ދިވެހިބަހުން ލިޔުންތައް ލިޔަނީ މަޢުލޫމާތު ހުށަހެޅުމުގެ އޮނިގަނޑަށް (އިންފޮރމޭޝަން ސްޓްރަކްޗަރއަށް) ފެތޭގޮތަށް ހެއްޔެވެ؟

Loading...
Thumbnail Image

Date

2009-11-01

Journal Title

Journal ISSN

Volume Title

Publisher

Faculty of Arts, Maldives College of Higher Education

Abstract

މި ދިރާސާއަކީ ދިވެހިބަހުން ލިޔުންތައްލިޔުމުގައި މަޢުލޫމާތު ހުށަހަޅަނީ މަޢުލޫމާތު ހުށަހެޅުމުގެ އޮނިގަނޑަށް (Information Structure) އަށް ފެތޭ ގޮތަށްތޯ ބެލުމުގެ ގޮތުން ކޮށްފައިވާ ދިރާސާއެކެވެ. މަޢުލޫމާތު ހުށަހެޅުމުގެ އޮނިގަނޑުގެ ގޮތުގައި ބެލީ ހަލިޑޭ،އެމް.އޭ.ކޭ (1985) އާއި މެކާތީ. އެމް. އާއި ކާރޓާ (1994) ބަޔާންކުރައްވާފައިވާ އޮނިގަނޑެވެ. މިގޮތުން މި އޮނިގަނޑުގެ ދަށުން މަޒުމޫނު ލިޔުމުގައި ޕެރެގްރާފްތައް ބިނާކުރަނީ ހަލިޑޭ،އެމް.އޭ.ކޭ (1985) އާއި މެކާތީ. އެމް. އާއި ކާރޓާ (1994) ހާމަކުރައްވާ ބައްޓަންތަކަށް (Patterns) ތޯ ބަލައި ދިރާސާކޮށްފައިވާނެއެވެ. ހަމައެހެންމެ މި ދެންނެވި އޮނިގަނޑުގެ ދަށުން މަޢުލޫމާތު ހުށަހެޅުމުގައި އެނގޭ/ ދީފައިވާ މަޢުލޫމާތު (Given information) އާއި އައު މަޢުލޫމާތު (New Information) ހުށަހަޅަނީ ކިހިނެތްކަން ބަލައި ތަހުލީލިކޮށްފައިވާނެއެވެ. މީގެއިތުރުން ޕެރެގްރާފުގައި ޖުމުލަތައް ބިނާކުރުމުގައި ލިޔަނީ މެކާތީ އާއި ކާރޓާރ (1994) ހާމަކުރައްވާފަދައިން ތިމާއި ރީމު އެކުލެވޭ ގޮތަށްތޯ ނުވަތަ އެހެން އުޞޫލުތަކަށްތޯވެސް ބަލައި ދިރާސާކޮށްފައިވާނެއެވެ. އަދި ޖުމުލަތައްގުޅުވުމުގައި ހަލިޑޭ އަދި ޙަސަން (1976) ހާމަކުރައްވާފައިވާ ފަދައިން ގުޅުވައިދޭ ލަފްޒުތައް (cohesive devises) ބޭނުންކުރޭތޯ ނުވަތަ ނުކުރޭތޯވެސް ބަލާފައިވާނެއެވެ. ދިވެހިބަހުގެ ލިޔުންތައް ލިޔަނީ މަތީގައި ބަޔާންކުރި އޮނިގަނޑަށް ފެތޭގޮތަށްތޯ ބެލުމަށް ދިރާސާކުރި "މަޒުމޫނު" މިޖޯންރާގެ ދަށުން ޚިޔާރުކުރި 8 ޕެރެގްރާފެވެ. ޕެރެގްރާފްތައް ޚިޔާރުކުރީ ތަފާތު ލިޔުންތެރިން އެކިއެކި މައުޟޫޢުތަކަށް ލިޔެފައިވާ މަޒުމޫނުތަކުން ނެވެ. އަދި ލިޔުންތެރިންނާއި މުދައްރިސުންނާއި ދިވެހިބަހާއި އިނގެރޭސިބަހުގެ ޢިލްމުވެރިންނާ ބަސްދާގަނެ މައުޟޫޢަށް ބޭނުންވާ އިތުރު މަޢުލޫމާތުވެސް ހޯދީމެވެ. ހަމައެހެންމެ މަދަރުސާތަކުގެ ކުދިން މަޒުމޫނު ލިޔުމުގައި މަޢުލޫމާތު ހުށަހަޅަނީ ކޮން އުޞޫލުތަކަށްތޯ ދެނެގަތުމަށް ދަރިވަރުންނާ ސާރވޭއެއްކޮށް މަޢުލޫމާތުވެސް އެއްކުރީމެވެ.

Description

Keywords

މަޢުލޫމާތު ހުށަހެޅުމުގެ އޮނިގަނޑު, މަޒުމޫނު ލިޔުން, ޕެރެގްރާފް ލިޔުން, ދީފައިވާ މަޢުލޫމާތު, ޕެރެގްރާފުގައި ޖުމުލަތައް ބިނާކުރުން, ތިމާއި ރީމު, Information Structure, writing composition, writing paragraph, given information, new information, structural pattern, cohesive devises, dhivehi grammar, language use, ދިވެހިބަހުގެ ްާވާއިދު, ބަސް ހެޔޮގޮތުގައި ބޭނުންކުރުން, ޖުމްލަ އެކުލެވިފައިވާ ގޮތް

Citation

Ali, A. (2009). Dhivehi bahun liyunthah liyanee mauloomaathu hushahelhumuge wonigandah (infomeyshan sutrakcharah) fetheygothah hehyeve?. Male',. Maldives College of Higher Education.

Endorsement

Review

Supplemented By

Referenced By