މެދުމަދުރަސީ ދަރިވަރުން މާދަރީބަސް ދަސްކުރުމަށް ލިޔާލިޔުންތަކުގައި އާއްމުކޮށް ހަދާ ކުށްތައްކަކީ ކޮބާ؟ އަދި އެކުށްތައް ހެދުމަށް މެދުވެރިވާ ސަބަބުތަކަކީ ކޮބާ؟
Loading...
Date
2010-11-01
Authors
Journal Title
Journal ISSN
Volume Title
Publisher
Faculty of Arts, Maldives College of Higher Education
ފެކަލްޓީ އޮފް އާޓްސް، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން
ފެކަލްޓީ އޮފް އާޓްސް، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން
Abstract
ބަސް ދަސްކުރަމުންދާއިރު ހެދޭ ބަހުގެ ޤަވާޢިދު ކުށްތަކަކީ މުޅިން ފުރިހަމަކުރެވޭނެ ކުށްތަކެއް ނޫނެވެ. އެހެން އެވަނީ، ޤަވާޢިދު ބަހުގެ ޤަވާޢިދު ދަސްކުރަމުންދަނީ ޤަވާޢިދު ކުށްތައް ހިމެނޭ މާޙައުލެއްގައިވާތީއެވެ. އެހެންނަމަވެސް، ބަހުގެ ޤަަވާޢިދު ބިނާވެފައިވަނީ ބަހުގެ ހަމަތަކުގެ މައްޗަށްކަމަށްވީތީ، ޤަވާޢިދަކީ ބަހަށް ވަރަށް މުހިންމު އެއްޗެކެވެ. ދިރާސާކުރާފަރާތުން މެދުމަދުރަސީ ތަޢުލީމު ނިންމާ ދަރިވަރުންގެ ލިޔުމުގައި ހަދާފައިހުންނަ ކުށްތައް ދިރާސާކުރީ، މުސްތަޤުބަލުގައި ސާނަވީ އިމްތިޙާނުގައި ބައިވެރިވެ، މުޖުތަމަޢުގެ ތަފާތު ދާއިރާތަކުގައި ޤައުމު ތަމްސީލުކުރަން އުޅޭނީ އެފަދަ ދަރިވަރުންކަމަށްވީމައެވެ. ދިރާސާކުރާފަރާތުން އެނަލައިޒްކުރީ ދަރިވަރުން އާންމުކޮށް ހަދާ ބަހުގެ ޤަވާޢިދު ކުށް ހިމެނޭ ލިންގުއިސްޓިކް ކެޓަގަރީއާއި އެ ކެޓަގަރީގައިވާ ކުށް ދަރިވަރުން ހަދާފައިވާ ގޮތެވެ. އެގޮތުން ކުށްތައް ތަހުލީލުކުރުމަށް ބޭނުންކުރީ Surface strategy taxonomy އެވެ. މި ޓެކްސޮނޮމީގެ އެހީގައި އެނަލިސިސްހެދީ ކޮންމެ ލިޔުމެއްގައިވާ ޖުމްލަތަކުގައިވާ ޤަވާޢިދުކުށް ފާހަގަކުރުމަށްފަހު، ތާވަލެއްގައި ކުށުގެ ބާވަތާއި ޖުމްލައިގެ ރަނގަޅުގޮތް ލިޔެގެންނެވެ. އެނަލިސިސް ނިމުނުއިރު ދަރިވަރުން އެންމެ އާންމުކޮށް ހަދަނީ އަކުރާއި ޒަމާން އަދި ޖުމްލައިގެ އިތުރުން ލިޔެކިޔުމުގެ ނިޝާން ބޭނުންކުރުމުގެ ކުށްކަމަށް ސާބިތުވިއެވެ. މިފަދަ ކުށްތައް ހެދުމުގައި ދަރިވަރުންނާއި މުދައްރިސުންގެ އިތުރުން މުޖުތަމައުވެސް އިހުމާލުވެފައިވާކަން ހާމަވިއެވެ. އަދި ދިރާސާގެ ނިންމުމުން ހާމަވީ، މެދުމަދުރަސީ ތަޢުލީމު ނިންމާ ދަރިވަރުންގެ ލިޔުންތަކުގައި ޤަވާޢިދުގެ ފެންވަރު އެކަށީގެންވާ މިންވަރަށްވުރެ ދަށްކަމާއި، ދަރިވަރުން ބަހުގެ ޤަވާޢިދަށް ހޭލުންތެރިވެފައިވާ މިންވަރުވެސް ވަރަށް ކުޑަކަމަވެ.
Description
Keywords
ބަހުގެ ޤަވާޢިދު ކުށްތައް, މާދަރީ ބަސް, މެދުމަދުރަސީ ދަރިވަރުން, ލިޔާލިޔުންތަކުގައި އާއްމުކޮށް ހަދާ ކުށް, Surface strategy taxonomy, ސާނަވީ އިމްތިޙާނު, ދަރިވަރުންނާއި މުދައްރިސުން, ބަހުގެ ޤަވާޢިދަށް ހޭލުންތެރިވެފައިވާ މިންވަރު, Augean grammer, mother tounge, middle school, secondary examination, teachers and parents, awareness to language rules
Citation
Shifna, K., (2010). Medhu madhurasee dharivarun maadhareebas dhaskurumah liyaaliyun thakugai aanmukoh hadhaa kuhthakakee kobaa? adhi ekuhthah hedhumah medhuverivaa sababuthakakee kobaa?. Male', Maldives College of Higher Education.
ޚަދީޖާ ޝިފްނާ. (2010). މެދުމަދުރަސީ ދަރިވަރުން މާދަރީބަސް ދަސްކުރުމަށް ލިޔާލިޔުންތަކުގައި އާއްމުކޮށް ހަދާ ކުށްތައްކަކީ ކޮބާ؟ އަދި އެކުށްތައް ހެދުމަށް މެދުވެރިވާ ސަބަބުތަކަކީ ކޮބާ؟. މާލެ، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން.
ޚަދީޖާ ޝިފްނާ. (2010). މެދުމަދުރަސީ ދަރިވަރުން މާދަރީބަސް ދަސްކުރުމަށް ލިޔާލިޔުންތަކުގައި އާއްމުކޮށް ހަދާ ކުށްތައްކަކީ ކޮބާ؟ އަދި އެކުށްތައް ހެދުމަށް މެދުވެރިވާ ސަބަބުތަކަކީ ކޮބާ؟. މާލެ، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން.
