ދިވެހި ބަހުގައި ތިން ދަރަޖަ އޮތުން މުހިއްމުހެއްޔެވެ؟

Loading...
Thumbnail Image

Date

2009-11-01

Journal Title

Journal ISSN

Volume Title

Publisher

Faculty of Arts, Maldives College of Higher Education
ފެކަލްޓީ އޮފް އާޓްސް، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން

Abstract

މިއީ ދިވެހިބަހުގެ އަދަބުގެ ތެރޭގައި ހިމެނޭ ވާހަކަދެއްކުމުގެ ދަރަޖަތަކުގެ ގޮތުގައި ބޭނުންކުރާ ތިން ދަރަޖަ ބޭއްވުން މުހިއްމުތޯ ބެލުމަށް ކުރި ދިރާސާއެކެވެ. ދިވެހި ބަހުގެ އަދަބުގެ ތެރޭގައި ހިމެނޭ ވާހަކަދެއްކުމުގެ ތިން ދަރަޖަކުމުގައި މިދިރާސާގައި ބަލާފައިވާނީ އެންމެ މާތްދަރަޖަ ( އާދެ ވަޑައިގަތުން ކިޔައިގެން މުޚާޠަބުކުރާ ދަރަޖަ) އާއި، މާތް ދަރަޖަ ނުވަތަ މެދު ދަރަޖަ ( ލައްބް ދުރުވުން ކިޔައިގެ މުޚާޠަބުކުރާ ދަރަޖަ ) އާއި، އާދައިގެ ދަރަޖަ ( އާން ހޫނ ކިޔައިގެން މުޚާޠަބު ކުރާދަރަޖަ ) އަށެވެ. މިދިރާސާ ކުރެވިފައިވަނީ ، ކޮލިޓޭޓިވް މެތަޑާއި ، ކޮންޓިޓޭޓިވް މެތަޑްގެ ބޭނުންކޮށްގެންނެވެ. ކޮލިޓޭޓިވް މެތަޑް ބޭނުންކުރި ، މިދިރާސާގެ ބާވަތުން ، މީހުންގެ ފިކުރާއި ޚިޔާލާއި ޝުއޫރުތަކަށް ޖާގަ ދޭން ޖެހޭތީއެވެ. އަދި ކޮންޓިޓޭޓިވް މެތަޑްގެ ބޭނުންކުރީ ، އެކަންކަން ބަޔާންކޮށްދިނުމުގައި ހިސާބު އަދަދުތަކުގެ ބޭނުންކޮށްގެން ނަތީޖާ ދެނެގަންނަން ފަސޭހަވާނެތީއެވެ. މިދިރާސާއިން ދެއްކިގޮތުގައި، ދިވެހިބަހުގެ ތިން ދަރަޖަ ބޭނުންކުރާއިރު އެ ދަރަޖަތައް އޮޅުވާލައި ދަރަޖަތައް މަސްހުނި ކުރުމުގެ އާދައެއް މިހާރު އޮތްކަމުގައިވިޔަސް، މިތިންދަރަޖަ ބާއްވަން ގިނަބަޔަކު އަދިވެސް ބޭނުންވާނެކަމެކެވެ. އަދި ދަރަޖަތައް ބާއްވަން މައިގަނޑުގޮތެއްގައި ބޭނުންވަނީ ބަހުގެ މުއްސަނދިކަމަށްޓަކައި ކަމެވެ. އެހެންނަމަވެސް ، ދަރަޖަތައް ބާއްވަން ބޭނުންވާ މީހުންގެ އިންސައްތައަކީ އިހްމާލުކޮށްލެވެން ނެތް ފަދަ އިންސައްތައެއްކަމުގައި ފާހަގަކޮށްލަށް ޖެހެއެވެ. ހަމައެއާއިއެކު، ދަރަޖަތައް ބާއްވަން ދިވެހިބަހުގެ ތަޖުރިބާ ކާރުންނާއި އިލްމީ ބޭފުޅުންގެ ވަރަށް މަތީ އަޢްލަބިއްޔަތެއް ތާއީދުކުރައްވާއިރު، އެނޫން މީހުންގެ މެދުގައި އަޢްލަބިއްޔަތު އެއަށްވުރެ ދަށްކޮށް ހުރިކަމުގައިވެސް ފާހަގަކޮށްލެވެއެވެ.

Description

Keywords

ދިވެހިބަހުގެ އަދަބު, ވާހަކަދެއްކުމުގެ ދަރަޖަތައް, ތިން ދަރަޖަ, އެންމެ މާތްދަރަޖަ, މާތް ދަރަޖަ ނުވަތަ މެދު ދަރަޖަ, އާދައިގެ ދަރަޖަ, ދަރަޖަތައް އޮޅުވާލުން, ދަރަޖަތައް މަސްހުނިކުރުން, mother tongue, 3 levels of Dhivehi language, mixing the levels

Citation

Rameez, M., (2009) Dhivehi bahugai thin dharaja othun muhinmu hehyeve?. Male', Maldives College of Higher Education.
މުޙައްމަދު ރަމީޒު. (2010). ދިވެހި ބަހުގައި ތިން ދަރަޖަ އޮތުން މުހިއްމުހެއްޔެވެ؟. މާލެ، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން.

Endorsement

Review

Supplemented By

Referenced By