Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/873
Title: މެދުމަދުރަސީ ދަރިވަރުން މާދަރީބަސް ދަސްކުރުމަށް ލިޔާލިޔުންތަކުގައި އާއްމުކޮށް ހަދާ ކުށްތައްކަކީ ކޮބާ؟ އަދި އެކުށްތައް ހެދުމަށް މެދުވެރިވާ ސަބަބުތަކަކީ ކޮބާ؟
Other Titles: Medhu madhurasee dharivarun maadhareebas dhaskurumah liyaaliyun thakugai aanmukoh hadhaa kuhthakakee kobaa? adhi ekuhthah hedhumah medhuverivaa sababuthakakee kobaa?
Authors: Shifna, Khadeeja
ޚަދީޖާ ޝިފްނާ
Keywords: ބަހުގެ ޤަވާޢިދު ކުށްތައް
މާދަރީ ބަސް
މެދުމަދުރަސީ ދަރިވަރުން
ލިޔާލިޔުންތަކުގައި އާއްމުކޮށް ހަދާ ކުށް
Surface strategy taxonomy
ސާނަވީ އިމްތިޙާނު
ދަރިވަރުންނާއި މުދައްރިސުން
ބަހުގެ ޤަވާޢިދަށް ހޭލުންތެރިވެފައިވާ މިންވަރު
Augean grammer
mother tounge
middle school
secondary examination
teachers and parents
awareness to language rules
Issue Date: 1-Nov-2010
Publisher: Faculty of Arts, Maldives College of Higher Education
ފެކަލްޓީ އޮފް އާޓްސް، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން
Citation: Shifna, K., (2010). Medhu madhurasee dharivarun maadhareebas dhaskurumah liyaaliyun thakugai aanmukoh hadhaa kuhthakakee kobaa? adhi ekuhthah hedhumah medhuverivaa sababuthakakee kobaa?. Male', Maldives College of Higher Education.
ޚަދީޖާ ޝިފްނާ. (2010). މެދުމަދުރަސީ ދަރިވަރުން މާދަރީބަސް ދަސްކުރުމަށް ލިޔާލިޔުންތަކުގައި އާއްމުކޮށް ހަދާ ކުށްތައްކަކީ ކޮބާ؟ އަދި އެކުށްތައް ހެދުމަށް މެދުވެރިވާ ސަބަބުތަކަކީ ކޮބާ؟. މާލެ، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން.
Abstract: ބަސް ދަސްކުރަމުންދާއިރު ހެދޭ ބަހުގެ ޤަވާޢިދު ކުށްތަކަކީ މުޅިން ފުރިހަމަކުރެވޭނެ ކުށްތަކެއް ނޫނެވެ. އެހެން އެވަނީ، ޤަވާޢިދު ބަހުގެ ޤަވާޢިދު ދަސްކުރަމުންދަނީ ޤަވާޢިދު ކުށްތައް ހިމެނޭ މާޙައުލެއްގައިވާތީއެވެ. އެހެންނަމަވެސް، ބަހުގެ ޤަަވާޢިދު ބިނާވެފައިވަނީ ބަހުގެ ހަމަތަކުގެ މައްޗަށްކަމަށްވީތީ، ޤަވާޢިދަކީ ބަހަށް ވަރަށް މުހިންމު އެއްޗެކެވެ. ދިރާސާކުރާފަރާތުން މެދުމަދުރަސީ ތަޢުލީމު ނިންމާ ދަރިވަރުންގެ ލިޔުމުގައި ހަދާފައިހުންނަ ކުށްތައް ދިރާސާކުރީ، މުސްތަޤުބަލުގައި ސާނަވީ އިމްތިޙާނުގައި ބައިވެރިވެ، މުޖުތަމަޢުގެ ތަފާތު ދާއިރާތަކުގައި ޤައުމު ތަމްސީލުކުރަން އުޅޭނީ އެފަދަ ދަރިވަރުންކަމަށްވީމައެވެ. ދިރާސާކުރާފަރާތުން އެނަލައިޒްކުރީ ދަރިވަރުން އާންމުކޮށް ހަދާ ބަހުގެ ޤަވާޢިދު ކުށް ހިމެނޭ ލިންގުއިސްޓިކް ކެޓަގަރީއާއި އެ ކެޓަގަރީގައިވާ ކުށް ދަރިވަރުން ހަދާފައިވާ ގޮތެވެ. އެގޮތުން ކުށްތައް ތަހުލީލުކުރުމަށް ބޭނުންކުރީ Surface strategy taxonomy އެވެ. މި ޓެކްސޮނޮމީގެ އެހީގައި އެނަލިސިސްހެދީ ކޮންމެ ލިޔުމެއްގައިވާ ޖުމްލަތަކުގައިވާ ޤަވާޢިދުކުށް ފާހަގަކުރުމަށްފަހު، ތާވަލެއްގައި ކުށުގެ ބާވަތާއި ޖުމްލައިގެ ރަނގަޅުގޮތް ލިޔެގެންނެވެ. އެނަލިސިސް ނިމުނުއިރު ދަރިވަރުން އެންމެ އާންމުކޮށް ހަދަނީ އަކުރާއި ޒަމާން އަދި ޖުމްލައިގެ އިތުރުން ލިޔެކިޔުމުގެ ނިޝާން ބޭނުންކުރުމުގެ ކުށްކަމަށް ސާބިތުވިއެވެ. މިފަދަ ކުށްތައް ހެދުމުގައި ދަރިވަރުންނާއި މުދައްރިސުންގެ އިތުރުން މުޖުތަމައުވެސް އިހުމާލުވެފައިވާކަން ހާމަވިއެވެ. އަދި ދިރާސާގެ ނިންމުމުން ހާމަވީ، މެދުމަދުރަސީ ތަޢުލީމު ނިންމާ ދަރިވަރުންގެ ލިޔުންތަކުގައި ޤަވާޢިދުގެ ފެންވަރު އެކަށީގެންވާ މިންވަރަށްވުރެ ދަށްކަމާއި، ދަރިވަރުން ބަހުގެ ޤަވާޢިދަށް ހޭލުންތެރިވެފައިވާ މިންވަރުވެސް ވަރަށް ކުޑަކަމަވެ.
URI: http://saruna.mnu.edu.mv/jspui/handle/123456789/873
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
Khadheeja Shifna.pdf1.35 MBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.