އަންހެނުންގެ ކުޅިވަރު ތަރައްޤީވުމުގައި ކުރިމަތިވާ ދަތިތައް

dc.contributor.authorHaleem, Ibrahim
dc.contributor.authorއިބްރާހިމް ޙަލީމް
dc.date.accessioned2018-03-16T17:26:50Z
dc.date.available2018-03-16T17:26:50Z
dc.date.issued2009-11-01
dc.description.abstractމި މަސައްކަތަކީ ދިވެހިބަހުގެ ޑިގްރީކޯސް-3ގެ ފދަރިވަރުން ރިސަރޗް ޕްރޮޖެކްޓް (އަތްދިށު ތަޙުޤީޤް) މަޝްރޫޢުގެ ދަށުން ކޮށްފައިވާ މަސައްކަތެކެވެ. މި މަސައްކަތައް ދަރިވަރު ބޭނުން ދާއިރާއަކުން ބޭނުން މައިގަނޑު ނަމެއް ނެގުމުގެ ފުރުޞަތު ލިބިދީފައިވެއެވެ. މިގޮތުން ލިބިދީފައިވާ ފުރުޞަތުގައި އަޅުގަނޑު ނެގި މައިގަނޑު ނަމަކީ "ދެޖިންސުގެ ކުޅުންތެރިން ޤައުމީ ފެންވަރުގާ ވާދަ ކުރާ ކުޅިވަރުތަކުގައި ފިރިހެން ކުޅުންތެރިންގެ ކުޅިވަރުތަކާ އެއްފެންވަރެއްގައި އަންހެނުންގެ ކުޅިވަރުތައް ތަރައްޤީ ނުވަނީ ކީއްވެތޯއެވެ." މިއީ ދިރާސާކޮށްގެން ރިޕޯޓެއް އެކުލަވާލަން ޖެހޭ މަސައްކަތަކަށް ވާތީ މި މަސައްކަތް ކޮށްފައި ވާނީ އަންހެނުންގެ ކުޅިވަރު ތަރައްޤީ ވުމުގައި ކުރިމަތިވާ ސަބަބުތައް ދެނެގަތުމަށްޓަކައި ލިޓްރެޗަރ ރިވިއު ހެދުމަށްފަހު ކުޅިވަރާ ގުޅުންހުރި އެކިއެކި ފަރާތްތަކުގެ ބަސްދީގަތުމާއި، އޮބްޒަވޭޝަނާއި، ކޭސް ސްޓަޑީޒް އަދި ސާވޭ ފޯމް ފުރާފައި ވާނެއެވެ. މި މަސައްކަތް އެކުލަވާލާފައި ވާނީ މިދެންނެވި ކަންތައްތަކުން ލިބުނު މަޢުލޫމާތުތަކުގެ މައްޗަށެވެ. ޤައުމީ ފެންވަރުގާ ދެޖިންސުންގެ ކުޅުންތެރިން ވާދަކުރާ ކުޅިވަރުތަކުން ފިރިހެނުންނާ އެއްފެންވަރަށް އަންހެނުންގެ ކުޅުން ތަރައްޤީ ނުވާކަމަށް މި ދިރާސާެގެ ހޯދުންތަކުން ތަފާތު އެތައް ސަބަބުތަކެއް ފާހަގަ ކުރެވުނެވެ. ނަމަވެސް ދިރާސާގެ ނަތީޖާ ކަނޑައެޅުމުގައި ބެލީ އެ ސަބަބުތަކުގެ ތެރެއިން އެންމެ ގިނަބަޔަކު ޤަބޫލު ކުރާ، އަދި އެސަބަބުތަކުން އަންހެނުންގެ ކުޅުން ތަރައްޤީ ނުވުމަށް އެންމެ ބޮޑަށް ހުށައެޅޭ ސަބަބުތަކަށެވެ. ޤައުމީ ފެންވަރުގާ ދެޖިންސުގެ ކުޅުންތެރިން ވާދަކުރާ ކުޅިވަރުތަކުން ފިރިހެނުންނާ އެއްފެންވަރަށް އަންހެނުންގެ ކުޅުން ތަރައްޤީ ނުވަނީ އަންހެން ކުޅުންތެރިންނަށް ކުޅިވަރު ފަރިތަ ކުރެވޭ މިންވަރު މަދުވުމުންނާއި، މުބާރާތްތަކުގައި އަންހެން ކުޅުންތެރިންނަށް ކުޅިވަރު ފަރިތަކުރެވޭ މިންވަރު މަދުވުމުންނާއި، މުބާރާތްތަކުގައި އަންހެން ކުޅުންތެރިންނަށް ބައިވެރިވެވޭ މިންވަރު މަދުވުމުންނެވެ. އަދި އަންހެން ކުދިން ކުޅުވަރު ކުޅުމަށް މުޖުތަމަޢުން ހިތްވަރުދޭ މިންވަރު ކުޑަވުމާއި އަންހެން ކުޅުންތެރިންނަށް ކުޅިވަރުގާ ދެމިތިބެވޭ މުއްދަތު ކުރުވުމުންނެވެ. މީގެއިތުރުން ކުޅިވަތުކުޅޭ ގިނަ އަންހެން ކުޅުންތެރިން އެއްކުޅިވަރަށްވުރެ ގިނަ ކުޅިވަރު ކުޅުމާއި، މުސާރައިގެ ގޮތުގައި އަންހެން ކުޅުންތެރިންނަށް ލިބޭ އާމްދަނީ މަދުވުންއެއީވެސް އަންހެނުން ކުޅުންތެރިންގެ ކުޅުން ތަރައްޤިނުވާ ސަބަބުތަށްކަމަށް ދިރާސާގެ މަސައްކަތުން ފާހަގަކުރެވުނު ސަބަބުތަކެވެ.en_US
dc.identifier.citationHaleem, I. (2009). Anhenunge kulhivaru tharahgeevumugai kurimathivaa dhathithah. Male', Maldives College of Higher Education.en_US
dc.identifier.citationއިބްރާހިމް ޙަލީމް. (2009). އަންހެނުންގެ ކުޅިވަރު ތަރައްޤީވުމުގައި ކުރިމަތިވާ ދަތިތައް. މާލެ، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން.
dc.identifier.urihttp://saruna.mnu.edu.mv/jspui/handle/123456789/942
dc.publisherFaculty of Arts, Maldives College of Higher Educationen_US
dc.publisherފެކަލްޓީ އޮފް އާޓްސް، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން
dc.subjectއަންހެނުންގެ ކުޅިވަރުen_US
dc.subjectތަރައްޤީވުމުގައި ކުރިމަތިވާ ދަތިތައްen_US
dc.subjectދެޖިންސުގެ ކުޅުންތެރިން ވާދަކުރާ ކުޅިވަރުތަen_US
dc.titleއަންހެނުންގެ ކުޅިވަރު ތަރައްޤީވުމުގައި ކުރިމަތިވާ ދަތިތައްen_US
dc.title.alternativeAnhenunge kulhivaru tharahgeevumugai kurimathivaa dhathithahen_US
dc.typeThesisen_US

Files

Original bundle

Now showing 1 - 1 of 1
Thumbnail Image
Name:
Ibrahim Haleem 5358.pdf
Size:
11.16 MB
Format:
Adobe Portable Document Format
Description:

License bundle

Now showing 1 - 1 of 1
No Thumbnail Available
Name:
license.txt
Size:
1.71 KB
Format:
Item-specific license agreed upon to submission
Description: