައް. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.
Naseem, M. (2014). Dhivehi bahugai deytivu keysmaakaru beynunkohfai hurineh gothaai deytivu keysmaakaru adhaakohfaivaa vazeefaathah. Male', Maldives National University.
Abstract: ދިވެހިބަހަކީ ވެސް ކޭސް ސިސްޓަމް އެކުލެވޭ ބަހެކެވެ.މި ދިރާސާއަކީ، ދިވެހިބަހުގެ ކޭސް ސިސްޓަމްގައި ހިމެނޭ ޑޭޓިވް ކޭސްގެ ކޭސް މާކަރު ބަދަލުވަމުން އައިސްފައި ހުރިނެތް ގޮތް ދެނެގަތުމަށާއި ޑޭޓިވް ކޭސް މާކަރު އަދާކުރާ މައިގަނޑު ހަތަރު ވަޒީފާ، ކުރީގެ ލިޔުންތަކުގައި ވެސް، ހަމަ އެބީދައިން އަދާކޮށްފައިވޭތޯ ބެލުމަށް ކުރެވުނު ދިރާސާއެކެވެ.މި ދިރާސާ ހެދުމަށް ބޭނުންކުރީ ކޮލިޓޭޓިވް އެޕްރޯޗެކެވެ.ދިރާސާގައި ބޭނުންކޮށްފައިވާނީ ކޮންޓެންޓް އެނަލިސިސްއެކެވެ.އަދި ޕަރޕޮސިވް ސާމްޕުލިންގްގެ އެސޫލުން ދިރާސާގެ ޑާޓާތައް އެއްކުރީ މީލާދީން 1196 އާއި 1931 އާއި ދެމެދުގެ ތަފާތު 12 ލިޔުމަކުންނެވެ.ދިރާސާގެ ނަތީޖާއިން، ޑޭޓިވް ކޭސް މާކަރު އިވޯލް ވެފައިވާކަން ދެނެގަނެވުނެވެ.އެގޮތުން މިއަދު، ދިވެހިބަހުގެ ރަސްމީ ބަހުރުވައިގެ ޑޭޓިވް ކޭސް މާކަރެއްގެ ގޮތުން ބޭނުންކުރާ "އަށް" އިވޯލްވް ވެފައިވަނީ "އަށަ" އިންކަން ހޯދުނެވެ.އޭގެތެރޭގައި، "އަށު" އާއި "އައް" އަދި "އަން" ހިމެނެއެވެ.އެހެންނަމަވެސް މިއިން ކޮންމެ ފާހަގައަކީ ވެސް އޭގެ ޒާތުގައި މިނިވަން ޑޭޓިވް ކޭސް މާކަރެއް ނޫނެވެ.އެއާޚިލާފަށް، މި ފާހަގަތަކަކީ، "އަށަ" އާއި "އަށް" ލިޔުމުގައި ގެނެސްފައި ނުވަތަ ގެނެވިފައި ހުރި ބަދަލުތަކެއްކަން ފާހަގަކުރެވުނެވެ.
URI: http://saruna.mnu.edu.mv/jspui/handle/123456789/988
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
MOHAMED NASEEM.pdf1.3 MBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.