Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/871
Title: ދިވެހި ބަހުގައި ތިން ދަރަޖަ އޮތުން މުހިއްމުހެއްޔެވެ؟
Other Titles: Dhivehi bahugai thin dharaja othun muhinmu hehyeve?
Authors: Rameez, Mohamed
މުޙައްމަދު ރަމީޒު
Keywords: ދިވެހިބަހުގެ އަދަބު
ވާހަކަދެއްކުމުގެ ދަރަޖަތައް
ތިން ދަރަޖަ
އެންމެ މާތްދަރަޖަ
މާތް ދަރަޖަ ނުވަތަ މެދު ދަރަޖަ
އާދައިގެ ދަރަޖަ
ދަރަޖަތައް އޮޅުވާލުން
ދަރަޖަތައް މަސްހުނިކުރުން
mother tongue
3 levels of Dhivehi language
mixing the levels
Issue Date: 1-Nov-2009
Publisher: Faculty of Arts, Maldives College of Higher Education
ފެކަލްޓީ އޮފް އާޓްސް، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން
Citation: Rameez, M., (2009) Dhivehi bahugai thin dharaja othun muhinmu hehyeve?. Male', Maldives College of Higher Education.
މުޙައްމަދު ރަމީޒު. (2010). ދިވެހި ބަހުގައި ތިން ދަރަޖަ އޮތުން މުހިއްމުހެއްޔެވެ؟. މާލެ، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން.
Abstract: މިއީ ދިވެހިބަހުގެ އަދަބުގެ ތެރޭގައި ހިމެނޭ ވާހަކަދެއްކުމުގެ ދަރަޖަތަކުގެ ގޮތުގައި ބޭނުންކުރާ ތިން ދަރަޖަ ބޭއްވުން މުހިއްމުތޯ ބެލުމަށް ކުރި ދިރާސާއެކެވެ. ދިވެހި ބަހުގެ އަދަބުގެ ތެރޭގައި ހިމެނޭ ވާހަކަދެއްކުމުގެ ތިން ދަރަޖަކުމުގައި މިދިރާސާގައި ބަލާފައިވާނީ އެންމެ މާތްދަރަޖަ ( އާދެ ވަޑައިގަތުން ކިޔައިގެން މުޚާޠަބުކުރާ ދަރަޖަ) އާއި، މާތް ދަރަޖަ ނުވަތަ މެދު ދަރަޖަ ( ލައްބް ދުރުވުން ކިޔައިގެ މުޚާޠަބުކުރާ ދަރަޖަ ) އާއި، އާދައިގެ ދަރަޖަ ( އާން ހޫނ ކިޔައިގެން މުޚާޠަބު ކުރާދަރަޖަ ) އަށެވެ. މިދިރާސާ ކުރެވިފައިވަނީ ، ކޮލިޓޭޓިވް މެތަޑާއި ، ކޮންޓިޓޭޓިވް މެތަޑްގެ ބޭނުންކޮށްގެންނެވެ. ކޮލިޓޭޓިވް މެތަޑް ބޭނުންކުރި ، މިދިރާސާގެ ބާވަތުން ، މީހުންގެ ފިކުރާއި ޚިޔާލާއި ޝުއޫރުތަކަށް ޖާގަ ދޭން ޖެހޭތީއެވެ. އަދި ކޮންޓިޓޭޓިވް މެތަޑްގެ ބޭނުންކުރީ ، އެކަންކަން ބަޔާންކޮށްދިނުމުގައި ހިސާބު އަދަދުތަކުގެ ބޭނުންކޮށްގެން ނަތީޖާ ދެނެގަންނަން ފަސޭހަވާނެތީއެވެ. މިދިރާސާއިން ދެއްކިގޮތުގައި، ދިވެހިބަހުގެ ތިން ދަރަޖަ ބޭނުންކުރާއިރު އެ ދަރަޖަތައް އޮޅުވާލައި ދަރަޖަތައް މަސްހުނި ކުރުމުގެ އާދައެއް މިހާރު އޮތްކަމުގައިވިޔަސް، މިތިންދަރަޖަ ބާއްވަން ގިނަބަޔަކު އަދިވެސް ބޭނުންވާނެކަމެކެވެ. އަދި ދަރަޖަތައް ބާއްވަން މައިގަނޑުގޮތެއްގައި ބޭނުންވަނީ ބަހުގެ މުއްސަނދިކަމަށްޓަކައި ކަމެވެ. އެހެންނަމަވެސް ، ދަރަޖަތައް ބާއްވަން ބޭނުންވާ މީހުންގެ އިންސައްތައަކީ އިހްމާލުކޮށްލެވެން ނެތް ފަދަ އިންސައްތައެއްކަމުގައި ފާހަގަކޮށްލަށް ޖެހެއެވެ. ހަމައެއާއިއެކު، ދަރަޖަތައް ބާއްވަން ދިވެހިބަހުގެ ތަޖުރިބާ ކާރުންނާއި އިލްމީ ބޭފުޅުންގެ ވަރަށް މަތީ އަޢްލަބިއްޔަތެއް ތާއީދުކުރައްވާއިރު، އެނޫން މީހުންގެ މެދުގައި އަޢްލަބިއްޔަތު އެއަށްވުރެ ދަށްކޮށް ހުރިކަމުގައިވެސް ފާހަގަކޮށްލެވެއެވެ.
URI: http://saruna.mnu.edu.mv/jspui/handle/123456789/871
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
Mohamed Rameez.pdf12.21 MBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.